މޭޔަރު ޑރ. މުއިއްޒު "މިހާރު" އާ މިދިޔަ ހަފުތާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ:ފަޔާޒު މޫސާ/ މިހާރު
10 އެޕްރީލް 2022 - 11:33
މާލޭގެ ލޭންޑް ޔޫޒް ޕްލޭނަށް ފަންނީ ގޮތުން ޕްލޭނިން މިނިސްޓްރީ އަށް ބުނެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަަމަށާއި އެ މަސައްކަތްކުރީ ވެސް ރާއްޖޭގައި މިހާރު ހުރި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވިގޮތުގައި މާލޭގެ ލޭންޑް ޔޫޒް ޕްލޭން ތައްޔާރު ކޮށްދެއްވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. ހައިދަރު އަލީ އެވެ.
"ހައިދަރުގެ ސީދާ އަމަލީ މަސައްކަތުން [ލޭންޑް ޔޫޒް ޕްލޭން] ހެއްދެވީ. އެހެންވީމާ އޭގެ ސުވާލެއް ނުއުފެއްދޭނެ. އެކަމަކު ޕްލޭނިން މިނިސްޓްރީން މި ސުވާލު އުފައްދަނީ ކަމުގެ ތަޖުރިބާކާރު މީހަކު ލައްވަހޭ އެ ހެދީ. އަޅުގަނޑުމެން ހުށަހެޅިއިރު ވެސް އޮންނާނެ ބުނެފއި ހައިދަރުއޭ އެ ހެއްދެވީ،" މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ލޭންޑް ޔޫޒް ޕްލޭންގެ ބޭނުމަށް ހިޔާލު ހޯދި މީހުން ލިސްޓާއި ސްޓޭކްހޯލްޑަރުންގެ މައުލޫމާތު ވެސް ޕްލޭނިން މިނިސްޓްރީ އަށް ފޮނުވި ކަމަށެވެ.
"މިހާތަނަށް ދުވަހަކު ވެސް އެއްވެސް ކައުންސިލަކުން، ގައިމު ވެސް މާލޭގައި އެއްވެސް ކައުންސިލަކުން ރައްޔިތުންގެ ހިޔާލު ނުހޯދާ ވަރަށް ލޭންޑް ޔޫޒް ޕްލޭން ހަދަން އަޅުގަނޑުމެން ހިޔާލު ހޯދައިފިން. އެ ހިޔާލުތައް އެއްކޮށްލާފައި ފޮތެއްގެ ސިގައިގައި ވެސް ވަނީ ނެރެފައި،" މޭޔަރު ވިދާޅުވި އެވެ.
މާފަންނުގެ މީހުންގެ ހިޔާލު ހޯދަން ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒާއި ބައެއް ކައުންސިލަރުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ސްޓޭކްހޯލްޑަރުން ވެސް އެތައްއެތައް ބަޔަކާއެކު، މިނިސްޓްރީތަކާއި ކުންފުނިތަކާއި އެންޖިއޯސްތަކާ، މިހެން ގޮސް އެތައް ބަޔަކާއެކު ވަންޓުވަން މީޓިންތައް ބާއްވައިގެން، ހިޔާލު ހޯދައި އެ އެއްޗެހި ހިމަނައިގެން ލޭންޑް ޔޫޒް ޕްލޭން ހެދީ."
މުއިއްޒު ވިދާޅުވީ، އެހާ ފުރިހަމަކޮށް ލޭންޑް ޔޫޒް ޕްލޭން ހަދައި ޕްލޭނިން މިނިސްޓްރީ އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފޮނުވުމުން އެ މިނިސްޓްރީން ސުވާލު އުފައްދައި ޖަވާބުތައް ހޯދަން ޑިސެމްބަރު މަހު ބޭނުންވި ކަމަށެވެ. އެހެންވެ، ޑރ. ހައިދަރުގެ އެހީތެރިކަމާއެކު، އެ ބައިތައް ހިމަނައި މިދިޔަ މާޗް މަހު ޕްލޭނިން މިނިސްޓްރީ އަށް އަލުން ލޭންޑް ޔޫޒް ފޮނުވީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވީމާ ރިޖެކްޓް ކުރެވޭނެ އެއްވެސް ސަބަބެއް ނޯންނާނެ ފެންވަރަށް އެ ހަދާފައި އެ އޮތީ. އެކަމަކު ގާނޫނުގައި ބުނާ ލޯކަލް ކުންފުނި އުފެއްދުމުގެ ހުއްދަ އަޅުގަނޑުމެންނަށް ނުދީ ހިފަހައްޓާފައިވާ ގޮތަށް ލޭންޑް ޔޫޒް ވެސް އެޕްރޫވް ނުކޮށް ބާއްވަފާނެ،"--- މުއިއްޒު
"ގާނޫނުގައި ބުނަނީ ލޭންޑް ޔޫޒް ޕްލޭން ހުށަހަޅާތާ ތިން މަސް ތެރޭގައި ފާސްކޮށްދޭން ވާނެއޭ. އެ ތިން މަސް ހަމަވާއިރު، އެއްވެސް ކަމެއް އިސްލާހުކުރަން ނާންގައިފިއްޔާ ލޭންޑް ޔޫސް ޕްލޭން ފާސްވި ކަމަށޭ ބަލާނީ. އޭގެ މިސްޔޫޒް ކުރައްވަނީ ކަން ނޭނގޭ [ޕްލޭނިން މިނިސްޓްރީން]. ތިން މަސް ވާންވާއިރަށް އަނެއްކާވެސް އަނބުރާ ފޮނުވާނެ ކަން ނޭނގޭ ކޮންމެވެސް ކަމެއް އިސްލާހު ކުރާށޭ ކިޔާފައި،" މުއިއްޒު ވިދާޅުވި އެވެ.
މާފަންނުގެ މީހުންގެ ހިޔާލު ހޯދަން ކުރިން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި މީހުން.---ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ލޭންޑް ޔޫޒް ޕްލޭން ފާސްކޮށްދޭނެ ކަމުގެ ޔަގީންކަމެއް އަދިވެސް ނެތެވެ.
ލޭންޑް ޔޫޒް ޕްލޭނަކީ އެ ރަށެއްގެ ބިން ތަރައްގީ ކުރުމަށް ޓެކްނިކަލް ފެންވަރުގައި، ރައްޔިތުންގެ ހިޔާލު ހޯދައިގެން ތައްޔާރުކުރަން ގާނޫނުގައި ލާޒިމުކުރާ އެއްޗެކެވެ.
"ގާނޫނީ ހުރިހާ އިޖުރާއަތުތަކެއް ކައުންސިލްގެ ފަރާތުން އެ އޮތީ ފުރިހަމަ ކޮށްފައި. އިތުރަށް އެދުނު ކަންކަން ވެސް ފޮނުވައިފިން. ސަރުކާރުން ދެން ކޮށްދެއްވަންވީ ކަމަކަށް އޮންނާނީ އެޕްރޫވަލް ދެއްވުން. އޭގައި ޓެކްނިކަލީ ދެކޮޅު ހެދޭނެ އެއްވެސް ކަމެއް ނޯންނާނެ. އެންމެ ފަންނުވެރި، އެންމެ ތަޖުރިބާ ހުރި އެއް ބޭފުޅަކު އެ ކަން ކޮށްދެއްވީ،" މޭޔަރު ވިދާޅުވި އެވެ.
"އެހެންވީމާ ރިޖެކްޓް ކުރެވޭނެ އެއްވެސް ސަބަބެއް ނޯންނާނެ ފެންވަރަށް އެ ހަދާފައި އެ އޮތީ. އެކަމަކު ގާނޫނުގައި ބުނާ ލޯކަލް ކުންފުނި އުފެއްދުމުގެ ހުއްދަ އަޅުގަނޑުމެންނަށް ނުދީ ހިފަހައްޓާފައިވާ ގޮތަށް ލޭންޑް ޔޫޒް ވެސް އެޕްރޫވް ނުކޮށް ބާއްވަފާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙދ ނސ
11 April 2022
ޥަރަށް ރަނގަޅު ޕްލޭން އެއް ސަރުކާރުން މޭޔަރަށް ޖެއްސުން ކުރަނީ
މުންޖިޗޭ
11 April 2022
ސިޔާސީގޮތުން ހޮޅި ކޮމެންޓް ކުރިޔަސް މުޢިއްޒުގެ މަސައްކަތަށް ދިވެހި ޤައުމު ފަޚުރުވެރިވާނެކަމީ ފެންނަންހުރި ޙަޤީޤަތެއް، ފަންނީގޮތުން މުޢިއްޒުމެންގެ މަސައްކަތާއި ގާތްކޮށްލެވޭ ވަރަކަށްވެސް އަދި ނެތް މަސައްކަތެއް ކުރެވިފައި، ހިންގާލަން އުޅުނަސް މުޢިއްޒުމެން ނަމޫނާއަކަށް ނުބަލައި ހިންގާނުލެވޭނެކަމީ ކަށަވަރުކަމެއް، ކޮމެންޓޭމެން، ޓުވިޓަރޭމެން ލައްވައި ޙަޤީޤަތާޚިލާފު ކޮމެންޓްކުރިޔަސް މުޢިއްޒުގެ ޤާބިލުކަމަކަށް އަސަރެއްނުކުރާނެ، ޙަޤީޤަތާދުރު ވާހަކަ ނުދައްކާ
ރިޖެކްޓް ނުކުރެވޭ ފެންވަރު
11 April 2022
ލޮލް. "ރިޖެކްޓް ނުކުރެވޭ ފެންވަރު".
އައްލާ
10 April 2022
ކާކު ހެދީ، މުއިއްޒުތަ؟ ތިކަމެއް ތިން ހަތަރުފަހަރު ކުރަންޖެހޭނެ.
ނަސޭހަތްބެ
10 April 2022
މުއިއްޒުމެންފަދަ ވިސްނުމުގަ އުނިކަން ހުންނަ މީހުންނަށް ހާއްސަކޮށް ރޯދަމަހު ފުރައްސާރަ ނުކުރަން އިލްތިމާސްކުރަން
ބޮކިފުރާޅު ޢީސާ
10 April 2022
ޑރ. މުއިއްޒުގެ ބަސްމަގުމިހުންނަނީ ވަރަށް ފިތުނަވެރި ކިބުރުވެރިއަކުގެ ބަސްމަގުހުންނަ މަގަށް.
ބޭރުވެލާ
10 April 2022
މުއިއްޒު މޮޔަ ގޮވާއިރު ހަނދާނެއް ނެތް ދޯ މުއިއްޒުގެ އާރާ ބާރުގަ ސިޓީ ކައުންސިލަކީ ވިހާ މަރުވާ ބަލަން އޮންނަ ކައުންސިލެއްކަން؟
ޙައްހައް
10 April 2022
އެއިރު ތިބި މީހުންނަށް އެކަންވެސް ނުކުރެވުނު
ޢައިޖ ެ
10 April 2022
ތޮުަ ހައިދަރު ގެ ޕްލޭން އަކީ އަލެ މަރިން ބާވާ ލެވުނު އެއްޗެއް ތަ؟
ބަގަޓު
10 April 2022
ތިގޮތަށް ޕްލޭންކޮށްގެން ނައިޓްމާރުކޭޓަކާ ވަގުތީ ލޯކަލްމާރކޭޓްވެސް ބޭއްވިޔޭ؟ އޭގެ ޕްލޭންވެސް ހަމަ ޕީއެޗްޑިފެންވަރުގަބާ؟
ޖޯޖް
10 April 2022
މިބޭފުޅާގެ ވާހަކަ މިހުންނަ ގޮތެއް
ހޮޅި މުއިޒް
10 April 2022
ބަލަ މުއިޒޫ ކަލޭ ގޮވާނީ ހުސްހޮޅި ...........