ޓްރީ ޓޮޕް ހޮސްޕިޓަލުން ކަކުލުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބު ކަމާ އެކު ކޮށްފައިވަނީ ޑރ ކަނިރާޖް މަރިމުތުގެ އެހީއާ އެކު--ފޮޓޯ:ޓްރީ ޓޮޕް
10 މެއި 2022 - 13:31
ކަކުލުގެ މައި ލިގަމެންޓް (އޭސީއެލް) ހަލާކުވެ ނުވަތަ އިރައިގެންދިއުމުގެ ސަބަބުން ބޯން ޕެޓެލާ ގްރާފްޓް ބޭނުންކޮށްގެން ޓްރީ ޓޮޕުން ފުރަތަމަ ފަހަރަށް ސާޖަރީއެއް ހަދައި ކާމިޔާބުކޮށްފި އެވެ.
އޭސީއެލް (އެންޓިރިއާ ކުރޫޝިއޭޓް ލިގަމެންޓް) އަކީ ކަކުލުގެ އެއްކަށިގަނޑު އަނެއް ކަށިގަނޑާ ގުޅުވައި ހިފަހައްޓައިދީ ބާރުގަދަ ކުރުމަށް ހުންނަ އެއްސުންތަކެކެވެ. އާއްމުކޮށް މި ލިގަމެންޓް ހަލާކުވަނީ ދުވުންތެރިން އަދި ފުޓްބޯޅަކުޅުންތެރިން ފަދަ ކުޅިވަރު ކުޅޭ މީހުންގެ އެވެ.
މި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ކަށީގެ އޮޕަރޭޝަނަށް ހާއްސަ ކޮންސަލްޓަންޓް ޑރ. ކަނިރާޖް މަރިމުތު އެވެ.
ޓްރީ ޓޯޕްގައި މި ސާޖަރީ ހެދީ ވާތު ފައިގެ އޭސީއެލް ނުވަތަ ކަކުލުގެ މައި ލިގަމެންޓަށް އަނިޔާވެފައި ހުރި ކުޅުންތެރިއެއްގެ އެވެ. މި ކުޅުންތެރިޔާ ކުރިން ހަދާފައިވާ ކަނާތު ފައިގެ އޭސީއެލް ސާޖަރީގައި ވާތު ހޭމްސްޓްރިންގް ބޭނުން ކޮށްފާއިވާތީވެ، މި ސާޖަރީގައި އޭސީއެލް ރަނގަޅުކުރުމަށް ބޭނުންކޮށްފައިވަނީ ބޯން ޕެޓެލާ ޓެންޑޮން ގްރާފްޓެވެ. މީގެ ކުރިން އޭނާ ވަނީ ކަނާތު ކަކުލުގެ އޭސީއެލް ކަނާތު ހޭމްސްޓްރިންގް ބޭނުންކޮށްގެން އޮޕަރޭޝަން ކޮށްފަ އެވެ. އަދި އޭސިއެލް އަނެއްކާ އިރައިގެންދިއުމުން ވާތުފައިގެ ހޭމްސްޓްރިންގް ބޭނުންކޮށްފައިވާކަމަށް މި އޮޕަރޭޝަން ކުރެއްވި ޑރ. ކަނިރާޖު ވިދާޅުވި އެވެ.
އޭސީއެލް ރަނގަޅު ކުރުމުގެ ސާޖަރީ އާއްމުކޮށް ހަދާނީ ފައިގެ ފަލަމަސްގަނޑުގެ ފަހަތުގައި ހުންނަ ޓެންޑަންސް (ހޭމްސްޓރިންގް ގްރާފްޓް) ބޭނުންކޮށްގެންނެވެ. ތަކުރާރުކޮށް މި ސާޖަރީ ހަދަން ޖެހިއްޖެ ނަމަ ހަދާނީ ބޯން ޕެޓެލާ ގައި ހުންނަ އެންމެ ވަރުގަދަ ލިގަމެންޓް ބޭނުންކޮށްގެންނެވެ. ލިގަމެންޓަށް ތަކުރާރުކޮށް އަނިޔާލިބިފައިވާ މީހުންނަށް އޭސިއެލް ހެދުމުގައި ބޭނުންކުރެވޭނީ ބޯން ޕެޓެލާ ޓެންޑޮން ގްރާފްޓެވެ. މިއީ އޭސިއެލް ރަނގަޅު ކުރުމަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ ގްރާފްޓެވެ.
ކަށީގެ އޮޕަރޭޝަނަށް ހާއްސަ ވިސިޓިން ކޮންސަލްޓަންޓް ޑރ. ކަނިރާޖް މަރިމުތު ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިމަހު ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވަނީ 6 އިން 12 އަށެވެ.
ޓްރީ ޓޮޕް ހޮސްޕީޓަލުގެ އޯތޯޕީޑިކް ސްޕެޝަލިސްޓުންނަކީ ތަޖުރިބާކާރު މާހިރުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ހޮސްޕިޓަލުންދޭ ފަރުވާތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށް 3351610 ގުޅުއްވާ ނުވަތަ [email protected] އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮތިމާލި
11 May 2022
ތީބޭކާރުކަމެއް ފަޒީ ހިޖާމާއިން ތިކަން ނިންމާލާނެ 30 މިނެޓްތެރޭގަ 2000ރ އަށް