.
16 އެޕްރީލް 2022 - 08:50
އެމެރިކާގެ ސޯޝަލް މީޑިއާގެ ރާނީ ކިމް ކާޑޭޝިއަން އަކީ މިނިމަލިޒަމަށް ވަރަށް ލޯބިކުރާ މީހެކެވެ. ވޯގް މެގަޒިން އިން އޭނާގެ ގޯތި ތެރެ ދައްކާލުމުން ފޭނުން ތިބީ ބަސް ހުއްޓިފަ އެވެ. މިނިމަލް ކަމުން ގޭތެރެ ވަރަށް ހުސްކަމުގެ އިހުސާސް ކުރެވޭ ކަމަށް ފޭނުން ބުންޏެވެ.
ކިމް ވަނީ ވަރަށް ފަހުން އޭނާގެ ބަދިގެ އާއި ކާއެއްޗެހި ބަހައްޓާ ޕޭންޓްރީ އަލުން ރީޑިޒައިން ކޮށްފަ އެވެ. ކިމް ބުނި ގޮތުގައި މިހާރު ބަދިގެ ހުންނާނީ "މިނިމަލިސްޓިކް އަދި ޒެން" ކޮށް ކަމަށެވެ.
ރީޑިޒައިންގެ ފޮޓޯތައް ވެސް އޭނާ އާންމުކުރި އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި، ބޮޑު ކޮޓަރިއެއް އެއްކޮށް ހުރީ ޕޭންޓްރީ އަށް ހާއްސަކޮށްފަ އެވެ. އެތަނުގައި އެއްކޮށް ނިއުޓްރަލް ޓޯން ކުލަ ލާފައި ހުރި އިރު، ހަރުތައް ވެސް ހުރީ އެއް ކުލައެއްގަ އެވެ. ހަރުތަކުގެ ދުރުމިން ބޮޑުއިރު އެ ހަރުތަކުގައި ވެސް ދުރުދުރުގައި އަތުރާލާފައި ހުރީ ނިއުޓްރަލް ކުލަތަކުގެ ތަށިތަކާއި ތެލިތަކެވެ.
ހަރުތަކުގެ އެހެން ހިސާބުގައި ހުރީ ގެއަށް ބޭނުންވާ އެކި ކަހަލަ ކާއެއްޗެހި ސްޓޮކް ކޮށްފަ އެވެ. އެ ހުރިހާ އެއްޗެއް ވެސް ހުރީ ވަރަށް ތަރުތީބުން ރާވައިފަ އެވެ. ޕޭންޓްރީގެ އައިސްއަލަމާރި ވެސް ފުރާލައިފައި ވަނީ ތަފާތު އެކި ކަހަލަ ކާ އެއްޗެހިންނެވެ.
އެ ޑިޒައިން ކަމުނުދާ ކަމަށް ބުނެ ވެސް ބައެއް މީހުން ކޮމެންޓްކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސް
18 April 2022
ތީ ފިހާރަ އެންނު
އަހާ
17 April 2022
ބަދިގެ ހުރި ޑިޒައިން ހަޑިވެދާނެތީ މާ ބޮޑަކަށް ކައްކާހެނެއް ހިއެއްނުވޭ. އަދި އެއްޗެހި އަތުރާފަ ހުރި ގޮތް ބަދަލުވެދާނެތީއާ ޒެން ގެއްލިދާނެތީ އެއިން ތައްޓެއް ބަހައްޓާފަ ހުރި ދިމާއެއް ބަދަލުކޮށް އޭގެ ބޭނުމެއްވެސް ކުރެވޭނެހެނެއް ހިއެއްނުވޭ.
އަބްޑޫޅް
17 April 2022
ކިމް ޖޮންގު އުން ކަމުގަ ހީކުރީ.
ޟަޒް
16 April 2022
ބިލިއަނަރުންގެ ބަދިގެ ވެސް ތަފާތު ވާނެ.
ކޮބައިތަ؟
16 April 2022
ކޮބައިތަ ތި ބުނާ ބަދިގޭގެ ފޮޓޯ؟
ކައްކާ
16 April 2022
ބަދިގެއަށް ވަދެ ކައްކާނަމަ ދޯ ބަދިގެ ސާމާނު ހުންނާނީ. ނިކަމެތިންގެ ގޯތިގެދޮރު ދަތިވީމަ، ސިޓިންގ ރޫމަކީވެސް ގުދަނެއް، ކޮޓަރިއަކީވެސް ގުދަނެއް، ބަދިގެއަކީވެސް ގުދަނެއް، ފާހާނައަކީވެސް ގުދަނެއް. މަހުޖަނުންގެ ދިރިއުޅުން ދައްކާފަ، އަހަރުމެންގެ އަނބިން ވާވައްދަން އުޅޭނެކަމެއް ނެތް.
ޢެބުނާހެން
17 April 2022
ތިކަހަލަ އެއްޗެހި ދެއްކުމުން ދެން އެންމެން އަވަސް ވެ ގަންނާނީ ތިޔަކަހަލަ ބަދިގެ ހަދަން
ކެންޑަލް ޖެނާ
16 April 2022
މާަ ސަޅި އަސްލު ތިހެން ހުރީމަ