މަސައްކަތް ނިމިފައިވާ ހަނިމާދޫ މަގެއް.-- ފޮޓޯ: އެމްޓީސީސީ
28 އެޕްރީލް 2022 - 12:02
ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫއު ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ރަށުގައި ޕަމްޕު ހަރުކުރުމާއި މަގު ބައްތި ހަރުކުރުމާއި އަދި މަގުގައި ދަވާދު ލުމުގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.
މި ހުރިހާ މަސައްކަތެއްގެ 98 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ހަނިމާދޫގެ މަގުހެދުމުގެ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: އެމްޓީސީސީ
ހަނިމާދޫގައި ހިންގާ 76 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 16 އަކަމީޓަރުގެ ހިނގާ ސަރަހައްދެއް ހެދުމާއި 38 އަކަމީޓަރުގެ ދުއްވާ ސަރަހައްދެއް ހެދުމާއި 19 އަކަމީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުން ހިމެނެ އެވެ.
ހަނިމާދޫގެ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: އެމްޓީސީސީ
ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޑޮމެސްޓިކް އެއާޕޯޓް އޮންނަ ހަނިމާދޫއަކީ ގިނަ ބަޔަކު ޒިޔާރަތްކުރާ އަދި ޓޫރިޒަމްގެ މަސައްކަތްތައް ވެސް ފުޅާވަމުން އަންނަ ރަށެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy