އޮކްޓޫބަރ 31، 2021: އިޓަލީގެ ރޯމްގައި ބޭއްވި، އިގްތިސާދީ ގޮތުން އެންމެ ކުރި އަރާފައިވާ 20 ގައުމު (ޖީ20)ގެ އެންމެ އިސް ވެރިންގެ ބައްދަލުވުމުގެ ހަވާސާގައި، ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --އޭއެފްޕީ
26 އެޕްރީލް 2022 - 11:45
މިހާރު ޔޫކްރޭންގައި ރަޝިޔާ ސިފައިން ހިންގަމުންދާ އަސްކަރީ ހާއްސަ ހަރަކާތް ފުރޮޅިގެން ގޮސް ނިއުކްލިއާ ހަނގުރަމައެއް ފެށިދާނެ ކަމާމެދު އުފެދިފައިވާ ބިރަކީ ހަގީގީ ބިރެއް ކަމަށް، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ނިއުކްލިއާ ހަނގުރާމައެއް ފެށުމުގެ ބިރު އޮތް ކަމުގައި ވިޔަސް، ސުލްހައިގެ އެއްބަސްވުމަކާ މެދު ކުރެވޭ އުންމީދު އަދިވެސް އެބަ އޮތް ކަމަށެވެ. އެހެންކަމުން ރަޝިޔާ އިން އަބަދުވެސް މަސައްކަތް ކުރަނީ، ނިއުކްލިއާ ހަނގުރާމައެއްގެ ނުރައްކަލުން ދުރުހެލިވެ އޮތުމަށް ކަމަށް ވެސް ލަވްރޯވް ވިދާޅުވި އެވެ.
"އަހަރެމެންގެ ކޮންމެ ކަމެއް އެ މައްޗަށް ބިނާކުރަމުން އަންނަ އަސާސަކީ އެއީ. ނަމަވެސް އެކަމުގެ ބިރު މިހާރު ވަރަށް ބޮޑު. އެއްވެސް ގޮތަކުން އެ ބިރުވެރިކަން އިތުރުކުރާކަށް އަހަރެމެން ބޭނުމެއް ނޫން. އެހެން ނަމަވެސް އެ ބިރު އިތުރަށް ބޮޑުކުރަން ބޭނުންވާ ވަރަށް ގިނަ ބަޔަކު އެބަތިބި. އެހެންވީމާ އެ ބިރު ހަގީގަތުގައި ވެސް އެބަ އޮތް، އަދި އެއީ ހަގީގީ ބިރެއް. އެބިރު އޮތް ކަމާ މެދު އަހަރެމެން ފަރުވާ ކުޑަކޮށްގެން ނުވާނެ."
ޚާރިޖީ ވަޒީރު ލަވްރޯވް ވިދާޅުވީ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަކީ ވަރަށް ކުޅަދާނަ އެކްޓަރެއް ކަމަށާއި، ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭނުންވާ ކަން ދައްކަން އޭނާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އޭނާ ދައްކާ ވާހަކަތައް ރަނގަޅަށް ބަލައި ކަނުލައި އަޑުއަހައިފި ނަމަ، އެތައް ހާސް ފުށުއެރުންތަކެއް ފެންނާނެ،" ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވި އެވެ.
Russia loses last hope to scare the world off supporting Ukraine. Thus the talk of a ‘real’ danger of WWIII. This only means Moscow senses defeat in Ukraine. Therefore, the world must double down on supporting Ukraine so that we prevail and safeguard European and global security.
— Dmytro Kuleba (@DmytroKuleba) April 25, 2022
ލަވްރޯވްގެ ވާހަކަތަކަށް ރައްދު ދެއްވައި، ޔޫކްރޭންގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލޭބާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ލަވްރޯވްގެ ވާހަކަތަކަކީ، ޔޫކްރޭނަށް އަސްކަރީ ގޮތުން އެހީތެރިވެދޭ ގައުމުތަކަށް ބިރުދައްކަން ރަޝިޔާ އިން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެއްޖެ ކަމުގެ އިޝާރާތެކެވެ.
"ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމައެއްގެ ހަގީގީ ނުރައްކަލާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން ދޭހަކޮށްދެނީ، ޔޫކްރޭންގައި ނާކާމިޔާބުވަމުންދާ ކަން ރަޝިޔާ އަށް މިހާރު އިހްސާސް ވާން ފަށައިފި ކަން،" ޔޫކްރޭންގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލޭބާ ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ، އެ ގައުމުގެ ނިއުކްލިއާ ލަޝްކަރު ފުރިހަމަ ތައްޔާރީ ހާލަތަށް ގެނައުމަށް އަމުރު ކުރައްވައިފަ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަނެ، ވަރުގަދަ ހަނގުރާމައެއް ފެށުމާ ގުޅިގެން އެމެރިކާ އާއި ނޭޓޯ އަދި ވިލާތުގެ އިއްތިހާދުން ބުނެފައިވަނީ، ރަޝިޔާއާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިނުވާނެ ކަމަށެވެ. ނަމަވެސް ރަޝިޔާގެ އުދުވާނުން ދިފާއުވުމަށް ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ގައުމުތަކުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީރާޖާ
27 April 2022
މަހެއްވީއިރުވެސް ޔޫކްރެއިން ނުހިފުނު. ރަޝިޔާ މިއީ ހީކުރި ވަރުގެ ބާރަކަށް ނުވި!
ނިއުޓްރަލިސްޓް
27 April 2022
މަހެއް ވީ އިރުވެސް ނުހިފުނީ ކީއްވެކަން އިނގޭބާ.. ހަފްތާއެއް ނުވަނީސް ޔޫކުރޭން އަމާން ދޭން އުޅެފަ ދެން ކަންތައް ވެގެން ދިޔަގޮތް މި ހަނގުރާމަ ގާތުން ބަލާ އެންމެނަށް އިނގޭނެ.. މީ މިހާރު ޔޫކުރޭނާ ރަޝިއާ އާއި ދެމެދު ކުރާ ހަނގުރާމައެއް ނޫން..
ގަމާރު
27 April 2022
ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދީފިނަމަ ބަލަންނުތިބޭނަމޭކިޔައި ބިރުދައްކަން ތިއްބައިނޫންތަ ރަޝިޔާއިން އަރައިގަތީ އެމެރިކާއާއި މުޅިޔޫރަޕާއި ރަޝިޔާއިން އެހަނގުރާމަކުރަނީ ބަލަންތިބޭ ވާގޮތް ދެވަނަ ބޮޑުހަގުރާމަޔަށްފަހު އެމެރިކާ މޮޅުވި ހަނގުރާމަޔެއް ނޯއްނާނެ
އަފްރާސިޔާބު
27 April 2022
ރަޝިޔާއާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކާއި ޖަޕާނާއި އޮސްޓްރޭލިޔާއާއި ނިއުޒީލޭންޑާއި ކެނެޑާ ނުކުމެގެންވެސް ހިފަހައްޓައިނުލެވި ބަލިވަމުންދާތީ ޔުކުރޭނުގެ އާންމު ރައްޔިތުން އެއްކޮށްގެން މެދަށްވަދެ މޮޔަ އެކްޓަރު ޒީލެންސްކީ އިނަސް ދަމައި ނެރޭނެކަން ހަނދާނުގައި ބަހައްޓާތި.
ލެއްގިކޮމިޝަނަރ
26 April 2022
ބަލިވާނެކަން ޔަގީންވީމަ ނިއުކުލިއަާ ހަތިޔާރުގެ ބިރުދައްކަން ފެށީދޯ؟ ވާގޮތް ބަލާލަން އަތުގަހުރި ނިއުކުލިއާ ހަތިޔާރުތައް ޔުކޫރޭނަށް އަޅާލަބަލަ. ރަންގަޅަށްވީޔާ އޭގަވެސް ހުންނާނީ ދަބަރުޖަހާފަ. އެހެންވެ އެއުޅެނީ އޭގެބޭނުންކުރަން ނިކެރިގެން. ޢެމެރިކާނަމަ ތިހެންބިރު ދައްކާކަށް ނުހަދާނެ، އެކަން އިގޭނެ މާޒީންވެސް.
ޒަމާނީ
27 April 2022
ބްރޯ މީ މިހާރު މާޒީއެއް ނޫން. އެއް އިރެއްގަ އެމެރިކާ ހިތުހުރި ގޮތަކަށް އުޅުނަސް މިހާރު ނޫޅެވޭނެ. އެކަން އިނގޭނެ އެމެރިކާގެ މިލިޓަރީ ބޭސް އަކަށް އީރާނުން ހަމަލާ ދިނީމަވެސް. ރައްދުގަ ހަމަލާ ދޭން ނުކެރުނު.
ރަދީފްއޮފިޝަލް
26 April 2022
ސާބަހޭ މަނިކްފާނު.ރަނގަޅަށް ވާންކޮއްފަ ބަހައްޓާތި.
ބޮރަކި
26 April 2022
ވާންވެގެން ގޮސް ހެދޭ އެއް ނެހެދޭއެއް ނޭގޭވަރު ވެފަ ޕުޓިން އެހެރީ. މިހާރު ނޯތު ކޮރެއާ ގޮތަށް އަބަދުވެސް މިސައިލެއް އުދުއްސައިގެން ދުނިޔޭގެ ސަމާލު ކަން ހޯދަން އުޅެނީ.
ގަޅިރަދީފް
27 April 2022
ކޯންޗަކަށް ބާ ވާން ކުރާނީ.ކަލޭ ހީކުރީ ރަށިޔާ އަތުގަ އެކަނި ކަމަށް ތަ ހަތިޔާރު ހުރީ.2 ދުވަހުން ހިފި ކިޔެވް ކޮބައިބާ
ސަލީމު އިދުރީސް
27 April 2022
ނިއުކުލިއާ ހަނގޫރާމަ އަކީ ކިހާވަރެއްގެ ކަމެއްކަން ތަސައްވަރު ކޮއްލާވަރުގެ ތެއްކަމުގެ ކުލަވެސް ރަދީފު ސިކުނޑީގަ ނެތީމަކަން އެގޭ އެވަރުގެ ކަމަކައް ތި ހިއްވަރުދެނީ! ރަދީފުކަލަ ގަޅި މީހުންނަކީ ނަސީބަކުން ދުނިއޭގަ ވަރައް މަދު ފަސެންޓެއް އެހެން ނޫންނަމަ ދުނިއެ މިވަރައް ކުރިނޭރީސް