ޚަބަރު / ކުޑަކުދިން

ވަޅި ހެރުމުގައި 15 އަހަރުން ދަށުގެ ކުދިން؛ އެޅޭނެ ފިޔަވަޅެއް ނެތް

މާލޭގައި ހިންގާ ނުރައްކާ މާރާމާރީތަކުގައި، އުމުރުން 15 އަހަރު ނުވާ ކުދިންތަކެއް ތަކުރާރުކޮށް ބައިވެރިވާ ކަމަށްވޭ

ކުޑަކުދިންގެ ހިމާޔަތުގައި ރާއްޖޭގައި ހަދާފައިވާ ގާނޫނުތައް މުޖުތަމައުގެ ހާލަތާ ނުގުޅުމާއި ތަންފީޒު ނުވުމުގެ ކަންބޮޑުވުން އެބަ އޮތް

މާލޭގައި މި ފަހުން ހިންގާފައިވާ ނުރައްކާތެރި މާރާމާރީތަކާއި ވަޅިހެރުމުގެ ހަމަލާތަކުގައި އުމުރުން 15 އަހަރު ނުވާ ކުދިންތަކެއް ބައިވެރިވާ ކަމަށާއި ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން އެ ކުދިންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި ކޮންމެ ފަހަރަކު ދޫކޮށްލަންޖެހޭ މައްސަލަ ބޮޑުވެފައިވާކަން އެނގިއްޖެ އެވެ.

ގްރޫޕް މާރާމާރީތައް ވަރަށް ބޮޑަށް މައިތިރިވެފައި އޮތުމަށް ފަހު ނުރައްކާތެރި ހަމަލާތަކެއް ދީ ބަޔަކު ޒަހަމްކޮށްލުމުން ފުލުހުން މި ދެތިން ދުވަހު ވަނީ ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަން އިއުލާނު ވެސް ކޮށްފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިފަހަރުގެ މާރާމާރީތަކުގައި ވެސް އުމުރުން 15 އަހަރު ނުވާ ކުދިންތަކެއް ބައިވެރިވެ އެވެ.

އީދު ބަންދު ތެރޭ މާލޭގައި ހިންގި މާރާމާރީތަކުގައި މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންނަށް ބަލާއިރު އޭގެ ތެރޭގައި ވެސް ހިމެނެނީ އުމުރުން ކިރިޔާ 18 ފުރިފައިވާ މީހުންނާއި އެޔަށްވުރެ ތަންކޮޅެއް ދޮށީ މީހުންނެވެ.

މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވީ އުމުރުން 18 އަހަރު ނުވާ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޮންނާތީ، މާރާމާރީތަކުގައި އުޅޭ 15 އަހަރު ނުވާ ކުދިން ކޮންމެ ފަހަރަކު ވެސް ހައްޔަރުކުރުމުގެ ބަދަލުގައި ގެންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗިލްރެން ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ) އަށް ކަމަށެވެ.

ކުށެއްގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ފުލުހުންގެ ވެެހިކަލަކަށް އަރުވަނީ. -- ފޮޓޯ: މިހާރު

"އެތަނަށް ގެންގޮސް އާއިލާއަށް ގުޅައި، އެ މީހުން ގެނެސް ހަވާލުކޮށްފައި ފޮނުވާލަން ޖެހެނީ. މި އުމުރުގެ ކުދިންނަށް ގާނޫނުގައި އޮންނަނީ ކުށްކުރުމާ ދުރުހެލިކޮށް، ފަރުވާ ދީ، ރީހެބިލިޓޭޓްކުރުމަށް ފިޔަވަޅު އެޅުން ކަމަށް ވިޔަސް ގާނޫނުގައި ބުނާ އެއިން އެއްވެސް ވަސީލަތެއް ގާއިމުކޮށްފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީތަކުގައި އުޅޭ ކުދިން އެފްސީޕީޑީ އަށް ގެންދިއުމުން އެތަނާއި ތަނުގައި ހުންނަ ތަކެއްޗަށް ގެއްލުން ދިނުމަކީ ވެސް އާންމުކޮށް ހިނގާ ކަމެކެވެ. އެކަމަކު ގާނޫނީ ގޮތުން ކުޑަކުއްޖެއް ކަމަށް ބެލެވޭ އުމުރުގެ ކުދިން ކޮންޓްރޯލްކުރުމަށް ބިޑި އެޅުވުމަކީ ވެސް ގާނޫނީ ގޮތުން ކުރެވޭ ކަމެއް ނޫނެވެ.

ކުޑަކުއްޖަކު ހިފެހެއްޓުމުގައި ނުވަތަ ހައްޔަރުކުރުމުގައި ނުވަތަ ކުޑަކުއްޖަކު ބަންދުގައި ބަހައްޓާފައި ހުންނައިރު ހައްޔަރުކުރަން ބޭނުންކުރެވޭ އާލާތްތަކުގެ ތެރެއިން އާލާތެއް އެއްވެސް ހާލެއްގައި ބޭނުންކޮށްގެންނުވާނެ ކަމަށް ބުނެ ގާނޫނުގައި މަނާ ލިސްޓެއް އޮވެ އެވެ. އެއީ؛

● ވަޅި އާއި ބަޑި

● ބިޑި ނުވަތަ ދަގަނޑު ނުވަތަ ޗޭނު ނުވަތަ ހިލިހިލާ

● ޓޭޒާ ނުވަތަ އެފަދަ އެއްޗެއް

● ޕެޕަ ސްޕްރޭ ނުވަތަ އެފަދަ އެއްޗެއް

● ސްޓްރެއިޓް ޖެކެޓް

● ތަދު އިހުސާސްކޮށްދޭ އާލާތްތައް

ކުޑަކުއްޖަކު ހިފަހައްޓާއިރު ނުވަތަ ހައްޔަރުކުރާއިރު އެންމެ ފުރަތަމަ މަސައްކަތްކުރަންވާނީ ކުއްޖާއާ ވާހަކަ ދައްކައިގެން އެކުއްޖާގެ އެއްބާރުލުން ހޯދަން ކަމަށް ވެސް ގާނޫނުގައި އޮވެ އެވެ.

މާލެތެރޭ ހިންގާ މާރާމާރީތަކުގައި އާންމުކޮށް ބައިވެރިވާ، އުމުރުން 15 އަހަރު ނުވާ ހައެއްކަ ކުދިން އުޅޭ ކަމަށްވެ އެވެ. ކޮންމެ ފަހަރަކު ވެސް މިއިން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލަން ޖެހުމުން އަނެއްކާ ވެސް އިތުރު ކުށްތަކަށް އަރައިގަނެ އެވެ. މި ކުދިން ހައްޔަރުކޮށް، ގާނޫނުގައި ބުނާ އިސްލާހީ ޕްރޮގްރާމްތައް ހިންގަން ބަލާއިރު އެ ވަސީލަތްތައް ގާއިމުވެފަ އެއް ނެތެވެ. އެހެންވެ މި ކުދިންނާ މެދު އެޅޭނެ ފިޔަވަޅެއް ނެތީ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބުނާ ގޮތުން އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ނޫނީ ކުއްޖަކު ހައްޔަރުކޮށްގެން ނުވާނެ އެވެ. އަދި ކުއްޖާ ބަންދުކުރުން އެއީ އެ ނޫން އެހެން ފިޔަވަޅުތައް އެކުއްޖާއާ މެދު އެޅުމަށް ފަހު އަދި އެ ފިޔަވަޅުތައް ނާކާމިޔާބުވުމަށް ފަހު، އެޅޭ އެންމެ ފަހުގެ ފިޔަވަޅެއް ކަމުގައި ވެސް ވާންޖެހެ އެވެ. ކުށުގެ ބޮޑުމިނާއި ހާލަތަށް ބަލައި ކުދިން ބަންދުކުރެވޭނެ ކަމަށް ގާނޫނުގައި އޮތަސް ކުދިން ބަންދުކޮށްގެން ގެންގުޅެން ގާނޫނުން ދައްކާ ތަނެއް ނެތެވެ. އެހެންވެ ގާނޫނުގައި އޮންނަ ގޮތަށް، ފިޔަވަޅެއް ނާޅައި ދޫކޮށްލުމާއި ނަސޭހަތްދިނުމާއި އިންޒާރުދިނުމެވެ. މި ކަންކަމުގެ ތެރެއިން އޮންނަ ކަންކަމަކީ؛

● ފިޔަވަޅެއް ނާޅައި ދޫކޮށްލުން

● އަނގަބަހުން ނަސޭހަތް ދިނުން

● ނުރަސްމީ އިންޒާރެއް ދިނުން

● ރަސްމީ އިންޒާރެއް ދިނުން

● ކޮމިއުނިޓީ ކޮންފަރެންސިން ބޭއްވުން

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޮންނަ ގޮތުން ނަމަ، ކުށް ކުރާ 15 އަހަރުން މަތީގެ ކުދިންނަށް ހާއްސަ މަރުކަޒެއް ހަދައި އެ ކުދިން ރިހެބިލިޓޭޓް ކުރުމަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން ކުރަންޖެހޭ ކަމެކެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި އޮންނަނީ 15 އަހަރުން ދަށުގެ، ކުށްކުރުމަށް ހުށަހެޅިދާނެ ކުދިން އެކަހެރިކޮށް މަރުކަޒުތަކުގައި ގެންގުޅުމުގެ ބަދަލުގައި އެ ކުދިންނަށް ޕްރޮގްރާމްތައް ހިންގުމަށެވެ. މިއީ ވެސް ޑީޖޭޖޭ އިން ކުރަންޖެހޭ ކަމެކެވެ.

މި ކަންކަމާ ބެހޭ ގޮތުން ޑީޖޭޖޭގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ވެސް، އުމުރުން 15 ނުވާ، ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ އުމުރުގެ ކުދިންނާ މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ގާނޫނާ ހިލާފް އަމަލުތަކަށް ހުށަހެޅޭ 18 އަހަރު ނުވާ އެއްވެސް ކުއްޖަކީ ކުށް ކުރާ ކުދިން ކަމަށް ނުބެލުމަށް ވެސް އޮވެ އެވެ. މި ކުދިން ކުށުގެ ވެރިން ދުރުކުރުމަށް އޮންނަނީ އެ ކުދިންނަށް ޕްރޮގްރާމްތައް ހިންގައި އަދި އެ ޕްރޮގްރާމްތަކުގައި ކުދިން ބައިވެރިވިރިކުރުވުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފަ އެވެ.

ގެންގޮސް އާއިލާއަށް ގުޅައި، އެ މީހުން ގެނެސް ހަވާލުކޮށްފައި ފޮނުވާލަން ޖެހެނީ. މި އުމުރުގެ ކުދިންނަށް ގާނޫނުގައި އޮންނަނީ ކުށްކުރުމާ ދުރުހެލިކޮށް، ފަރުވާ ދީ، ރީހެބިލިޓޭޓްކުރުމަށް ފިޔަވަޅު އެޅުން ކަމަށް ވިޔަސް ގާނޫނުގައި ބުނާ އެއިން އެއްވެސް ވަސީލަތެއް ގާއިމުކޮށްފައެއް ނެތް

ޖެންޑަ މިނިސްޓްރީން ބުނީ ކުށުގެ ވެށީގައި އުޅޭ ކުދިންނަށް ހާއްސަ މަރުކަޒުތައް ނެތުމަކީ އެ މިނިސްޓްރީގެ [ޗިލްރެން އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް] ވެސް އޮތް ކަންބޮޑުވުމެއް ކަމަށެވެ.

"އެއީ މި ސާވިސް އިން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތަށް މި ނަގާ ކުދިންނާ އެކު ކުރާ މަސައްކަތާ ތަފާތު މަސައްކަތަކަށް ވާހިނދު އެ ކުދިންނަށް ހާއްސަ މަރުކަޒު ނެތުމަކީ މި ސާވިސްގެ ގާނޫނީ ޒިންމާގެ ދަށުން ދައުލަތަށް ނަގާ ކުދިންގެ ގޮތުގައި ކަނޑައެޅޭނެ ކުދިން ނޫންކަން ފާހަގަކުރަން،" ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޖެންޑަ މިނިސްޓްރީން ބުނި ގޮތުގައި ކުށުގެ ވެށީގައި އުޅޭ ކުދިންނަށް ހާއްސަ މަރުކަޒުތައް ހުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފެންނާތީ ޑީޖޭޖޭއާ އެކު އެކި މަސައްކަތްތައް މި އަހަރު ތެރޭ ކުރުމަށް ރާވައި ބައެއް މަސައްކަތް ވެސް މިހާރު ވަނީ ފެށިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ރިސްކް ބިހޭވިއާ ނުވަތަ ކުށުގެ ވެއްޓަށް ހިނގައިދާނެ ކަމަށް ބެލެވޭ ކުދިންނަށް ހާއްސަ ޕްރޮގްރާމެއް ދެ އިދާރާ ގުޅިގެން ހިންގުން ކަމަށާއި އެކަމުގެ އިދާރީ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކުޑަކުދިން ކުށުގެ ވެށިން ދުރުކޮށް އިސްލާހުކުރުމުގެ މަގްސަދުގައި ރާއްޖޭގައި ހަދާފައި ހުރި ގާނޫނުތަކުގައި ރާއްޖޭގެ މާހައުލާ ބީރައްޓެރި އަދި ތަންފީޒު ނުކުރޭ ކަންކަން ގިނަ އެވެ.

113 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 11%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިފުލައިލާ

08 May 2022

ގޭންތަކުގެ ބޮޑުން ފަރުދާގެ އަނެއްފަރާތުގަ ތިބެ ގަސްތުގަ ކުރުވާ ކަމެއްތީ 15 އަހަރު ނުފުރޭ ކުދިން ލައްވާ މޫނައް ކަނދުރަ އަކައް ބެލުމެއްނެތި ތިކަން ހައްލު ކޮއްލަންވީ އުމަރުގެ ފޮމިއުލާ ބޭނުންކޮއްގެން ވިޔަސް!

The name is already taken The name is available. Register?

އަލީބެ

08 May 2022

އެހެންބަޔަކު ބުނާގޮތަށް ރާއްޖޭގައި ކަންކުރަންވީމަ ވާނީ މިހެން. ވަކިއަހަރެއް ނުވާނަމަ އަދަބެއް ނުދެވޭ. ވަކިއަހަރެއް ނުވާނަމަ ގޭތެރޭގައި ކުނިކަހަންދީގެން ނުވޭ. ކުއްޖާބޮޑުވާއިރު ހުންނަނީ ކަންނެތްވެ މަސައްކަތްކުރަން ފޫހިވެ ކުއްކުރަންއާދަވެފަ.

The name is already taken The name is available. Register?

ގާނޫނު

08 May 2022

ފަސްޓް ޑިގްރީ މާރޑަރ، އިންޓެންޝަން ޓުކިލް. މިއީ މޭޖަރ ކްރައިމްސް. 15 އަހަރުން ދަށް ވިޔަސް ސާބިތުވެއްޖެނަމަ ޖުވެނައިލް ކްރިމިނަލް އަކަށް ހަދާފަ ބަންދުކުރޭ، ދެން އުމުރު ހަމަވުމުން އަސްލު ހުކުމް ތަންފީޒް ކުރޭ. ހައްލުވީއެއްނު.

The name is already taken The name is available. Register?

ޢައިމިނަ

08 May 2022

ޢަމިއްލައަށް ހަދާ ދޯހަޅި ގާނޫނުތަށް އޮންނާނީ އަބަދުވެސް އަތަށް ގޮވާފަ ތިއައީ ހުނޅަގުގެ މީހުން ބުނާގޮތަށް ގާނޫނު ހެދީމަ ވާގޮތް އަދިވެސް ތިބޭ ތިހަދައިގެން ޖީލުފަނާވާދެން

The name is already taken The name is available. Register?

އަހައްމަދޫ

08 May 2022

ދެން އެޅޭނެ ފިޔަވަޅެއް ނެތޭ ކިޔާލަކިޔާލަ ތިބީ އެނިމުނީ. މިއީވާ ގައުމެއް

The name is already taken The name is available. Register?

ރަންނަމާރި ރަސްގެފާނު

08 May 2022

އާނ އަދި މިތާ މި އުޅޭ މާ ތާރީޚު ދަންނަކަމަށް ހެދިގެން އުޅޭ މީހުންނަށް ބުނެލަން މަގޭ ރަންނަމާރި ސްޓޯރީ މިހާރު އެންމެނަށްވެސް އިނގޭ. އެހެންވީމާ ކޮންމެހެން މާމޮޅުވެގެން ތާރީޚު އޮޅުވާލަން ނޫޅޭ. އަނެއް ވާހަކަ، މި ރާއްޖޭގައި އުޅުނު ގިނަ މީހުންނަކީ އަސޭކަރަ، ސޮމާލިއާ، ތުރުކީ، އީރާނު، މޮރޮކޯ ތަންތަނުން އައި މުސްލިމުން. މިތަނަށް އިންޑިއާގެ އަޝޯކާގެ ދަރި އައިސް ބުދު ދީން ފަތުރަން ފެށީ. ތުރުކީ އެވޭލާ ބަސްތަކާ ނަންނަން ދިވެހިންގެ ވަރަށް ގިނަވާނެ.

The name is already taken The name is available. Register?

ތިވެސް

08 May 2022

ތިވެސް ދެންކޮމެންޓެއް؟

The name is already taken The name is available. Register?

ކައިކައި ނުފުރޭ ވެރީންނަށް

08 May 2022

ބަލަ ތަފާތު ނަންނަމުގަ ކޮމިޝަންތައް ހަދާ ޚަޒާނާ ހުސްކުރުމަށް ވުރެ މާ ރަނގަޅޭ އިސްލާހިއްޔާ އަލުން އުފައްދާ ޖީލުތައް ސަލާމަތް ކުރުންވެސް. މިއީ އިސްލާމީ ގައުމެކޭ. މިތާ އެއްޖުންސުގެ ރެއިންބޯ މުނާފިގުންގެ މިނިވަންކަމެއް، ދީނުން ބޭރުވާނެ މިނިވަންކަމެއް ދޭކަށް ރައްޔިތުންގެ ބޮޑުބައި ބޭނުންވެގެނެއް ނޫޅޭ. އެކަން ކުރާ މީހުން އަތުން ރައްޔިތުކަން އަތުލަން ޖެހިލުންވާ މަޖްލީސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހަދަން ގޮވާލަން.

The name is already taken The name is available. Register?

ގައުމު ލޫޓުވާ ސިޔާސީ މީހުން

08 May 2022

އެމެރިކާ މީހުންގެ ބަހަށް ސިފައިން އިތުރުކުރުން ހުއްޓުވާ ކެޕެއް އަޅުވާ އެތަން މުސްކުޅިކުރީ ރައީސް ނަޝީދު. އެހާ ހިސާބުން ކިޔަވާ ނިމޭ ކުދީން ސިފައިންގެ އަށް ޚިދުމަތް ކުރުން ހުއްޓުވާލާ އެކުދީން ވަޒީފާ ނެތި މަގުމަތީ އާވާރާވެ ގިނަވި. ރީތި ވެއްޖެއެއްނު، މިހާރު ތިއޮތީ ވަޒީފާ ނެތް 100،000 މީހުންގެ އިތުރަށް އަރަމުން އަންނަ ޖީލުތައް ވެސް ހަލާކުވާތަން. ޚަރަދު ބޮޑުވަނީ ސިފައިން ގިނަވެގެނެއް ނޫން. ސިޔާސީ މީހުން ގައުމުގެ ރައުސްމާލުން ބޮޑެތި ވައްކަން ކުރާތީވެ.

The name is already taken The name is available. Register?

ހަސަންދީ

08 May 2022

ވަޒީފާގެ ފުރުސަތު ރާއްޖޭގައި އިންތިހާއައް އެބައޮތް ސިފައިންގޭގައިވެސް ޚިދުމަތް ކުރެވޭނީ ކަޑައެޅޭ މިންވަރެއް، ވަޒީފާއަށް ނުގޮސް މަސްތުވާތަކެތި ވިއްކައިގެންނާއި އަދި ކޮރޮޕްޝަން ހިންގައިގެން ފަސޭހައިން ފައިސާ ލިބޭނެގޮތް އޮންނާތީ ވަޒީފާ އިޚުތިޔާރު ނުކުރަނީ، ދައުލަތުގެ ފައިސާއިން ވައްކަންކުރާމީހާ 25އަހަރަށް ޖަލައްލާފައި، މަސްތުވާތަކެތި އެތެރެކުރާ މީހާ މަރަން ހުކުމް ކުރުމުން ޒުވާނުންވެސް ހަމަމަގައް އެޅޭނެ މިއައްވުރެވެސް ޒިންމާ ދާރުވާންވީ ބެލެނިވެރިން .

The name is already taken The name is available. Register?

ހަސަންދީ

08 May 2022

އުމުރުން 15 އަހަރު ނުފުރޭ ކުދިންގެ ބެލެނިވެރިން ކޮބައިބާ؟ އެ ބެލެނިވެރިންގެ ހަމަ އެއްވެސް ޒިންމާއެއްނެތީތޯ؟

The name is already taken The name is available. Register?

އަލީބެ

08 May 2022

ބޭނުމެއްނުހިފޭ ދެމިނިސްޓްރީ އަކީ. ޖެންޑާ މިނިސްޓްރީ އާ އާޓްސް އެންޑް ކަލްޗަރ.

The name is already taken The name is available. Register?

20000

09 May 2022

15 އަހަރު ނުވާ ކުޑަ ކުދީންނަށް ފިޔަވަޅު ނޭޭޅޭނަމަ، އެކުށްކުރާ ކުދީންގެ ބެލެނިވެރިންނަށް ބަންދުކޮށް އަދަބު ދީބަލަ. ބަލާނެ މީހަކު ނެތް ކުދިންވިއްޔާ ޖެންޑާރ މިނިސްޓަރ އަށް ދައުވާ ކޮށްބަލަ

The name is already taken The name is available. Register?

ހަސީ

08 May 2022

ޖެންޑާ މިނިސްޓްރީ ފަދަ ތަންތަނުން ގައުމަށްވާ ފައިދާއެއްނެތް. ކުޑަކުދިންގެ ކަރާމާތޭ ގޮވީމައެވީ. ސަރުކާރުންދޭ މުސާރަ މަހުން މަހަށް ޖަމާވީމަ ތިތަންތާ މީހުންނަށް އެވީ. އެ ބޮޑުކުރަން ކުސްތަޅާ މުއައްސަސާތައް މުޅިންވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454