ވިޔަފާރި / އެމްޕީއެލް

އެމްޕީއެލްއަށް އޮރެކަލް ކްލައުޑް، ސީއީއޯ ވިދާޅުވީ ޚިޔާނާތަށް ފުރުސަތު ކުޑަވާނެ ކަމަށް

އެމްޕީއެލް އިން އޮރެކަލް ކްލައުންޑް މެދުވެރިކޮށް އެ ކުންފުނީގެ ހިދުމަތްތައް ދޭން ފެށުމުން މަސައްކަތް ކުރުމުގައި ދެ ފުށް ފެނި ހިޔާނާތުގެ އަމަލުތައް ހުއްޓުވޭނެ ކަމަށް ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގެ އެތެރޭގެ ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ދޭ ގޮތަށް ބަދަލުކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ، އޮރެކަލް ކްލައުޑްގެ ތެރެއިން ހިދުމަތްތައް ގުޅާލުމުން އެ ކުންފުނީގެ މާލީ ކަންކަމާއި ޕްރޮކިއުމަންޓްގައި ވެސް ހަރަދު ކުޑަވާނެ ކަމަށެވެ.

"މި ބަދަލާ އެކު އަޅުގަނޑުމެންގެ ކުންފުނީގެ ނަޒާހާތްތެރިކަން އިތުރުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްގައި 2020 ވަނަ އަހަރު ހިނގި ތެލުގެ ވިޔަފާރީގެ ބޮޑު ކޮރަޕްޝަން ފަދަ ކަންކަން ހުއްޓުވުމަށް އޮރެކަލް ކްލައުންޑަކީ އެހީއަކަށް ވާނެ އެވެ.

ޝާހިދު ވިދާޅުވީ، މި ސިސްޓަމުގެ ތެރެއިން އެމްޕީއެލްގެ މާލީ މައުލޫމާތު ރައްކާކުރެވި، އެ ކުންފުނީގެ ޕާފޯމެންސް މޮނިޓަކޮށް އޮޑިޓްކުރާ ފަރާތްތަކަށް ވެސް މައުލޫމާތު ހޯދަން ފަސޭހަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެތެރޭގެ މަސައްކަތްތައް ކުރުން ފަސޭހަވެގެން، އަވަސްވެގެން ދިޔައިމަ އަޅުގަނޑުމެން ހިދުމަތްދޭ ކަސްޓަމަރުންނަށް އަޅުގަނޑުމެންނާ އެކު މަސައްކަތްކުރާ ޝިޕިން ލައިންތަކަށް، ކޮންސައިނިން އަށް ފޯރުކޮށްދޭ ހިދުމަތް އަވަސްވާނެ،" އޭނާ ވިދާޅުވި އެވެ.

11 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަޕްޓް ހާއްޔެއް

25 May 2022

ތި އެމްޕީއެލްގެ ޗީފް އައިޓީ އަކީ ވަރަށް ކޮރަޕްޓް މީހެއް. އޭނާ އަށް އިނގޭނެ ފައިސާ ހަދާނެގޮތް. މޮޅެތި ނަންނަމުގަ އައިޓީ އަށް ބޮޑެތި ޚަރަދު ކުރުވާ މީހެއް. އެސޮރަށް އަދި ދުބާއީ ދަތުރުވެސް ދޭންޖެހޭނެ ޓްރޭނިންގ އެކޭ ކިޔާގެން. ބަލާ ތި އޮރެކަލް ރީސެލާރ އަކީ ކޮންބައެއްތޯ ދެން އެތަނުގެ ކޮރަޕްޝަން ޕްރޮފައިލް އެސީސީ އަށް ގޮސް.

The name is already taken The name is available. Register?

ޗެންޗޭނު

25 May 2022

މައިކުރޯސޮފްޓާއި މިކަހަލަ ޒާތްޒާތުގެ ސޮފްޓުވެއާ ކުންފުނިތަކުގެ މިސަރަހައްދު ކޮންޓުރޯލުކުރަނީ އިންޑިއާމީހުން. މިކަހަލަ ސޮފްޓްވެއާތައް ބޭނުންކުރީމަ ވާގޮތަކީ ތަނުގަ ހިނގާ ހުރިހާ ފައިސާގެ މުއާމަލާތްތަކާއި ސަޕްލަޔަރުންގެ ހުރިހާ މައުލޫމާތަކާއި ކޮން ސަޕްލަޔަރެއްގެ އަތުން ގަންނަނީ ކޯނޗެއްކަމާއި މިހުރިހާ މައުލޫމާތެއް އެލިބެނީ އިންޑިއާއަށް.

The name is already taken The name is available. Register?

ސޮފްޓް

25 May 2022

ދެއިރު ދެދަޅައަށް ސޮފްޓްވެއަރ ބަދަލުކުރަނީ ސޮފްޓްވެއރގެ ސަބްސްކްރިޕްޝަން ތަކުން ކަޓު ނަގަންވެގެން. އަހަރެއްގެ މައްޗަށް ތީ އެތައް މިލިއަން ރުފިޔާއެއް.

The name is already taken The name is available. Register?

ކޮރަލް

25 May 2022

ވެރިންގެ ތެރެއިން ބަޔަކު ކުރާ ކަމެއް އެމީހުން ވަޒީފާ އިން ވަކި ނުކޮށް ނުހުއްޓު ވޭނެ އެވެ.

The name is already taken The name is available. Register?

ށަވިޔަނި

25 May 2022

އޮރެކަލް އަދި އެހެން ކަލަކުންވެސް ޚިޔާނާތް ނުހުއްޓުވޭނެ. ޚިޔާނާތްވެސް ހުއްޓޭނީ މީހުން އިޚްލާޞްތެރިވުމުން. އަމާނާތްތެރިވުމުން. ތެދުވެރިވުމުން. މިކަންކަން އުފަންވާނީ ﷲ އަށް ބިރުވެތިވުމުން.

The name is already taken The name is available. Register?

ޠޔޔޔ

24 May 2022

މެގަ ޗިޕައް ލާތިގަނޑެއް ދިނީ ދޯ..

The name is already taken The name is available. Register?

ނާޗަރަންގީ

24 May 2022

އޮރަކަލް އާއި ހަމަޔަށް ދާނީ އެހިސާބަށް ފޮނުވި އެއްޗެއްނު. އޭގެ ކުރިން ހާވާ ހަޑި ހުއްޓޭނީ މިނިވަން އިޚުލާސްތެރި ވެރިން ތިބެގެން.

The name is already taken The name is available. Register?

ބޮޑުމީހާ

24 May 2022

ޔަގީން ފުރަތަމަ ތި ސޮފްޓްވެއަރ ހޯދާފަ އޮންނާނީ ކޮންމެވެސް ކޮރަޕްޝަނަކުން ނޫނީ ނުފޫޒަކުން. ދެން އެހެން ނުވެވެސް ހިގައިދާނެ. ގައުމުގަ އާއްމުކޮށް ކަންތައްތައްވެފަ ހުންނަގޮތްމީ

The name is already taken The name is available. Register?

48343

24 May 2022

އެހެންވީމާ ތީ ވަގުހޯދާ ސިސްޓަމެއްތާ. ޔައުގޫބަށް ތީގެ ޚަބަރު ލިބިފާވޭބާ؟

The name is already taken The name is available. Register?

މުނާޒިލް

24 May 2022

އެކަން ވާނެ، މިކަން ވާނެ. ތިހެން ކިޔާ ނިންމާލީމާ ތީގައި ވެސް ގޯސް އުޅޭކަން އެނގޭ. އޮރެކަލް ކްލައުޑްގެ ސަބަބުން ހިޔާނާތް ހުއްޓުވާ، ހަރަދު ކުޑަވޭ، ނަޒާހާތް އިތުރުވޭ، ކޮރަޕްޝަން ހުއްޓޭ. މިއީ ހުސް ޖޯކު. މަސައްކަތް ފަސޭހަވެ، ޚިދުމަތް ރަނގަޅުވެދާނެ. އެވެސް ތިތާ މީހުން ކުރިއްޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454