އައްޑޫ ލިންކް ރޯޑް.
11 މެއި 2022 - 12:54
އައްޑޫ ލިންކް ރޯޑުގައި ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން ކަނޑައަޅާފައިވާ ސަރަހައްދުގައި ހެލްމެޓް ނާޅައި ދުއްވާ މައްސަލަތަކާއި ހެލްމެޓް އެޅިޔަސް ގަވާއިދަށް ނުފެތޭ ގޮތަށް ހުންނަ ހެލްމެޓް އަޅާތީ އެކަންކަން ބަލަން ފަށަން ފުލުހުން ނިންމައިފި އެވެ.
ފުލުހުން ބުނީ ގަވާއިދަށް ނުފެތޭ ހެލްމެޓް ބޭނުންކުރަނީ އެކަން އޮންނަ ރަނގަޅު ގޮތް ނޭނގޭތީ ކަމަށް ދެކޭ ކަމަށާއި ސެޕްޓެމްބަރު 1 އިން ފެށިގެން ހެލްމެޓާ ގުޅޭ ކަންކަން ތަންފީޒުކުރަން ފަށާނެ ކަމަށެވެ.
އެހެންވެ ގަވާއިދުގައި ބުނާ ހެލްމެޓް ހޯދުމަށް ފުރުސަތު ދިނުމުގެ އިތުރުން އެކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މި މަހުން ފެށިގެން ސެޕްޓެމްބަރާ ހަމަޔަށް ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އެ ޕްރޮގްރާމުގެ ބޭނުމަކީ ހެލްމެޓް އެޅުމަށް އައްޑޫގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ދުއްވާއިރު ބޭނުން ކުރަނީ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ހެލްމެޓުކަން ކަށަވަރުކޮށް އެކަން ސެޕްޓެމްބަރު 1 އިން ފެށިގެން ތަންފީޒުކުރަން ކަމަށް ވެސް ފުލުހުން ބުންޏެވެ.
We advise everyone to respect the law and wear the correct types of helmets. The poster below shows some types of helmets that do NOT fit the regulation. 2/2#TrafficPolice pic.twitter.com/kDCWZwLjam
— Maldives Police (@PoliceMv) December 6, 2019
ގަވާއިދަށް ނުފެތޭ ބައެއް ހެލްމެޓްތަކުގެ ފޮޓޯތަކެއް ފުލުހުންގެ ޓްވީޓަކުން ބުނެދީފައި
ފުލުހުން ބުނީ އައްޑޫގެ ލިންކް ރޯޑަކީ ނުރައްކާތެރި އެކްސިޑެންޓް ގިނަ، ބާރު ސްޕީޑުގައި ސައިކަލާއި އެހެން ވެހިކަލްތައް ވެސް ދުއްވާ މަގެއް ކަމަށާއި އެ މަގުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކްސިޑެންޓްތައް މަދުކުރުމަށް އެ ހިދުމަތުގެ ފަރާތުން އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަމަށާއި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކަށް ހާއްސަ ޓްރެފިކް އޮޕަރޭޝަންތަކާއި މީހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރި ކުރުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސައުތު ޕޮލިހުގެ ފަރާތުން ރޯޑް ޕޮލިސްއާ އެކު "ޒިރޯ ޑެތު" ޕްރިވެންޝަންގެ ނަމުގައި ކުރިއަށް ގެންދާ އެ ހަރަކާތަކީ މަގުމައްޗަކީ އެންމެނަށް ވެސް ރައްކާތެރިތަނެއްގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ހިންގާ ހަރަކާތެކެވެ.
ފުލުހުން ބުނީ މަގުމަތީގެ ރައްކާތެރިކަން ހޯދައިދިނުމަކީ ފުލުހުން އަބަދުވެސް އިސްކަންދީގެން މަސައްކަތްކުރާ އެއް ދާއިރާ ކަމަށެވެ.
ފުލުހުންގެ އިދާރާއިން 2022-2023 އަށް ކަނޑައެޅި އޮޕަރޭޝަނަލް ޕްރިއޮރިޓީސްގައި ޓްރެފިކް މެނޭޖްކުރުމުގައި ފުލުހުންގެ ދައުރު ފުޅާކުރުމަށް ކަނޑައަޅާފައިވާ ޕްރައޮރިޓީސްގެ ދަށުން "ޒީރޯ ޑެތު" އަށް އަމާޒުކޮށްގެން އެވެއާނެސް އަދި ޕްރިވެންޝަން ހަރަކާތް ކުރިއަށް ގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާމީރު
11 May 2022
އަދި އަވަސް.
މީރުމާ
11 May 2022
ްްއަސްލުވެސް ތެދެއް. މާބޮޑަށްވެސް އަވަސް.
ޑޮކްޓާރ. ބަނާނާ
11 May 2022
ބައެއްމީހުން އެބަފެނޭ ހެލްމެޓް ގެ ބަދަލުގައި ސޭފްޓީ ހެލްމެޓް އަޅައިގެން ދުއްވާތަން.. ތިޔައީ ހަމަ ކޮންމެހެން ފުލުހުން ކުރަންޖެހޭކަމެއް..
ހާމަ333
11 May 2022
ފުރަތަމަ ތިބުނާ ޒާތުގެ ހެލްމެޓް އައްޑޫން ލިބޭކަށެއްނެތް...ދެން ތިޔަ އިއުލާން ކުރާއިރަށް ގެނެސް ބޮޑުއަގުގަ ވިޔަފާރިވެރިން ވިއްކާނީ...އެމީހުނަށް ހޯދާދެވޭ މާލީ ބޮޑު މަންފާއެއް...ބާރު ސްޕީޑުގަ ދުއްވަނީ ގޭންގު ޕާޓޭން...އެކަން ހުއްޓުވަން ފުލުހުން ވަނީ ނުކުޅެދިފަ..ދެންވެސް ދާނީ އެއިން ބަޔަކު ހެލްމެޓްނާޅާ...މިގައުމުގަ މައްސަލައަކީ ނަމެއްގަ ކަންކުރުން....ޓްރެފިކް ގަވާއިދު ފިއްތައިގެން ފުލުހުން ނިކުމެ ރައްޔިތުން ފެލުން...ހަމައެކަނި ފުލުހުން ތަންފީޒުކުރަން ނިކުންނަންވީ ޓްރެފިކް ގާނޫނުތޯ...ސިގިރެޓް ހެޔޮ ފުލުސްމީހާ ކުރިމަތީ މަނާ ބޯޑުދަށުގަ އިދެގެން ބިއަކަސް....މިހުންނަނީ ކޮސްކަންތައް...
އަލިފުޅު3
11 May 2022
މުށިމަސް ބާނަން ގޮނޑުދޮށަށް ފޮނުވަންވެސް ކަމުނުދާ ބަޔަކަށް ތިޔަކަން ވާނެހެން ހިއެއް ނުވޭ! ފިސާރި ތެދެއް ބުނަމެވެ. ތިޔަ މުއައްސަސާ އިން ގެންގުޅޭ ކުލަ ފެނުނަސް ހޮޑުލަވައެވެ.
ޑޮކްޓާރ. ބަނާނާ
11 May 2022
އަލިފުޅާ ހާދަ ކޯފާ އިސްވެފަ ތި ހުންނެވީ ..މިހާރު ހޯމްސްޓޭ އައުމުން ތިޔާ ވިދާޅުވާ މުށިމަހެއް ގޮޑުދޮށެއް ނޯވޭ... ..މިހާރު އަހަރެމެން ކާންދީ އޮޅުކޮށްގެން ގޭދޮށަށް މިޔަރު ގެނެސް ގެސްޓުން ނަށް ދައްކާފަ ޕައުންޑް އޮހެނީ..