ކުޅިވަރު

މިޝްކާ ޕްރެޝަރުން ނުކުމެ ނޭޕާލާ ދެކޮޅަށް ރާއްޖެ މޮޅުކޮށްދީފި

މިޝްކާ މިއަދު ކުޅުނު މެޗުގައި ރާއްޖެ އަށް ޕޮއިންޓް ހޯދައިދިނުމަށް ފަހު އުފާފާޅު ކުރަނީ: މިއަދު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެ އަށް ކާމިޔާބުކޮށް ދިނީ އޭނާ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

09 މެއި 2022 - 19:03

2 comments

ރާއްޖޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ އަންހެން ޖޫނިއާ ބައިގައި ނޭޕާލާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ޑިސައިޑިން ގޭމްގައި ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހިމް ޕްރެޝަރުން އަރައިގަނެ ރާއްޖެ މޮޅުކޮށްދީފި އެވެ.

މިއަދު ކުޅުނު އެހެން މެޗުތަކުގައި މިޝްކާ އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ، އޭނާ ބޮޑު ލީޑެއްގައި ވަނިކޮށްވެސް ޕްރެޝަރު ހޭންޑަލް ނުކުރެވި މެޗު އަތުން ދޫވެގެން ދިއުމެވެ. މުބާރާތުގެ ޖޫނިއާ އަދި ކެޑޭޓް ކެޓަގަރީގައި ވެސް ކުޅޭ މިޝްކާ މިއަދު މެންދުރު ޖޫނިއާ ކެޓަގަރީގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ޕާކިސްތާންގެ ކުލުސުމް އާ ދެކޮޅަށް ކުޅުނު ގޭމްގެ ފުރަތަމަ ދެ ސެޓް މިޝްކާ ހޯދާފައި ވަނިކޮށް، ކުލުސުމް ވަނީ އެ ގޭމްގެ ފަހު ތިން ސެޓް ކާމިޔާބުކޮށްފަ އެވެ. ރާއްޖެ މޮޅުވީ ހަތަރުވަނަ ގޭމްގައި ދީމާ ނުކުމެ ޕާކިސްތާންގެ ހައިކާ އާ ދެކޮޅަށް ކުޅެ އެވެ.

ކެޑޭޓް ކެޓަގަރީގައި ޕާކިސްތާންގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެމައްސަލަ މިޝްކާ އަށް ކުރިމަތިވި އެވެ. އެކަމަކު ޖޫނިއާ ކެޓަގަރީގެ ދެވަނަ މެޗުގައި މިއަދު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި މިޝްކާ ވަނީ ޕްރެޝަރުން އަރައިގަނެ ޑިސައިންޑިން ގޭމުން ރާއްޖެ މޮޅުކޮށްދީފަ އެވެ.

މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ޓީޓީ ޗެމްޕިއަންޝިޕްގައި މިޝްކާ ކުޅެނީ: އޭނާ ވަނީ މިއަދު ގިނަ ގޭމްތަކެއްގައި ކުޅެފައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ތިންވަނަ ގޭމްގައި ނޭޕާލްގެ ޝުޖަން ފުރަތަމަ ގޭމް ކާމިޔާބުކޮށްފައި ވަނިކޮށް މިޝްކާ ވަނީ ފަހު ތިން ގޭމް ކާމިޔާބުކޮށް ރާއްޖެ މެޗުން މޮޅުކޮށްދީފަ އެވެ. މިޝްކާ ލީޑް ގައި ވަނިކޮށް ޝުޖަން ވަނީ މިޝްކާއާ އަރާ ހަމަހަމކޮށްފަ އެވެ. ސެޓުގެގެ ފަހު ވަގުތު ދިޔައި ވަރަށް ހަމަހަމަ ކޮށެވެ. އެކަމަކު އެ ސެޓް ޝުޖަން ކާމިޔާބު ކުރީ 11-9 ންނެވެ.

ދެވަނަ ސެޓްގައި މިޝްކާ ވަނީ ހަ ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. މިޝްކާ 10 ޕޮއިންޓް ހޯދައިފައި ވަނިކޮށް ޝުޖަން ފަރަގް ކުޑަ ކުރަމުން އައިސް 10-10 އަކުން އެއްވަރު ކުރި އެވެ. ޝުޖަން ފަހަތުން އަރައި އަލުން އެއް ޕޮއިންޓްގެ ލީޑެއް ނެގުމުން މިޝްކާގެ މޫނު މަތިން ހާސްވުމުގެ އަސަރުތައް ވެސް ފެނުނެވެ.

އެވަގުތު ރާއްޖޭގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޯޕޮލްސް (ކޮސްޓޯ) ފާހަގަ ކުރީ މައްސަލަ އަކީ ނުބައި ސާވިސްއެއް ނެގި މައްސަލަ އެވެ. ކޮސްޓޯ ފާހަގަ ކުރީ މިޝްކާ ސާވިސްއެއް ޝުޖަން ނެގި ކަމަށެވެ. އަދި އޭނާ ވަނީ މެޗުގެ ރެފްރީގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ. ކުޅުނު މެދުކަނޑާލައި ވަގުތުތަކެއް ހޭދަވި އެވެ. އެންމެ ފަހުން މުބާރާތުގެ ހެޑް ރެފްރީ ވެސް ރާއްޖޭގެ ބެންޗާ ކައިރިވެ ކޮސްޓޯއާ މަޝްވާރާ ކުރި އެވެ.

މެޗު މެދުކަނޑާލައި ދެތިން މިނެޓެއް ފާއިތުވި އެވެ. އެކަމަކު ރެފްރީގެ ނިންމުން ބަދަލެއް ނުވި އެވެ. ޓީޓީގެ ކުރީގެ ކުޅުންތެރިޔަކު ބުނި ގޮތުގައި ކޮސްޓޯ ބޭނުން ކުރީ އުކުޅެކެވެ. އޭނާގެ ބޭނުމަކަށްވީ ކުޅުން މެދުކަނޑާލައި މިޝްކާގެ ޕްރެޝަރުން އަރއިގަތުމަށް އެހީ ވެދޭން ކަމަށް ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.

މިއަދު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި މިޝްކާ ކުޅެނީ: ނޭޕާލާ ދެކޮޅަށް ރާއްޖެ މޮޅުކޮށްދިން ގޭމުން މިޝްކާ ވަނީ ކުރި ހޯދާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަލުން ކުޅެން ފަށައި މިޝްކާ ވަނީ 13-11 އިން ސެޓް ކާމިޔާބުކޮށްފަ އެވެ. ފަހު ދެ ސެޓްގައި ފެނުނީ މިޝްކާ ފެނުނީ މުޅިން ތަފާތުކޮށެވެ. ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު ގޭމާއި ކެޑޭޓް ކެޓަގަރީގައި ކުޅުނު ގޭމަށް ވުރެ ނޭޕާލާ ދެކޮޅަށް ކުޅުނު ގޭމްގެ ފަހު ދެ ސެޓްގައި މިޝްކާ ވަނީ އިތުބާރާއެކު ކުޅެފަ އެވެ. ފަހު ދެ ސެޓް ވެސް އޭނާ ކާމިޔާބު ކުރީ 11-5 ންނެވެ.

ޓީވީ ކޮމެންޓްރީގައި ހުރި ކުރީގެ އެއްވަނަ ކުޅުންތެރިޔާ މުއިނާ މުހައްމަދު ބުނި ގޮތުގައި މިޝްކާ އަށް އިތުބާރު ލިބުނީ މިއަދު ވެސް ގިނަ ސެޓްތަކެއް ކުޅެފައިވުމުން ކަމަށެވެ.

"އިންޓަނޭޝަނަލް ގިނަ މެޗުތަކެއް ކުޅެގެން ކޮންފިޑެންސް ހޯދޭނެ،" އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީމު އިވެންޓުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން މުއިނާ ބުންޏެވެ.

ރާއްޖޭގައި ކުރިއަށްދާ ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގައި ވާދަކުރާ ދިވެހި އަންހެން ޓީމަށް ގައުމީ ޓީޓީ ޓީމުގެ ކޯޗު ކޮސްޓޯ އިރުޝާދު ދެނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

މެޗުން މޮޅުވެ ރާއްޖެ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ

މެޗުން މޮޅުވެ ރާއްޖެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފަ އެވެ. ރާއްޖެ ސެމީ އަށް ގެންގޮސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލަށް ވެސް ރާއްޖެ ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ އެވެ.

ނޭޕާޅާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޭމްގައި ރާއްޖެއިން ނުކުތީ ދީމާ އެވެ. އެ ގޭމްގައި ނޭޕާލްގެ ވިޔަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ ސެޓް ދީމާ ކާމިޔާބު ކުރީ 11-9 ންނެވެ. ދެވަނަ ސެޓް ވިޔަންކާ ކާމިޔާބު ކުރީ ފަހަތުން އަރައި 12-10 ންނެވެ. އެކަމކަު ފަހު ދެ ސެޓުން ކުރި ހޯދައި ފުރަތަމަ ގޭމް ދީމާ ރާއްޖެ އަށް ކާމިޔާބުކޮށް ދިނެވެ. ފަހު ދެ ސެޓް އޭނާ ކާމިޔާބު ކުރީ 11-8 އަދި 12-10 ންނެވެ. ފަހު ސެޓް ޕްރެޝަރުގައި ކުޅެ ދީމާ ކާމިޔާބު ކުރީ ފަހަތުން އަރައެވެ.

ދެވަނަ ގޭމްގައި ރަފާ އާ ދެކޮޅަށް ނުކުތީ ނޭޕަލްގެ އިވާނާ އެވެ. ރަފާ އަށް ވެސް ގޭމް ވީ އުނދަގޫ ގޭމަކަށެވެ. އެކަމަކު އޭނާ ވަނީ ތިން ސެޓުން އެ ގޭމް ކާމިޔާބުކޮށްފަ އެވެ. ދީމާ ތިން ސެޓް ވެސް ކާމިޔާބު ކުރީ 11-8 ންނެވެ.

2 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 9%
icon inlove icon inlove 45%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮންޓެ

09 May 2022

ސާބަހޭ ކުދިންނޭ ސާބަހޭ

The name is already taken The name is available. Register?

ޖަމީލުބެ

09 May 2022

الحمد لله

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454