ރާއްޖޭގެ ފާތިމާތު ދީމާ އަލީ ކުޅުނު މެޗެއްގައި މޮޅުވުމަށް ފަހު އުފާފާޅު ކުރަނީ: އޭނާ ވަނީ ކެޑޭޓް އަދި ޖޫނިއާ ބައިން ވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 މެއި 2022 - 22:27
ރާއްޖޭގައި މިހާރު ކުރިއަށްދާ، ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސިންގަލްސް ދެ ކެޓަގަރީން ވެސް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ޓީމު އަދި ޑަބަލްސް އިވެންޓްތަކުގެ ނާކާމިޔާބަށް ފަހު ސިންގަލްސް މެޗުތަކުގައި ދީމާގެ އިތުރުން ޖޫނިއާ ބައިގައި ވާދަކުރި އައިޝަތު ރަފާ ނާޒިމު ވެސް ވަނީ ކުރި އެރުން ހޯދައިފަ އެވެ.
ޖޫނިއާ ބައިގެ އެއްވަނަ އަށް ދީމާ ދަތުރު ކުރީ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. ޖޫނިއާ ބައިގެ ދެ މެޗުން ވެސް ސީދާ ތިން ސެޓުން އޭނާ ކާމިޔާބު ކުރި އެވެ. އަދި ކެޑޭޓް ބައިގެ ކުއާޓާގެ ޖާގަ ޔަގީންވި ނަމަވެސް އެހެން ކުޅުންތެރިންގެ މެޗުތައް ހުރުމުން ދީމާ މަގާމު އަދި ކަށަވަރެއް ނުވެ އެވެ. ޓީމު އިވެންޓްގެ ސިންގަލްސް މެޗުތަކުގައި ކުޅުނު ހުރިހާ މެޗުތަކެއް ކަހަލަ ގޮތަކަށް ދީމާ ކާމިޔާބު ކުރި އެވެ.
ޖޫނިއާ ބައިގައި ވާދަކުރާ ރާއްޖޭގެ ރާފާ ނާޒިމު މެޗު ކާމިޔާބު ކުރުމަށް ފަހު އުފާފާޅު ކުރަނީ: އޭނާ ވަނީ ސިންގަލްސް ބައިގައި ޕާކިސްތާންގެ ކުޅުންތެރިޔާ ބަލިކޮށްފަ: އޭނާ އަދި ކުޅުނީ ސިންގަލްސް ބައިގެ އެންމެ މެޗެއް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސިންގަލްސް ބައިގައި ރަފާ ކުޅުނީ އެންމެ މެޗެކެވެ. ޕާކިސްތާންގެ ހައިކާއާ ވާދަކޮށް ރާފާ މޮޅުވީ ފަހަތުން އަރައި 3-1 ގޭމުންނެވެ. ކެޑޭޓް ބައިގައި ވެސް ރާއްޖެ ބަލިކޮށް ފައިނަލަށް ދަތުރު ކުރި ޕާކިސްތާންގެ އަންހެން ޓީމުގައި ހިމެނޭ ހައިކާ ވަނީ ރަފާ އާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށްފަ އެވެ.
ސިންގަލްސްގައި ކުޅުނު ރާއްޖޭގެ ފިރިހެން ޓީމުގެ ކުޅުންތެރިންނަށް ކާމިޔާބެއް ނުލިބުނެވެ.
މުބާރާތުގެ ޓީމު އިވެންޓްގެ ތިން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިންޑިއާ އެވެ. ކެޑޭޓް ކެޓަގަރީގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ފައިނަލުގައި ވެސް އިންޑިއާ ވާދަކުރީ ޕާކިސްތާނާ ދެކޮޅަށެވެ. އިންޑިއާ ވަނީ ދެ މެޗު ވެސް ސީދާ ތިން ގޭމުން ކާމިޔާބު ކޮށްފަ އެވެ. ޖޫނިއާ ބައިގައި އަންހެން ފައިނަލުގައި ލަންކާ އާ ވާދަކޮށް އިންޑިއާ ކާމިޔާބު ހޯދީ 4-1 ގޭމުންނެވެ.
ޖޫނިއާ ބައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝް އެވެ. ފައިނަލުގައި ސްރީ ލަންކާއާ ވާދަކޮށް 3-2 ގޭމުންނެވެ. މުބާރާތުގެ އެންމެ ފަހު ދުވަހަކީ މާދަމާ އެވެ. މުބާރާތް ނިންމުމްުގެ ރަސްމިއްޔާތު މާދަމާ ހަވީރު އޮންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލ.އަތޮޅު
11 May 2022
ދުނިޔޭގެ ފެންވަރުގަ ފަހަތުން ގުނާލެވޭ ކުޅިވަރުތަކުގައި ފައިވިއްދާ މުޅި ޔޫތް މިނިސްޓްރީއާއި ސަރުކާރު ދުވުމަށްވުރެ ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ ލެވެލްއެއްގައި އެންމެ ގިނަމީހުން ބަލާ ކުޅިވަރެއްގައި ރާއްޖެއަށް ރީތި ނަމެއް ލިބޭތޯ ބަލާބަލަ...އަހަރެން ގަބޫލުކުރަން އެކުދިންގެ ހިއްވަރު، ތިޔަކުދިއްނަށް މަރުޙަބާ، އެކަމަކު އެއީ އެކުދިންގެ ކެރިއަރު، އެކެރިއަރު ގަމުގެ ކެރިއަރަށް ނުވިސްނަމާތޯ، އެހެއްނޫނީ ގައުމުދާނީ ކުޅިވަރުގަ ފަހަތަށް....
ޙިނި
11 May 2022
މަރުހަބާ ދީމާ، ވާލްޑް ކުލާސް އެތުލީޓެއް
މޫސަބޭ
11 May 2022
ސާބަހޭ ދަރިންނޭ! ސާބަހޭ!
ށަވިޔަނި
11 May 2022
ދެކުދިން ތި ހޯދާ ކާމިޔާބީ ދެކެ ދިވެހި ގައުމު ފަޚުރުވެރިވޭ. ދެކުދިންނަށް ތަހުނިޔާކިޔަން. އިތުރު ކާމިޔާބީތަކަށް އެދެން.
ޑިމްޑިމް
11 May 2022
ދީމާގެ ކުޅުން ވަރަށް މޮޅު މާޝާﷲ ކޮންފަދަ ނަލަ ހުނަރުވެރިކުޅުމެއް އެފެންނަނީ ރަފާވެސް ވަރަށް މޮޅު ޖުމްލަކޮށް ދިވެހި ޓީމުގެ ހުރިހާ ކުދިންވެސް މޮޅު ކުދިކުދި ތަންތަންކޮޅު ރަގަޅުކޮށްލަން ޖެހެނީ
ޒުހުރީބެ
10 May 2022
މަރްހަބާ ދީމާ…ޓީޓީ އައްޔްގެ ޓީމް އަށް މަރްހަބާ….މޫސަ ބެޑްމިންޓަން ކަހަލަ އަމިއްލަ ޖީބް ބޮޑު ކުރަން އުޅޭ މީހުން ދަސްކުރަންވީ މީހުންނާއި ގުޅިގެން ކަންކަން ކުރުމުން ކަން ކާމިޔާބު ވާނީ…
ގައުމީމާ
10 May 2022
ދީމާ ،ގައުމީމާ
ބޮކިފުރާޅު ޢީސާ
10 May 2022
ފުޓުބޯޅަ އުވާލާފާ ރާއްޖޭގެ ކުރިއަރުވަންވީ މިފަދަ އިންޑިވިޖުއަލް ކުޅިވަރުތައް. ގިނަކާމިޔާބުތައް ރާއްޖެއަށް ލިބިފާހުރީ މިފަދަކުޅިވަރުތަކުން. ދީމާ ޒިންދާބާދް! ރަފާ ޒިންދާބާދް!
މޫސަބޭ
11 May 2022
ފުޓުބޯޅަ އުވާލައިގެނެއްނުވާނެ. މިކަހަލަ "މަމޮޅުނުވާ" ތަޢުލީމީ އަމިއްލަވަނތަކަމެއް ހުންނަ ޅަދަރީންތަކެއް ތައްޔާރުކޮށް ތިމާމޮޅުނުވެ ޓީމެއްގެގޮތުގައި މަސައްކަތްކުރަން ދަސްކޮށްދޭންވީ.