އެމްޓީސީސީން 2019ވަނަ އަހަރު ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެމްބަރުން ބައިވެރިވަނީ-- ފައިލް ފޮޓޯ: މިހާރު
01 އެޕްރީލް 2022 - 12:26
އެމްޓީސީސީގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނީގެ އާއްމު ހިއްސާދާރުންނަށް ހުޅުވާލައިފި އެވެ.
އެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ދެ މެމްބަރަކު އައްޔަން ކުރާނެ އެވެ. އެ މެމްބަރުން ހޮވާނީ އަހަރީ އާއްމު ޖަލްސާގައި ކަމަށް ވާއިރު، އެ މަގާމަށް ކުރިމަތިލާ ހިއްސާދާރުންގެ ތެރެއިން އިވެލުއޭޓް ކުރުމަށް ފަހު، އެ ޖަލްސާ އަށް ނަންތައް ހުށަހަޅާނީ ބޯޑުންނެވެ.
އެމްޓީސީސީގެ ހިއްސާދާރުންގެ ތެރެއިން އުމުރުން 30 އަހަރުން މަތީގެ މީހުންނަށް ބޯޑަށް ކުރިމަތިލެވޭނެ އެވެ. އެ މަގާމަށް ކުރިމަތިލާ ހިއްސާދާރުން ވާން ޖެހޭނީ ކުށުގެ ރެކޯޑެއް ނެތް، ސީއެމްޑީއޭ އާއި އެމްޓީސީސީގެ ބޯޑު މެމްބަރަކަށް ވުމުގެ ޝަރުތުތައް ފުރިހަމަވާ ބަޔަކަށެވެ.
އެ ދެ މަގާމަށް ކުރިމަތިލާން ބޭނުންވާ ހިއްސާދާރުން އަންނަ ބުދަދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. އެކަމަށް ބޭނުންވާ ފޯމުތައް އެމްޓީސީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބޭނީ ސަރުކާރުން ކަނޑައަޅާ ފަސް މެމްބަރަކާއި އާއްމު ހިއްސާދާރުންގެ ފަރާތުން ހޮވާ ދެ މެމްބަރެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy