ކުޅިވަރު / އޭއެފްސީ ކަޕް

ބޫޓާންގެ ޕަރޯ ބަލިކޮށް ވެލެންސިއާ ޕްރިލިމިނަރީގެ ދެވަނަ ބުރަށް

ވެލެންސިއާ މެޗުން މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު ބޯހަސް މާޓިން އުފާފާޅު ކުރަނީ: ވެލެންސިއާގެ ފުރަތަމަ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އޭނާ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

06 އެޕްރީލް 2022 - 00:35

2 comments

އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ މަރުހަލާގެ ފުރަތަމަ ބުރުގައި ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކްލަބް ވެލެންސިއާއިން ޕްރިލިމިނަރީގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 90 މިނެޓްގެ ކުޅުން 1-1 ން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެހާފު ކުޅެގެންނެވެ. ޕްރިލިމިނަރީގެ ދެވަނަ ބުރުގައި ވެލެންސިއާ ކުޅެން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އެމެޗު އޮންނާނީ މިމަހު 12 ގައި ބަންގުލަދޭޝްގަ އެވެ.

މެޗު ފެށިގޮތަށް، ޕަރޯއިން އުފެއްދި ހަމަލާގައި އެޓީމުގެ ޔެޝީ ޑޯޖީ، ވެލެންސިއާގެ އޭރިއާ އަރިމަތިން އަރައި ކުރިއަށް ފޮނުވާލި ބޯޅަ ނުރައްކާތެރި ހަމާލާއެއް ފޮނުވައިލި އެވެ. އެކަމަކު އެބޯޅަ ދިޔައީ ބޭރަށެވެ. ވެލެންސިއާ އަށް އިން އުފެއްދި އެންމެ ފުރަތަމަ ފުރުސަތު ތަނަވަސް ކުރީ ބޯހަސް މާޓީން ފޮނުވައިލި ހިލޭ ޖެހުމުންނެވެ. އެރިއާގެ އަރިމަތިން އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން އޭނާ ފޮނުވައިލުމުން ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ވެލެންސިއާ އަށް ލީޑް ނަގައިދިނީ އަބްދުﷲ ޔާމީން (ޔާން) އެވެ. ޕަރޯގެ ކުޅުންތެރިންނަށް ރަނގަޅަށް ބޯޅަ ކޮންޓްރޯލް ކޮށްނުލެވި އުޅެނިކޮށް ބޯހަސް ބޯޅަ ހޯދައި ޔާން އަށް މަޑުމަޑުން ބޯޅަ ދިނުމުން އޭނާ މަޑުމަޑުން ޖަހައި ގޯލްގެ ކަނަށް ބޯޅަ އޮއްސިގެންދާ ގޮތަށް ފޮނުވައިލައިފަ އެވެ. ޕަރޯގެ ކީޕަރު ގިއެލްޝަން ޒަންގްޕޯ އަށް ވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ.

ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާން) ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: ވެލެންސިއާގެ ދެވަނަ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ އޭނާ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭގެ އަށް މިނެޓް ފަހުން ޕަރޯއިން ނަތީޖާ ހަމަހަމަ ކުރީ ކޯނަރަކުން ތަނަވަސްވި ފުރުސަތުގައި އެޓީމުގެ މެކްސްވެލް އެލޮން ބޮލުން ޖަހައި ވައްދާމި ބޯޅައިންނެވެ. އެޓީމުގެ ޕަބް ތިންލޭ ނަގައިދިން ކޯނަރު އޭރިއާ ތެރެއަށް ހުރަސް ވުމުން ވަރަށް މައްޗަށް ފުންމައިގެން އަރައި މެކްސްވެލް ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.

މެޗުގެ 44 ވަނަ މިނެޓްގައި ހުސައިން ހަނާން ތަނަވަސްކޮށް ދިން ފުރުސަތުގައި ބޯހަސް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރޭގައި ހުސްކޮށް ހުރެފައި އޭނާ މަސައްކަތް ކުރީ ޕަރޯ ކުޅުންތެރިންގެ ކައިރިން ނައްޓާލާފައި ގޯލްގެ ތެރެއަށް ފޮނުވާލާށެވެ. އެކަމަކު ޕަރޯގެ ޑިފެންޑަރު ކައިރިން ނައްޓާ ނުލެވުމުން އޭނާ އަށް ބޯޅަ ގެއްލުނެވެ.

ދެވަނަ ހާފުގައި ޕަރޯގެ ޔެޝީ ކައުންޓަ އެޓޭކް ފުރުސަތުގައި ތަނަވަސް ކުރި ބޯޅ ހިފައިގެން އަރައި ގޯލަށް އަމާޒުކޮށް ފޮނުވައިލި ނަމަވެސް ކީޕަރު ތޮލާލް ހަސަން (ޓޮޕްލެކް) ވަނީ އަތުންޖަހައި ބޯޅަ ދިފާއުކޮށްފަ އެވެ. މެޗުގެ 64 ވަނަ މިނެޓްގައި ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އޭރިއާ ތެރެއަށް ހުރަސްކޮށް ދިން ބޯޅަ، އޭރިއާ ތެރޭގައި ހުހަށް ހުރި ބޯހަސް ބޮޅުން ފޮނުވާލި އެވެ. އެކަމަކު ބޯޅަ އެރީ މައްޗަށެވެ. އެބޯޅަ ހޯދީ ކީޕަރު ޒަންގްޕޯ އެވެ.

މެޗުގެ 69 ވަނަ މިނެޓްގައި ޔާން، ޕަރޯގެ އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ އޭރިއާގެ ތެރެއިން ޕަރޯގެ ޑިފެންޑަރު އަތުގައި ބޯޅައިން ޖެހުނެވެ. ވެލެންސިއާގެ ބެންޗުން ވެސް ޕެނަލްޓީ އަކަށް އެޕީލް ކުރި އެވެ. ނަމަވެސް މެޗަށް ނުކުމެ ހުރި ސިންގަޕޫރުގެ ރެފްރީ އަހްމަދު އަގްޝާހް ޕެނަލްޓީއެއްކަމަށް ނުދައްކައި އޭނާ އިޝާރާތް ކުރީ ކުޅުން ކުރިއަށް ގެންދިއުމަށެވެ.

ވެލެންސިއާގެ ކުޅުންތެރިން މެޗުގައި އުފާފަޅު ކުރަނީ: ޕަރޯ ބަލިކޮށް ވެލެންސިއާ ވަނީ ޕްރިލިމިނަރީ މަރުހަލާގެ ދެވަނަ ބުރަށް ދަތުރުކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މެޗުގެ 72 ވަނަ މިނެޓްގައި ޕަރޯގެ ޔެޝީ ގޯލްގެ ކުރިމައްޗަށް ބޯޅަ ހުރަސްކޮށްދިނީ ފްރެންސިއޯސް ބްލެކް އޭރިއާގެ ތެރޭގައި ހުހަށް ހުރުމުންނެވެ. އެކަމަކު ބޯޅަ އޭނާގެ ފައިދަށުން ދިޔައިރު ވެސް ބްލެކް އަށް އެބޯޅަ ބޭނުމެއް ނުކުރެވުނެވެ.

މެޗުގެ 90 މިނެޓް 1-1 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ވެލެންސިއާއިން ވަނީ އަލުން ލީޑް ނަގައިފަ އެވެ. މެޗުގެ 100 ވަނަ މިނެޓްގައި ވެލެންސިއާ އަށް ލަނޑު ޖަހައިދިނީ ބޯހަސް އެވެ. އޭރިއާގެ ތެރެއިން އަރިމަތީގައި ހުރެފައި ޔާން ބޯޅަ ނަގައިދިނީ ގޯލްގެ ފާ ޕޯސްޓް ކަނަށެވެ. އެބޯޅަ ބޯހަސް ބޮލުން ގޯލްގެ ތެރެއަށް ވައްދާލީ ގޯލް ދަނޑިކައިރީގައި ހުރެފަ އެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި ވެލެންސިއާއިން ކުޅުނީ ޑިފެންސަށް ފައިބައިގެން ތިބެ އެވެ. އެކަމަކު ލަނޑު ޖަހާނެ ފުރުސަތެއް އިސްމާއީލް އީސާ އަށް ލިބުނެވެ. އެކްސްޓްރާ ޓައިމްގެ ފަހު ވަގުތުގައި ވެލެންސިއާގެ ޔާން އާއި ޕަރޯގެ ޑިފެންޑަރާ ކުރިމަތިލުމެއް ހިނގި އެވެ. ދެކުޅުންތެރިން ވެސް ކުޅުމުން ބޭރުގައި އެކަކު އަނެކަކުގައި ޖެހި ގަތުމުން ދެ ކުޅުންތެރިންނަށް ވެސް ރީނދޫ ކާޑު ދެއްކި އެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުޓިކެބެޔާ

06 April 2022

ގޯލް ޖެހުމަށްފަހު އުފާ ފާޅުކުރި ގޮތް ކަމަކު ނުދޭ

The name is already taken The name is available. Register?

ޒިކް

06 April 2022

ޔާނު ތަންކޮޅެއް ފިޒިކަލް ޖައްސާލަނިކޮށްއޮބި ނޯންނާނެ.. އުންމޫދީ ޒުވާން ކުޅުންތެރިއެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454