ބާލިން އަށް ހަމަލާ ދިން ކަމަށް ޖަރުމަން ފުލުހުން ބުނީ އަނީސް އަމްރީ
23 ޑިސެމްބަރ 2016 - 16:32
މިލާން (ޑިސެމްބަރު 23) - ޖަރުމަނުގެ ކްރިސްމަސް މާރުކޭޓަަކަށް ވެއްދި ލޮރީން ޖައްސާ 12 މީހުން މަރާލި ކަމަށް ބެލެވޭ އަނީސް އަމްރީ މިލާނުގައި ފުލުހުން ބަޑިޖަހާ މަރާލައިފި ކަމަށް އިޓަލީގެ ދާހިލީ ވަޒީރު މާކޯ މިނިއްޓީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ މިލާނުގައި ފުލުހުން ޕެޓްރޯލް ކުރުމުގައި އައިޑީ ކާޓު ކޮބައިތޯ ސުވާލު ކުރުމާ އެކު އެމީހާ ބަޑި ޖެހީ ކަމަށެވެ. މި ހަމަލާގައި ޒަހަމްވި ފުލުސް މީހާގެ ހާލު ސީރިއަސް ނޫން ކަމަށް އިޓަލީގެ މީޑިއާތަކުން ބުނެ އެވެ. އިޓަލީ ފުލުހުން ބަޑިޖަހާ މަރާލި މީހާގެ އިނގިލީގެ ނިޝާން އަމްރީއާ ދިމާވާ ކަމަށް ވެސް އިޓަލީ ފުލުހުން ބުނެ އެވެ. ޖަރުމަނުގެ އޮފިޝަލުން ބުނީ މާރުކޭޓަށް ވެއްދި ލޮރީގައި ހުރި އިނގިލީގެ ނިޝާން އަމްރީއާ ދިމާވާ ކަމަށެވެ.
އިޓަލީގެ ނިއުސް އެޖެންސީ އަންސާ އިން ބުނީ އަނީސް އަމްރީ ފްރާންސުން ޓިއުރިން އަށް ރޭލުގައި ދަތުރު ކުރުމަށް ފަހު އެހެން ރޭލެއްގައި މިލާނަށް ދަތުރުކޮށްފައިވާ ކަމަށެވެ.
ޓިއުނީޝިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމްރީ ވަނީ ތަފާތު ކުށްތަކުގައި އިޓަލީގައި 2011 ވަނަ އަހަރު ޖަލަށްލައިފަ އެވެ. އޭނާ ޖަލުން ދޫކޮށްލުމަށް ފަހު ވަނީ ގައުމުން ބޭރުވުމަށް އަންގައިފަ އެވެ. އޭނާ ފަހުން ޖަރުމަނަށް ގޮސް މި އަހަރުގެ އެޕްރީލް މަހު ވަނީ ހިމާޔަތް ހޯދަން ހުށަހަޅައިފަ އެވެ.
އަމްރީ ހޯދަން މަގުފަހިވާ ފަދަ މައުލޫމާތެއް ދިން މީހަކަށް 104،000 ޑޮލަރު ޖަރުމަނުގެ ފެޑެރަލް ޕްރޮސެކިއުޓަރުން ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
23 December 2016
ވަރަށްވެސް ހިތާމަހުރި ކަމެށް ،، ނަމަވެސް ޓެރަރިސްޓުން އުފެދެނީވެސް ދުނިޔޭން އިންސާފްގެއްލުނީމައި ، އެމެރިކާ އިޒްރޭލް އަދި އިނގިރޭސިން ބޭނުންހާކަމެށް ކޮއްފައި ސަލާމަތް ވެވޭން ފެށީމައި ދެން ގޮސް ހުސްވެގެން ނުކުންނާނީ ހެދުނުއެއްޗެއް ހަދަން ، އެހެންގޮސް ޓެރެރިސްޓުން އެންމެ ގިނައިން އުފެދެނީ ،،
އަލީ
23 December 2016
ތިޔަ ލިސްޓައް ސައުދީ ގަތަރު އަދި ޔޫއޭއީ ފަދަ ޤައުމުތައްނުލީ ކީއްވެތަ. އެމެރިކާއާއެކު ހަމަ މިހާރު މިކުރާ ހަނގުރާމައިގަ އެއްކޯލިޝަނެއްގަ އުޅޭ ޤައުމުތަކެއްމީ.
ސަނަސަ
23 December 2016
މިފަދަމީހުން ، އެއްޤައުމުން އަނެއްޤައުމަށް ގޮސް މިގޮތައް މީހުން މަރާކަމުގައި ވަނީނަމަ އަތުޖެހުނު ތަނަކުން މަރާލުން ނޫންގޮތެއް ނޯއަނާނެ.