.
25 މެއި 2022 - 06:50
އެކްޓިން ކެރިއަރު ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޮސްކާ އެވޯޑު ހޯދި ޖެނިފާ ލޯރެންސަށް ލިބުނީ ފިރިހެން ކުއްޖެއްކަން "އޮޅިގެން" ބުނެވިއްޖެ އެވެ.
ޖެނިފާ އާއި އޭނާގެ ފިރިމީހާ ކުކް މަރޯނީ އަށް ކުއްޖަކު ލިބިފައިވާ ކަން އިއުލާނުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގަ އެވެ. ނަމަވެސް ދެމީހުންނަށް ލިބުނީ ކޮންކަހަލަ ކުއްޖެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
އަދި އާއިލާގެ ކަންތައް ވީހާ ވެސް މީޑިއާ އާ ދުރުގައި ބޭއްވުމަށް ބޭނުންވާ ކަމަށް ބުންޏެވެ. ނަމަވެސް ކުއްޖާގެ ޖިންސު އެނގުނީ އަންގާރަ ދުވަހުގެ ރޭ، އެލެން ޝޯގެ ތެރޭގަ އެވެ.
Jennifer Lawrence used to imagine I was interviewing her when she sat on the toilet. pic.twitter.com/yJ2iY6YC9u
— Ellen DeGeneres (@TheEllenShow) May 23, 2022
އެ މައުލޫމާތު ހިއްސާކޮށްފައިވަނީ އެލެން އަށް އޮޅިގެންނެވެ. މިކަމާ ބެހޭ ގޮތުން ޖެނިފާ އިތުރަށް އެއްޗެކޭ ނުބުނެ އެވެ.
އެ މީހުންނަށް ކުއްޖަކު ލިބުނީ ކައިވެންޏަށް ދެ އަހަރު ފަހުންނެވެ. ރޯޑް އައިލެންޑުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ޖެނިފާ އާއި ކުކް ކައިވެނިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝަރީފާ
25 May 2022
ވަރަށް މުހިއްމު ވާހަކައެއް.