ވިޔަފާރި / އެމްޑަބްލިއުއެސްސީީ

އެމްޑަބްލިއުއެސްސީ ހިދުމަތުގައި 27 އަހަރު، ހުސް ކުރިއެރުން

އެމްޑަބްލިއުއެެސްސީން ހިދުމަތްދޭ ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: އެމްޑަބްލިއުއެސްސީ

01 އެޕްރީލް 2022 - 17:00

އޭޕްރީލް 1، 1995 ގައި މާލޭ ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޭރު މާލެ އަށް ދިމާވެފައި އޮތް ފެނާއި ނަރުދަމާގެ މައްސަލަ ހައްލު ކުރުމަށެވެ. މިއަދު އެ ކުންފުންޏަށް 27 އަހަރު ފުރިފައިވާއިރު އެއީ ދެމެހެއްޓެނިވި ގޮތެއްގައި މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ބިޔަ ކުންފުންޏެކެވެ.

ފެން ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެމްޑަބްލިއުއެސްސީން ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވައިފަ އެވެ. އެ އެސެމްބްލީގައި އެ ކުންފުނީގެ ބޯޑު މެމްބަރުންނާއި ސީއީއޯ ހަސަން ޝާހު ބައިވެރިވެވޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ޝާހު ވިދާޅުވީ، މިދިޔަ 27 އަހަރުގެ ތެރޭގައި އެ ކުންފުންފުނިން ގިނ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އޭގެ ނަތީޖާއަކީ މިއަދު ރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް އެންމެ ފުޅާދާއިރާގައި ކުރާ ކުންފުންޏަކަށް އެ ތަން ބަދަލުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން ހޯދާފައިވާ ކުރިއެރުންތަކުގެ ތެރޭގައި ފެނުގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ފެނާއި ނަރުދަމާގެ ހިދުމަތުގެ ކެޕޭސިޓީ އާއި މުވައްޒަފުންގެ އަދަދު ގިނަވުމާއި މީހުން ބިނާކުރުމަށް ކުރާ މަސައްކަތްތަކާއި ޒަމާނީ ޓެކްނޮލޮޖީ އަށް އަހުލުވެރި ކުރުމާއި އިންފްރާސްޓްރަކްޗާތައް ބިނާކުރުމާއި ކުންފުނީގެ ހިންގުމާއި ހިދުމަތްތައް ލުއި ފަސޭހަކޮށް ދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.

އެ ކުންފުނިން މިހާރު ވެސް 34 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރާއިރު، މިއީ އޭގެ އެންމެ ގިނަ ޕްރޮޖެކްޓް ހިންގާ އަހަރެވެ.

މާލެ ސަރަހައްްދުގެ އިތުރުން އެމްޑަބްލިއުއެސްސީން އަންނަނީ ކ. މާފުއްޓާއި ހދ. ކުޅުދުފުއްޓާއި ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދެމުންނެވެ. ދުވާފަރުގެ ކަރަންޓާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ހިދުމަތާއި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ހިދުމަތް ވެސް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.

ފެނުގެ ހިދުމަތް ދޭން އުފެއްދި އެމްޑަބްލިއުއެސްސީން މިހާރު ވަނީ ހިދުމަތްތައް ފުޅާކޮށް، އިންޖިނިއަރިން އާއި ޓްރޭޑިން އަދި މެނުފެކްޗަރިންގެ ދާއިރާ އިން ވެސް ފާހަގަކޮށްލެވޭ ކުންފުންޏަކަށް ވެފަ އެވެ. އެއީ އަމިއްލަ އަށް ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކޮށް، ގާއިމް ކުރުމާއި އޮޕަރޭޓް ކުރުމާއި ފެން ޕްލާންޓް އަމިއްލަ އަށް ޑިޒައިންކޮށް، ފެބްރިކޭޓް ކުރުމުގެ ގާބިލުކަން ވެސް ހޯދާފައިވާ ކުންފުންޏެވެ.

ހުޅުމާލޭގައި އެމްޑަބްލިއުއެސްސީން ހުޅުވާފައިވާ ފެކްޓަރީގައި ފުޅީގައި ފެން ބަންދު ކުރުމާއި ޕްރިފޯމް އުފެއްދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި ގުޅިފަޅުގައި ހުންނަ ފެކްޓަރީގައި އެ ކުންފުނިން އަންނަނީ ދުނިޔޭގެ ނަން ހިނގާ ބްރޭންޑުތަކާ އެއް ފެންވަރެއްގައި އެކި ވައްތަރުގެ ހޮޅި ވެސް އުފައްދަމުންނެވެ.

ފެނާއި ނަރުދަމާއާ ގުޅުން ހުރި، ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް 2016 ގައި ވަނީ ޝޯރޫމެއް ވެސް ހުޅުވައިފަ އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454