ބިދޭސީ މަސައްކަތްތެރިންނަށް އިފްތާރް ޕެކް ބެހުމުގެ ހަރަކާތުގެ ތެރެއިން. ފޮޓޯ: ދިރާގު
30 އެޕްރީލް 2022 - 20:37
ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ދިރާގާއި މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) ގުޅިގެން ރޯދަވީއްލުމަށް ހާއްސަ މީލް ޕެކް ބަހައިފި އެވެ.
ދިރާގުން ބުނީ ބިދޭސީން ރޯދަވީއްލުމަށް ބޭނުންވާ ކާނާގެ ބާވަތްތައް މި ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގައި ބެހި ކަމަށެވެ.
މާލޭގައި ހަމައެކަނި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ދިރާގުގެ މުވައްޒަފުން ވެސް ބައިވެރިވި އެވެ.
މިދިޔަ ރޯދަމަސްތަކުގައި ވެސް ދިރާގުން ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު އޭރު އެ ކަން ކުރިއަށް ގެންދިޔައީ އެއްވެސް ބަޔަކާ ނުގުޅި ދިރާގުން އަމިއްލަ އަށެވެ. އެހެންވެ، މިއީ ރާއްޖޭގައި އުޅޭ ބިދޭސީން ރޯދަވީއްލުމަށް ބޭނުންވާ ތަކެތި އެހެން ޖަމާއަތަކާ ގުޅިގެން ދިރާގުން ބެހި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ 2
02 May 2022
މެޑަލް ޖަހަން ތިޔަކަން ނުކުރިޔަސް ވަރިހަމަ، އަހަރެމެނަށް އިނގޭ ބޮޑުތި ކުންފުނިތަކުގަ ލާރި ހުންނާނެ ކަން.. ހެޔޮ ކަމެއް ކުރަންޔާ ތިވަރަށް އިށްތިހާރު ނުކުރިޔަސް ރަނގުވާނެ! އެސޮރު މެނަށް އެއް ދުވަހު މީލްޕެކް ދީފަ އަހަރުގަ ބާކީ ހުރިހާ ދުވަހަކު ވަގަށް ފޯނަށް އަޅާ ލާރި ކޮޅު ކަލޭމެން ކާލަނި!
ދޭސީ
02 May 2022
ކުޑަ ކުއްޖަކަށް އީދު ހަދިޔާ އެއް ދިއްކޮށްލަން ނުކެރުން. ތީކީ އަމުދަކުން ކާ އެއްޗެއް ނުލިބިގެން އުޅޭ ބައެއް ނޫން. ހާހުން ދެހާހުން ރަށަށް ޑޮލަރު ފޮނުވާ ބައެއް.
އައްޓަމަސް
01 May 2022
އެންމެން ހުރިހާ ކުންފުނިތަކެއް ބަންގާޅީ ވީތަ؟ ބަލަގަ ދިވެހި ކިތައް އާއިލައެބަތިބި ރޯދަވިއްލޭން ތަނަވަސްކަން ނެތިފައި
ޖޯޖް
01 May 2022
ޢެމީހުންގެކަންތަށް ނުޖެހޭ ސަރުކާރުން ހައްލު ކޮއްދޭކަށް ދިވެހި މީހާ އެމީހުން ގެނައީ ކީއްކުރަން w
ނަނަހުވަފެން
01 May 2022
ހާލުގަ އުޅޭ ދިވެހިން ނެތީތަ...!
އަލީ ރާޖާ1
30 April 2022
އެމީހުންގެ ކަންކަން ސަރުކާރައް ހައްލު ނުކުރެވުނީމަ ދެން ކޮންމެސް ބަޔަކު ވާނެ ދޯ އެކަމާ އުޅެން. އެ ވެސް އިންސާނުން ވިއްޔަ.
ފުރޮޅުގެ
01 May 2022
އެމައްސަލަތަކުގެ ބާނީހުރީ އިދިކޮޅުގައި. އޭރު ރާއްޖެ އެތެރެކުރި މީހުން މައުލޫމާތާއި ބެހެއްޓި ޑިޕޮސިޓުގެ މައުލޫމާތުވެސް ރިކޯޑުތަކުން ފޮހެވިގެން ދިޔައީ. އެގޮތަށް ލިޔެކިޔުމެއްނެތި ރާއްޖޭގެ އާބާދީއަށްވުރެ ގިނައިން ތިބިބަޔަކުގެ ކަންތައްތައް ކޮންމެ ސަރުކާރަކުން ކުރިނަމަވެސް ކުރެވޭނީ އުސޫލާއި އެއްގޮތަށް. އެކަމަށް ވަގުތުވެސް ނަގާނެ.