ލަންކާގެ ފިނޭންސް މިނިސްޓަރުގެ މަގާމަށް ހަމަޖެއްސި އަލީ ސަބްރީ. --ފޮޓޯ:ޑެއިލީ ނިއުސް
05 އެޕްރީލް 2022 - 13:27
ކޮލަމްބޯ (އެޕްރީލް 5) - ސްރީ ލަންކާގެ އާ ފިނޭންސް މިނިސްޓަރުގެ މަގާމަށް ހަމަޖެއްސި އަލީ ސަބްރީ އެއްދުވަސްތެރޭ އިސްތިއުފާ ދެއްވައިފި އެވެ.
"އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތަށް. މިދިމާވި ކަންތަކާ ގުޅިގެން އެރި އޮޅުންތަކަށް ވަރަށް ބޮޑަށް މައާފަށް އެދެން،" ސަބްރީ ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.
ސަބްރީ ވިދާޅުވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި އާ ވިސްނުންތަކެއް ބޭނުންވާ ކަމަށެވެ.
ސްރީ ލަންކާ އަށް ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މުޅި ކެބިނެޓް އާދިއްތަ ދުވަހު އިސްތިއުފާ ދެއްވި އިރު ސަބްރީ އަކީ ޖަސްޓިސް މިނިސްޓަރެވެ. ސަރުކާރާއި ޕާލަމެންޓް ހިންގުމުގެ ގޮތުން ރައީސް ގޯޓާބޭ ރާޖަޕަކްސާ އިއްޔެ ކެބިނެޓަށް އައްޔަންކުރި ހަތަރު މިނިސްޓަރުންގެ ތެރޭގައި ސަބްރީ އަށް ދެއްވީ ފިނޭންސް މިނިސްޓަރުގެ މަގާމެވެ. ފިނޭންސް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވީ ރައީސްގެ ކޮއްކޯފުޅު ބާސިލް ރާޖަޕަކްސާ އެވެ.
ލަންކާ އަށް މިހާރު ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަން ޖެހޭ އެއް ފަރާތަކީ ފިނޭންސް މިނިސްޓަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިންތިނެއް
06 April 2022
ކޮބާ މިހާރު ޕަކުސާ ބެއަށް ހުނާނީ އެއްޗެއް ވިސްނިފަ ދެންހުރޭ ވެރިކަމުގަ ބަގުޑިލާން
ޙަބީބު.
06 April 2022
މިހާރު ހަނދާން އެބަހުރިބާ އެދުވަހު މުސްލިމުންގެ ހަށިތައް އާއިލާތަކާ ވަޅުލަން ހަވާލުނުކޮއް ގަދަބާރުން ގެންގޮސް އަންދާލި ދުވަސް މާތްﷲ އެވަނީ ޕަކްސާގެ ވެރިކަން ހިނދުކޮޅެއްތެރޭ ނިންމަވާފަ މިކަމުން އިބުރަތް ހާސިލުކޮއް ދެންވެސް މުސްލިމުންނާ ދޭތެރޭ އޯގާތެރިވާންވީ މިސްކިތްތަކައް ދައުލަތުން ހަރަދު ކުރަންވީ އެތަންތަނުގެ ސަލާމަތީ ކަންތައް ބަލަހައްޓަދޭންވީ
ބަކުންބެ
05 April 2022
އަލް އަމީރު ލަންކާގެ ފިނޭންސް މިނިސްޓަރަކަށް ގެންދަވީއެއްނު؟ އޭރުން ރަގަޅުވެދާނެ
ސަސި
05 April 2022
އެއްދުވަސް ކީއްކުރަން 30 މިނިޓްތެރޭވެސް ނުވާނެކަން ޔަގީންވީމަ ހުންނަންވީކީ.