ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ކަނޑުއަޑީގައި ޑައިވްކުރަނީ.
19 އެޕްރީލް 2022 - 07:29
ރާއްޖެ ދެކެވާ ލޯތްބެއްގެ ބޮޑުކަމުން އަބަދުވެސް ރާއްޖެ އަށް އަންނަ ބޮލީވުޑްގެ ތަރި، ސޮނާކްޝީ ސިންހާ ރާއްޖޭގެ ކަނޑުއަޑީގައި އޭނާ ނަގާފައިވާ މަންޒަރުތަކެއް އިންސްޓަގްރާމްގައި ފޭނުންނާ ހިއްސާކޮށްފި އެވެ.
"ދަބަންގް" ގެ ތަރި ސޮނާކްޝީ، ރާއްޖޭގައި ޑައިވްކުރާ ވީޑިއޯއެއް އާންމުކުރީ މީގެ ތިން ދުވަސް ކުރިންނެވެ. އޭގެ ފަހުން ޖެހިޖެހިގެން ތިން ދުވަހު، އޭނާ ވަނީ އެކި ފަރުތައް ކައިރީގައި ޑައިވް ކުރާ ވީޑިއޯތައް އާންމުކޮށްފަ އެވެ.
ކަނޑުއަޑީގައި ނަގާފައިވާ އޭނާގެ ތިން ފޮޓޯއެއް ޝެއާ ކުރީ، "ދަ ނޮޓް ސޯ ލިޓްލް މާމެއިޑް" ޖެހުމަށް ފަހު އެވެ. އަދި ފަހުން ތަފާތު އެކި ކަހަލަ މަސްތަކުގެ ތެރޭގައި ޑަވްކުރާ ވިޑިއޯ އާންމުކުރީ "ސަމްތިން ފިޝީ ގޮއިން އޮން ހިއާ" ޖެހުމަށް ފަހު އެވެ.
އިއްޔެ އެންމެ ފަހު ވީޑިއޯ ކަމަށް ބުނެ އޭނާ ދޫކޮށްލީ ވެލައަކާ އެކު ފީނާ ވީޑިއޯއެކެވެ. އެންމެ ބެސްޓް ވީޑިއޯ އެންމެ ފަހަށް ބޭންދީ ކަމަށް ބުނެ ސޯނާކްޝީ ލިޔުނީ ކަނޑުއަޑިއަށް ދިއުމަށް ވުރެ އޭނާ އެކްސައިޓްވާ އިތުރު ކަމެއް ނޯންނާނެ ކަމަށެވެ.
ސޮނާކްޝީގެ ޕޯސްޓުގައި ޓެގްކޮށްފައި ވަނީ ވައްކަރު މޯލްޑިވްސްގެ ވޯޓާ ސްޕޯޓްސް އިންސްޓަގްރާމްގެ ހޭންޑަލް އެވެ.
މީގެ އަހަރެއްހާ ދުވަސްކުރިން ސޮނާކްޝީ ރާއްޖެ އަށް ކުރި ދަތުރުގައި ވަނީ އޯޕަން ވޯޓާ ޑައިވިން ކޯހެއް ވެސް ހަދައި، އެއިން 100 މާކްސް ވެސް ހޯދައިފަ އެވެ. އޭގެ ފޮޓޯއަކާ އެކު އެ ވާހަކަ ވެސް އިންސްޓަގްރާމްގައި އޭނާ ހިއްސާކުރި އެވެ.
ސޮނާކްޝީ ވަނީ އަނބުރާ ގައުމަށް ގޮސް ވެސް ރާއްޖެ އަށް އޭނާގެ ހިތުގައި އޮންނަ ލޯބި ބަންޑުންކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮގޮޑި
20 April 2022
ފޫހިވީމަ އަރާނެތާ މައްޗައް
ޖޮނީ
19 April 2022
ގެނބިފަތަ؟
ށަވިޔަނި
19 April 2022
ގިނަގިނައިން އާދޭ. މަރުހަބާ ސޯނާކްޝީ
ހާމަ333
19 April 2022
އިންޑިއާމީހުނަށް އަދިކިރިޔާ ރާއްޖެ އެނގިގެން މިއުޅެނީ
މިސްޓަރ ޓިނޭ
19 April 2022
އިންޑިޔާ އައުޓް
ނިމް
19 April 2022
މަވެސް އަދިވެސް މިއޮތީ އެނދު މަތީ!