ޝެފް ސްޓީވަން ރިސޯޓުތަކުގެ ޝެފުންނާއި އެކު - ފޮޓޯ:ބީބީއެމް
16 މެއި 2022 - 14:29
ދެ ހަފްތާގެ ޓްރެއިނިން ސެޝަންތަކަކާއި ޑެމޯތަކެއް ދައްކާލުމަށް އައިރެކްސްގެ ތަޖުރިބާކާރު ޝެފް، ސްޓީވަން ސެލަވަމުތު ރާއްޖެ އައިސްފައިވާ ކަމަށް ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) ބުނެފި އެވެ.
ޝެފް ސްޓީވަން ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ އެކި ރިސޯޓުތަކުގެ ޝެފުންނާއި އެފްއެންބީ ސަޕްލަޔާއެއް ކަމަށްވާ ހޮރެކާ އާ އެކު ވެސް ތަޖުރިބާތައް ހިއްސާކޮށްފައި ކަމަށް، އައިރެކްސްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާ ބީބީއެމް އިން ބުނެ އެވެ.
ޝެފް ސްޓީވަން އަކީ ބޭކިން އަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ތައްޔާރު ކުރާ ޖަރުމަނުގެ ކުންފުނި އައިރެކްސްގެ ޓެކްނިކަލް އެޑްވައިޒަރެވެ. އައިރެކްސް އަކީ ދިވެހި ޝެފުންގެ މެދުގައި މަގުބޫލު އިތުބާރު ހޯދާފައިވާ ބްރޭންޑެކެވެ. އައިރެކްސް އިން ރާއްޖެ އަށް އެ ކުންފުނީގެ ބާވަތްތައް އެތެރެކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، ރާއްޖެ އަށް އެތެރެކުރާ ބައެއް ބާވަތްތަކުގެ ތެރޭގައި ޕާނާއި ރޯލްސް ތައްޔާރު ކުރުމަށް ބޭނުންކުރާ ތަކެތި ވެސް ހިމެނެއެވެ. އައިރެކްސްގެ ޕްރޮޑަކްޓުތައް 90 އަށް ވުރެ ގިނަ ގައުމުގައި އަންނަނީ ބޭނުން ކުރަމުންނެވެ.
އައިރެކްސްގެ ފަރާތުން ރާއްޖޭގައި ކުރިއަށް ގެންދާ މި ޓްރެއިނިން ސެޝަންތަކާ އެކު ކުރިއެރުން ލިބޭނެ ކަމަށް މި ސެޝަންތަކުގައި ބައިވެރިވާ ޝެފުން ވަނީ ބުނެފައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
17 May 2022
ފޮޓޯގައި ހުސް ބޭރު ޝެފުން، ދިވެހި ޝެފެއް ނެރީތޯ ރިށޯޓުގައި،