ހުޅުދުއްފާރުގެ ރަށްގިރުމުގެ މައްސަލަ މާ ބޮޑުވެ، އެ ރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ/ ހުޅުދުއްފާރު ކައުންސިލް
26 މެއި 2022 - 10:08
ރ. ހުޅުދުއްފާރުގެ ރަށްގިރުމުގެ މައްސަލަ ބޮޑުވެ، ރަށުގެ ބޮޑުބައެއް ގިރަމުންދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ރަށު ކައުންސިލްގެ ފޭސްބުކް ޕޭޖުގައި އެ ކަމުގެ ކަންބޮޑުވުން ހާމަކޮށް ބުނެފައި ވަނީ ހުޅުދުއްފާރުގެ ބޮޑު ބައެއް ގިރަމުން ގޮސް މިހާރު ވަނީ ގިނަ ރުއްގަސްތަކެއް ވެއްޓި، ރަށް އިތުރަށް ގިރައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ހުޅުދުއްފާރު ކައުންސިލުގެ ރައީސް މުހައްމަދު އާތިފް "މިހާރު" އަށް މިއަދު ވިދާޅުވީ ކޮންމެ ހުޅަނގު މޫސުމެއްގައި ވެސް ރަށްގިރުމުގެ މައްސަލަ ބޮޑު ކަމަށެވެ. އަދި މި އަހަރުގެ ހުޅަނގު މޫސުމާ ދިމާކޮށް ވެސް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެ، އެ ކަންބޮޑުވުން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުއްދުއްފާރުގެ ގިރާ ސަރަހައްދު: އެ ރަށް ގިރުމުގެ މައްސަލަ އަށް ހައްލެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ/ ކައުންސިލް
"މިދިޔަ އަހަރު ވެސް މި އަހަރު ވެސް ބަޖެޓުގައި ހިމަނައިފަ މި މަސައްކަތް އޮތީ. އެކަމަކު އަދިވެސް އަމަލީ މަސައްކަތް ފެށޭ ތަނެއް ނުފެނޭ. އެކަމާ ގުޅުން ހުރި މައުލޫމާތެއް ނުލިބޭ. އަޅުގަނޑުމެން މިކަމުގެ މައުލޫމާތު ހޯދަން ޕްލޭނިން މިނިސްޓްރީ އަށް ފޮނުވި ސިޓީ އަށް ވެސް ޖަވާބެއް ނުލިބޭ،" އާތިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅަނގު ފަރާތުން 150އެއްހާ ފޫޓު މިހާރު ވަނީ ގިރާލައިފަ އެވެ. އަދި އަވަސް ހައްލެއް ނުހޯދައިފި ނަމަ އެއަށްވުރެ ވެސް މާ ބޮޑު ބައެއް ގިރައިގެން ދިއުމަކީ އެ ކައުންސިލުގެ ކަންބޮޑުވުމެކެވެ.
ރަށްގިރުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަަކަކަށް ދިމާވެފައިވާ މައްސަލަ އެކެވެ. މިކަމަށް ހައްލު ހޯދުމަށް ސަރުކާރުން މި އަހަރު ވެސް އެކި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާވިސްނޭ
28 May 2022
އަދިވެސް ގަދަ ވެފަ އީއައިއޭ އާ މުންޖާ ނަހަދާ ތިކަން ކުރޭ
ސައުތުކޮސް
27 May 2022
ސަނާލު ވާންޖެހޭ ކަންކަން ދެކުނު ނިޒާރު ހިތަދޫ ބިންހިއްކަން ފޫގަޅާފަ ވާއިރު ހިތަދޫ އަކީ ނާޒުކު ސިފަތަކެއް އޮތް ތަނެއް.
ބޮޑުމީހާ
26 May 2022
ހުޅުމާލެ، މާލެ ނުގިރާ. ރާއްޖޭގެ ކޮންމެ ރަށެއް ތަރައްގީއެއް ނުކުރެވޭނެ. މިވަރު ވެރިންވެސް ރައްޔިތުންވެސް ދަނެ ވަގުތު ފާއިތު ނުވަނީސް އަތޮޅަކުން 1 ރަށް ނަމަވެސް ސޭފް އައިލެންޑް ގޮތަގަ ތަރައްގީކޮށް އެންމެން ބަދަލުވާންވީ. ރާއްޖޭގެ ދިގު ތާރީހުގައި މިހާތަނަށް ހުރިހާ ރަށެއް ތަރައްގީކުރަން ކިޔައިގެން އެއްވެސް ތަނެއް ތަރައްގީއެއް ނުވޭ
ޕޮގުބާ
26 May 2022
ބަޖެޓްގަ ހިމެނިޔަސް ވައޑޭބުނީ ރަށްގިނާނެ ހިމަނާފަ އިންނާނީ
ފަގުޑި
26 May 2022
ތި ގިރާފައޮތް ސަރަހައްދުގެ ފޮޓޯއާއި ވީޑިޔޯނަގާފަ ޔޫރަޕުގެ ގައުމުތަކައް ފޮނުވާ. ބުނޭ މީ ކަލޭމެނާހެދީއޭ..
76543
26 May 2022
ތިރަށު މީހުން ބޮޑުރަށަކައް ބަދަލު ކުރަން ފެނޭ.
ޥެހރހރހރހތ
26 May 2022
ބުރޯ މެޕު ބަލާބަ..
ހަންދަރު ޙަސަނު
26 May 2022
ރަށްތަކާ ކުލުން ނުހުއްތާހާ ހިނދު ގިރުމަށް ނިމުމެއް ނެތް
ހުސެންދީ
26 May 2022
ކަލޭމެން ވޯޓްލައިގެން ވައްޑެ ހޮވީ. ދައުރު ނިމޭ އިރު އެއްވެސް ކަމެއްކޮށްދީފަ އެއްނެތް