ރޭޑިއަންޓްގެ ބޯޑަށް އިންތިހާބުވި މެންބަރުން: އެފްއޭއެމުން ރާވާ އެއްވެސް މުބާރާތެއްގައި އެކްލަބަށް ބައިވެރި ނުވެވޭނެ ކަމަށް އެފްއޭއެމުން އަންގައިފިކަމަށް އެކްލަބުން ބުނޭ
19 އެޕްރީލް 2022 - 19:55
އަލަށް ރަޖިސްޓްރީކޮށްގެން، ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ތައްޔާރުވަމުންދާ ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭނެ ކަމަށް އެފްއޭއެމުން އަންގައިފި އެވެ.
ރޭޑިއަންޓުން ބުނީ ރޭޑިއަންޓަކީ ފުޓްބޯޅައިގެ ހަރާކްތަކުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކަމަށް ބުނެ އެއްވެސް މުބާރާތެއްގައި ރޭޑިއަންޓަށް ބައިވެރި ނުވެވޭނެ ކަމަށް އެފްއޭއެމުން އެ ކްލަބަށް އަންގާފައިވާ ކަމަށެވެ.
"އެފްއޭއެމުން ބުނަނީ އެގޮތަށް އެންގީ އޭއެފްސީންނޭ،" ރޭޑިއަންޓްގެ ޗެއާމަން އަހްމަދު ވާސިފް ވިދާޅުވި އެވެ.
ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފޭސްބްކް ޕޯސްޓް
އޭނާ ވިދާޅުވީ އެފްއޭއެމުން އެގޮތަށް ނިންމުމުން، ވަކީލުންނާ ވާހަކަ ދައްކައި އާބިޓްރޭޝަން މަރުހަލާއެއްގައި ކުރިއަށް ދިއުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ރޭޑިއަންޓް އުފެއްދީ، ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންގެ ތެރެއިންނެނެވެ. ވާސިފް ވިދާޅުވީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ތެރެއިން ކްލަބް އުފެދިގެން އަޔަސް މުބާރާތުގައި ވާދަކުރުމަށް ހުރަސް އެޅޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޝިފާން (ވ) ކުޑައްޓޭ ރޭޑިއަންޓަށް ސޮއި ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ:
އޭނާ ވިދާޅުވިގޮތުގައި އެފްއޭއެމްގެ މެންބަރުކަން ހޯދަން އެ ކްލަބުން ހުށަހަޅައިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.
"އެއަށް ޖަވާބެއް ނުދޭތީ މިއަދު އަޅުގަނޑުމެން އެފްއޭއެމްއާ ބައްދަލު ކުރީމަ ބައްދަލުވުމުގައި ބުނީ އޭއެފްސީން މިގޮތަށް އަންގައިފިއޭ. އެކަމަކު އޭއެފްސީން އެގޮތަށް އެންގި ކަމުގެ އެއްވެސް ލިޔުމެއް ވެސް ހިއްސާކޮށްފައެއް ނުވޭ،" ކުރިން ނިއު ރޭޑިއަންޓްގެ ހަރާކްތްތަކުގައި އަދި އެޓީމު ސަސްޕެންޑް ކުރި ފަހުން އިންތިހާބު ކުރި ބޯޑުގައި ވެސް މަގާމެއް އަދާކުރެއްވި ވާސިފް ވިދާޅުވި އެވެ.
އެފްއޭއެމުން އެގޮތަށް އެންގީ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެކްލަބުން ތައްޔާރީތައް ފަށާފައި ވަނިކޮށެވެ. ޓީމުގެ ކޯޗަކަށް ސޮބާހް މުހައްމަދު އިބްރާހިމް ހަމަޖައްސައި ކުޅުންތެރިން ލައްވައި ސޮއި ކުރުވަން ވެސް އެކްލަބުން ފެށި އެވެ. އެގޮތުން ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޕާކިސްތާންގެ ގޯލް ކީޕަރު އަބްދުލް ބާސިތު ގަފޫރު ލައްވައި ސޮއި ވެސް ކުރުވި އެވެ.
ވާސިފް ވިދާޅުވީ އިންތިހާބު ބޭއްވުމުގެ ކުރިން ވެސް އެ ކްލަބްގެ ލޯގޯޯ އާ މެދު ވެސް އެފްއޭއެމުން ސުވާލު އުފެއްދި ކަމަށެވެ.
"އޭރު ވެސް ބުނަނީ އޭއެފްސީން މިވެނި ކަމެއް ފާހަގަކޮށްފައި އެބައޮތޭ. އެއްވެސް ލިޔުމެއް ހިއްސާ ނުކުރައްވާ،" ވާސިފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިލާނާ
21 April 2022
އެއަރ މޯލްޑިވްސް އުވާލާފަ، މޯލްޑިވިއަން އުފައްދާފަ ކުރީގެ ދަރަނިތައް ހަދާން ނާއްތާލެވެންޏާ، ރޭޑިއަންޓް ކްލަބް އައްކުޅެވެންވާނެ!
އިޙްސާސް
21 April 2022
ގަރުނުގެ ބޮޑު ޖޯކުގެ ތެރެއިން އެއްޖޯކު. ކުލަބެއްގެ ކުލަޔާ ނަމާ ވައްތަރުކަމެއް ހުރީމަ އެކުލަބުގެ ދަރަންޏާ އަލަށް ރަޖިސްޓުރީ ކުރާ ކުލަބުން ހަވާލުވާން ޖެހުން.
އެމް ބީ އޭ
20 April 2022
އެސޯސިއޭސަން ތަކުން އަބަދު ވެސް ކުރާ ކަމެއް އަނގަބަހުން ނޫނީ ފޯން ކޮއްލާފަ ބުނުން ކަލޭމެނަކައް ނުކުޅެވޭނެ ، ލިއުމެއް ނުދައްކަ.
ބާސާމް
20 April 2022
ކުޅިވަރު ތައް ހިސާރު ކޮއްގެން ތިބޭ މީހުން އަބަދުވެސް ބުނާނެ އިންޓަނޭޝަނަލް ބޮޑީ އަކުން ބުނީ އޭ. އެ އެސޯސިއޭޝަން އެއްގެ އަސާސީ ޤަވާއިދު އަކާ އިންޓަނޭޝަނަލް ބޮޑީ އަކުން ނުބެހެވޭނެ. އަދި ކްލަބް ތަކަކީ ވޯޓުލުމުގެ ހައްގު ހޯދޭ ބަޔަކައް ވުމުން، ތިގޮތައް ކަންތައްކުރުން ވާނީ ވޯޓު އާ ކުޅުން ކަމުގައި، ވަރަށް ސީރިއަސް މައްސަލައެއް ތިއީ. ނިއުރޭޑިއެންޓް އާއި ރޭޑިއެންޓް ވާނީ ދެ ސަހުސެކައް. ވަކި ދެރަޖިސްޓްރީ އޮތް ވަކި ދެ ކުލަބަކައް.
ކުޗީ
20 April 2022
މިއީ ފީފާ ގެ ޗެއަމަނާއި ހިސާބުން ފެށިގެން އަންނަ ލާރިޔާއި ، ބާރާއި ނުފޫޒް ހޯދުމަށް އުފެދިފައިވާ ކޮރަޕްޝަންގެ ނެޓްވޯކެއް. ބައްސާމް އާއި ނުކުޅެވެނީ ފީފާއިން ކޮންމެ އަހަރަކު ބަހާ ލާރިގަނޑު ގެ ބޭނުން ނާޖާއިޒް ގޮތުގަ ބޭނުން ކުރަން އެނގޭތީ. ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނާނެ.
ޚިޔާލު12
20 April 2022
މަށަށް ފެންނަނީ ރޭޑިލެންސިޔާ ނުވަތަ ނިއު ލެންސިޔާ ކިޔާފައި ޓީމެއް ހަދަން، ވާއެއްޗެއް ބަލަން.
އާރީ
20 April 2022
ވަރަށް ނުތާހިރު ތަނަކަށް އެފްއޭއެމް ވެއްޖެ. ތިތަން ދެށް ރަގަޅެއް ނުވާނެ ހަތްފެނުން ދޮވެ ހަތް ހުތަށް ލާ ރާހުތައް ލިޔަސް..
ހޯރަބޭ
20 April 2022
އެފްއޭއެމް މަގުސަދު ވަރައްސާފް. ދިވެހި ފުޓްބޯޅަ ދެކެ ލޯބިވާ ސަފޯޓަރުން ތަކެއް ގެއްލިފައިވާ ފުޓްބޯޅައިގެ ފޯރިނަގާ އާލާ ކުރަށް އުޅުނަކު ނުދިނުން.
ތަރުފާލު
20 April 2022
އެންމެކުޑަމިނުން މިއީ ކޮންރަށެއްގެ ކުލަބެއްކަންވެސް ޖަހާލިނަމަތާ މިކަމަކީ އަހަރެމެނާ އެއްވެސް ވަރަކަށް ރެލަވަންޓް ކަމެއްތޯވެސް އެނގޭނީ.
މޫސް
20 April 2022
ކޮށްކޮމެން ޅަވީމައި ނޭންގޭގެ ގައުމުގައި ނަން މަޝަހޫރު ޓީމުތަކެއް. އެހެންނޫނީ އިނގޭ ކަމަށް ނުހަދަނީ.
ނޫކުލަ
20 April 2022
ދެން މަގުމައްޗަށް ނުކުމެގެންވެސް ހަނގު ހޯދަންވީ.