މީހަކު ބީއެމްއެލް އިންޓަނެޓް ބޭންކިން އަށް ލޮގިން ކުރަނީ-- ފޮޓޯ: ބީއެމްއެލް
13 އެޕްރީލް 2022 - 13:12
ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެ ބޭންކުގެ އިސްލާމިކް ޕާސަނަލް ފައިނޭންސަށް އެދެވޭ ގޮތް ހަދައިފި އެވެ.
އިސްލާމިކް ޕާސަނަލް ފައިނޭންސަކީ މުސާރަ ލިބޭ މީހުންނަށާއި ރިޓަޔަމަންޓް ޕެންޝަން ލިބޭ މީހުންނަށް ހާއްސަކޮށްގެން 300،000ރ. އާ ހަމައަށް ދޫކުރާ ފައިނޭންސެކެވެ. އެ ހިދުމަތުގެ ދަށުން މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާގެ ގޮތުގައި ވެސް ފައިނޭންސް ލިބޭނެ އެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގެ އުސޫލެއް ކަމުގައިވާ "ތަވައްރުގް" އުސޫލުންނެވެ.
މަހުން މަހަށް މުސާރަ ނުލިބޭ މީހުންނަށް ބީއެމްއެލް އިސްލާމިކް އިން ވަނީ ޕާސަނަލް ފައިނޭންސިން މައިކްރޯ ހުޅުވާފަ އެވެ. ޕާސަނަލް ފައިނޭންސިން މައިކްރޯ މެދުވެރިކޮށް 25،000ރ. އާ ހަމައަށް ފައިސާ ދޫކުރާނެ އެވެ.
ޕާސަނަލް ފައިނޭންސް އާއި ޕާސަނަލް ފައިނޭންސިން މައިކްރޯ ނަގާ ކަސްޓަމަރުންނަށް ފައިސާ އަނބުރާ ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.
ބީއެމްއެލް ލުއި އެކްސްޕްރެސް އަދި ލުއި މައިކްރޯ ނަގާފައިވާ ކަސްޓަމަރުންނަށް ވެސް އެ ފެސިލިޓީތައް މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލީފާ
13 April 2022
މޮަޅެތި ވާހަކަ ދައްކަނީ. ތިޔެއްވެސް ނަގަން ދިޔައީމަ އެތައް ވާހަކަައެއް ދައްކާފަ އެތައް އެއްޗެއް ހުށަހެޅީމަ ބުނަނީ އަދި ނެތޭ ދެވޭކަށް. އެކަށީގެންވާ ވަރަކަށް އާމްދަނީއެއް ނުލިބެޔޭ. ލިބޭލެއް ގިނަވެގެން ވިއްޔަ ސްކީމުތަކުން އެއްޗިހި ނަގަން މިދަނީ.
ބީއެމްއެލް
14 April 2022
ދޮންކަލޯ އެމީހުން ވެސް ފައިސާ ދެނީ ފައިސާ އަނބުރާ ދެއްކޭ ވަރުގެ މީހުންނަށް ތިޔަހެން އަންނަ ކޮންމެ މީހަކަށް ޝަރުތު ހަމަނުވަނީސް ލޯނު ދޭންވެެއްޖެޔާ ބޭންކް އޮންނާނީ ބަނގުރޫޓު ފެއެއްނު... މިއީ ބޮޑު ވިޔަފާރިއެއް. ހަލީފާ ވެސް ނުދޭނެ ހަމަ ތާކުން މީހަކު ފައިސާ ކޮޅެއް ދޭށޭ ބުންޏަސް އެއީ ފައިސާ އަނބުރާ ދެވޭވަރުގެ މީހެއްތޯ ނުބަލާ