އެމްއައި ކޮލެޖުން ވަނީ ތައުލީމީ ދާއިރާ އާއި ބެހޭ ސާވޭ އެއް ފަށާފަ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
25 މެއި 2022 - 17:00
ތައުލީމީ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެ ކަންކަމަށް ބަލައިގެން ކޯސްތައް ފަރުމާކުރުމުގެ މަގްސަދުގައި ސާވޭއެއްކޮށް އެ ސާވޭގައި ބައިވެރިވާ މީހުންގެ ތެރެއިން ހޮވޭ ބަޔަކަށް އަގު ހުރި އިނާމުތަކެއް ދޭން އެމްއައި ކޮލެޖުން ނިންމައިފި އެވެ.
ކޯސްތައް ފަރުމާކުރުމުގައި ބަލާނެ ކަންކަން ދެމެގަތުމުގެ އިތުރުން ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ތަރައްގީކޮށް، ދަރިވަރުންނަށް ބޭނުންވާ ކަންތައްތައް ދެނެގަތުމަކީ ވެސް މި ސާވޭގެ މަގްސަދެކެވެ.
އޮންލައިންކޮށް ކުރިއަށް ގެންދާ މި ސާވޭއިން ތިން ވަނަ އަށް ދާ ފަރާތަކަށް އެޕަލް އެއާ ޕޮޑް، ދެ ވަނަ އަށް އެޕަލް އައިޕެޑް ޕްރޯއެއް އަދި އެއް ވަނަ އަށް ދާ ފަރާތަކަށް އެޕަލް އައިފޯން 13 ޕްރޯ މެކްސްއެއް ދޭނެ އެވެ.
ފޮޓޯގައިވާ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ސާވޭގަ ބައިވެރިވެވޭނެ.
މިހާރުވެސް ކުރިއަށްދާ މި ސާވޭ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
އެމްއައި ކޮލެޖުގެ 16 ބްރާންޗެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގަ ހުރި އިރު، އެކި ލެވެލްތަކުގެ ގިނަ ކޯސްތަކެއް ހިންގަ އެވެ. އެ ކޮލެޖުން މިހާރު އަންނަނީ ޖޫން އިންޓޭކުގެ އެޕްލިކޭޝަންތައް ބަލައިގަންނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy