"ބާބީ" ގެ ލައިވް އެކްޝަން ފިލްމުގެ ފަސްޓް ލުކް.
28 އެޕްރީލް 2022 - 08:01
ކުޑަކުދިންގެ މަޝްހޫރު ކާޓޫން ފްރެންޗައިޒް "ބާބީ"ގެ ލައިވް އެކްޝަން ފިލްމު ނެރެން ނިންމައި އެ ފިލްމުގެ ފަސްޓް ލުކް އާންމުކޮށްފި އެވެ.
މަޝްހޫރު އެކްޓަރު މާގޯ ރޮބީ ލީޑުން ފެންނަ ބާބީގެ ލައިވް އެކްޝަންގެ ފުރަތަމަ ލުކް ދައްކާލާފައި ވަނީ މިހާރު ކުރިއަށްދާ ސިނެމާކޮންގެ ތެރެއިންނެވެ.
ފަސްޓް ލުކުން ފެންނަނީ ބާބީގެ އެންމެ ފާާހަގަކުރެވޭ ފިޔާތޮށި ޕެލެޓެވެ. އޭނާ އަރައިގެން އިން ކާރުން ފެށިގެން ބެކްގްރައުންޑް ވެސް ފެންނަނީ ފިޔާތޮށި ކުލައިންނެވެ.
މާގޯ ބުނާގޮތުގައި، ލައިވް އެކްޝަން ބާބީ ފިލްމަކީ ވަރަށް ތަފާތު ފިލްމަކަށް ވާނެ އެވެ. އަދި ފޭނުން އެއްވެސް ވަރަކަށް ހީ ވެސް ނުކުރާ ކަންތައްތައް ފިލްމުގައި ވާނެކަމުގެ ޔަގީންކަން މާގޯ ދިނެވެ.
ބާބީއާ އެކު އެންމެ ގިނައިން ފެންނަ ކެރެކްޓާއަކީ ކެން އެވެ. ކެންގެ ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ރާޔަން ގޮސްލިން އެވެ. އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 21 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy