ލައިފްސްޓައިލް

އަގްސާ ހުރި ތަނުގައި އެ ބުނާ ފަދަ ހައިކަލެއް ހުރި ކަމަށް ކުރާ ދައުވާގެ ރައްދު (4)

މަސްޖިދުލްއަގްސާ: ސުލައިމާނުގެފާނުގެ ހައިކަލާ ގުޅޭ ގޮތުން، ޝަރުއީ ގޮތުން ބެލިޔަސް އަދި ތާރީހީ ގޮތުން ބެލިޔަސް ސާބިތު ކުރެވެން ނެތް ކަމުގެ ދަލީލުތައް ވަރަށް ގިނަ.

މަސްޖިދުލް އަގްސާ އާއި އެ ތަނުގެ ހަރަމް އެ ވަނީ ސުލައިމާނުގެފާނުގެ ހައިކަލް ތަޅާލައި އެ ތަނުގެ މަތީގައި ބިނާކުރެވިފައި ކަމަށާއި އެހެންކަމުން އެ ހައިކަލް ހޯދައި އަލުން ބިނާކުރަން ޖެހޭ ކަމަށް ޔަހޫދީ ޒަޔޮނިސްޓުން ކުރަމުންގެންދާ ދައުވާ އަކީ ޝަރުއީ އަދި ތާރީހީ ގޮތުން ބެލިޔަސް ސާބިތު ކުރެވެން ނެތް ކަމެކެވެ. އެ ކަމުގެ ދަލީލުތައް ވަރަށް ގިނަ އެވެ. އެ ދަލީލުތައް ބަޔާން ކުރުމަށް ސިލްސިލާއެއްގެ ގޮތުގައި ލިޔުމުގެ ގޮތުން މީގެ ކުރިން ތިން ލިޔުމެއްގައި ވާނީ 12 ދަލީލެއް ބަޔާންކޮށްދީފަ އެވެ. މި ލިޔުމުގައި އިތުރު އެހެން ތިން ދަލީލެއް ގެނެސްދޭނަމެވެ.

13- ތާރީހު އިލްމުވެރިންނާއި ދީނީ އިލްމުވެރިން އެ ވާހަކަ ދޮގުކުރޭ:

މަސްޖިދުލް އަގްސާ ހުރި ތަނުގައި އެ ބުނާ ފަދަ ހައިކަލެއް ހުރި ކަމަށް އެ ބައި މީހުން ކުރާ ދައުވާގެ ބާތިލުކަން ހާމަވާ 13 ވަނަ ދަލީލަކީ، ތާރީހު އިލްމުވެރިންނާއި ދީނީ އިލްމުވެރިން އެ ވާހަކަ ދޮގު ކުރެއްވުމެވެ. "ހަޟާރަތުލް އަރަބް" ގައި ގޮސްޓާފް ލޮބޯން ވިދާޅުވެފައި ވަނީ ހައިކަލޭ ކިޔައިގެން އެ ދައްކާ ވާހަކަ އަކީ ތާރީހީ ގޮތުން ބަލާއިރު ބޮޑު ދޮގެއް ކަމަށެވެ. ހަމަ އެފަދައިން 1969 ގައި ޔަހޫދީން އަގްސާ މިސްކިތް އަންދާލުމުގެ ހާދިސާއާ ގުޅުވައިގެން، ކޮޕްޓިކް ކެތޮލިކް ޕެޓްރިއާކް ކާޑިނަލް ސްޓެފާނޯސް 1 ވިދާޅުވެފައި ވަނީ "އިޒްރޭލުން އަގްސާ މިސްކިތް އަންދާލުން އެއީ މުގައްދަސް ހުރިހާ ފޮތްތަކާއި ހުރިހާ ނުބުއްވަތުތަކަށް ޖެހި ގޮންޖެހުމެއް" ކަމަށެވެ.

އަދި ޔޫލިޔާނޮސްގެ ވެރިކަމުގެ ދުވަސްވަރު ޔަހޫދީން ސުލައިމާނުގެފާނުގެ ހައިކަލު އަލުން އިއާދަކުރަން ކުރި މަސައްކަތްތައް ބިންހެލުމާއި އަލިފާނުގެ ހާދިސާތަކުން ހަރާބު ވެގެންދިޔަ ގޮތް ތާރީހަށް ރުޖޫއަވެ، ދިރާސާކޮށް، އެ އިން އިބުރަތް ހޯދަން ޖެހޭ ކަމަށެވެ.(އަލްއަހްރާމް ނޫސް)

ވީމާ ތާރީހީ ލިޔުންތެރިންނާއި ދީނީ އިލްމުވެރިންގެ މިފަދަ ބަސްތަކުގެ އިތުރުން، ހިނގާފައިވާ ހާދިސާތަކުން ލިބޭ އިބުރަތްތަކުން ވެސް ހާމަވަނީ ހައިކަލޭ ކިޔައިގެން އެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމެވެ. އަދި އެކަން އެގޮތަށް ވާން ﷲ އެ މީހުންނަށް މިންވަރު ނުކުރައްވާ ކަމެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވެސް ﷲ އެ ގޮތަށް މިންވަރު ނުކުރައްވާށި އެވެ!

14- ޔޫރަޕުން ހިޖުރަކުރި ގިނަ ޔަހޫދީންނަކީ ނަސަބުގެ ގޮތުން ފަލަސްތީނުގެ ޔަހޫދީންނާ ގުޅުން އޮތް ބައެއް ނޫން:

ހައިކަލެއް ހުރި ކަމަށް ކުރާ ދައުވާގެ ބާތިލުކަން ހާމަވާ 14 ވަނަ ދަލީލަކީ، ޔޫރަޕުން ހިޖުރަކުރި ގިނަ ޔަހޫދީންނަކީ ނަސަބުގެ ގޮތުން ފަލަސްތީނުގެ ޔަހޫދީންނާ ގުޅުން އޮތް ބައެއް ނޫން ކަމަށް ވުމުން އެ ތަނުގައި ހައިކަލެއް ހުރި ކަމަށް ވިއަސް އެ ޔަހޫދީންނަށް އެ ތަން ހައްގުވާނެ ޒައްރެއްގެ މިންވަރު ވެސް ނެތުމެވެ. އެ ޔަހޫދީންގެ ހަގީގަތަކީ ކޮބައިތޯ ބަލައިލަން ތާރީހަށް ޖެހިލަމާތޯ އެވެ.

ޔަހޫދީންނަށް މިލްކުވާ ކޮންމެވެސް ތަނަކަށް، ޔޫރަޕުގައި އުޅޭ ޔަހޫދީން ހިޖުރަކޮށް، އަމިއްލަ ވަތަނެއް އުފައްދަން ޖެހޭ ކަމަށް ރަޝިއާގެ ޔަހޫދީ ޑޮކްޓަރު ލިއޯބެންސްކަރ މީލާދީން 1881 ގައި ހުށަހެޅި އެވެ. އެ ފިކުރު ވަޅުޖެހިޔަ ނުދީ ދެމެހެއްޓުމަށްޓަކައި އެ އަށް ތާއީދުކޮށް، ޒަޔޮނިސްޓު ހަރަކާތުގެ ބާނީ ތިއޮޑޯ ހާޓްޒަލް ހުށަހެޅީ ފަލަސްތީނުގެ ބިމަށް ޔަހޫދީން ހިޖުރަ ކުރުމަށެވެ. އެއީ ޔަހޫދީންގެ އަސްލު ވަތަނަކީ އެއީ ކަމަށް ބުނެ އެވެ.

އިނގިރޭސީންގެ ތާއީދު އެ ކަމަށް ލިބުމާއެކު، ކާމިޔާބު ވިޔަސް ހަގީގަތުގައި އޭގައި ވަރަށް ބޮޑެތި އޮޅުވައިލުންތައް އެބަހުއްޓެވެ. ސަބަބަކީ ފަލަސްތީނުގައި އުޅުނު ޔަހޫދީންނާއި ޔޫރަޕުން ފަލަސްތީނަށް ހިޖުރަ ކުރި ޔަހޫދީންނާ، ދީނީ ގޮތުން އެއްގޮތްވުން ފިޔަވައި އެހެން އެއްވެސް ގޮތަކުން ގުޅުމެއް ނެތެވެ. އެ މީހުންނަކީ ނަސަބުގެ ގޮތުން ސާމީ ދަރިކޮޅަށް ނިސްބަތްވާ ބައެއް ނޫނެވެ. ވީމާ ފަލަސްތީނުގައި ދިރިއުޅެމުން ގެންދިޔަ، އަދި ނަސަބުގެ ގޮތުން ޔައުގޫބުގެފާނާ ގުޅުން އޮތް، ޔަހޫދީންނަށް ފަލަސްތީނުގެ ބިމުން ހައްގު ކަމަށް ބެލިޔަސް ޔޫރަޕުން ހިޖުރަކުރި ޔަހޫދީންނަށް ފަލަސްތީނަށް އަރައި އެ ތަނުގެ ބިންތައް ފޭރިގަތުމުގެ ހައްގެއް ނޯންނާނެ އެވެ. ސަބަބަކީ ޔޫރަޕުން ފަލަސްތީނަށް އަރައި ތިބި ޔަހޫދީންނަކީ ތާރީހީ ގޮތުން ބަލާއިރު ޔަހޫދީ ވި ތަފާތު އެކި ނަސްލުތަކުގެ މީހުންނެވެ. އޭގެ ތެރެއިން އެއްބަޔަކީ، ކެތޮލިކް ރަސްކަލެއް ކަމުގައިވާ ފެރްޑިނާންޑް، ސްޕެއިން އިން ބޭރުކޮށްލި އެ ރަށުގެ މީހުންގެ ތެރެއިން ޔަހޫދީ ވި ބައެކެވެ.

ވީމާ ތާރީހީ ލިޔުންތެރިންނާއި ދީނީ އިލްމުވެރިންގެ މިފަދަ ބަސްތަކުގެ އިތުރުން، ހިނގާފައިވާ ހާދިސާތަކުން ލިބޭ އިބުރަތްތަކުން ވެސް ހާމަވަނީ ހައިކަލޭ ކިޔައިގެން އެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމެވެ. އަދި އެކަން އެގޮތަށް ވާން ﷲ އެ މީހުންނަށް މިންވަރު ނުކުރައްވާ ކަމެވެ.

އެ މީހުން ފަލަސްތީނަށް ދިއުމުގެ ކުރިން އިޓަލީ އާއި ފްރާންސާއި މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅެމުން ގެންދިޔަ އެވެ. އަނެއް ބަޔަކީ، ރަޝިއާގެ ދެކުނު ރަށެއް ކަމަށްވާ ހަޒަރުގައި މީލާދީން ހަތްވަނަ ގަރުނާއި އަށްވަނަ ގަރުނުގައި ޔަހޫދީ ވި ދަރިފަސްކޮޅުން ނަސްލު ދެމިގެން ދިޔަ މީހުންގެ ތެރެއިން އެޝްކިނާޒްގައި ވަޒަންވެރިވެ އުޅުނު އިރުމަތީ ޔޫރަޕުގެ ޔަހޫދީންތަކެވެ. މީގެ އިތުރުން ޒަޔޮނިސްޓު ހަރަކާތަށް ތަބާވާ ޔަހޫދީންގެ ބޮޑު އައުލަބިއްޔަތަކީ ވެސް ފަހުން ޔަހޫދީ ވި އަސްލު ޔޫރަޕު މީހުންނެވެ.

ވީ އިރު އެއްވެސް ހައްގަކާ ނުލައި ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރުތައް ސުންނާފަތިކޮށް، އެ މީހުންގެ ބިންތައް އަތުލައި އެ މީހުން ރަށުން ބޭރުކޮށްލާފައި، އެ ބައި މީހުން އެ ތަނުގައި ވަޒަންވެރިވުމުގެ ހައްގު އޮންނާނެ ކަމަށް ގަބޫލު ކުރަނީ ކޮން ބުއްދިއެއް ނުވަތަ ދީނެއް ނުވަތަ ގާނޫނެއް ނުވަތަ އުރުފެއް ހެއްޔެވެ؟

ޔަހޫދީންގެ ވަތަނެއް ފަލަސްތީނުގައި ހަދަންޖެހޭ ކަމަށް ބުނެ ޔޫރަޕުގެ ޔަހޫދީން ފައްސާލުމުގެ ފިކުރު ދިން މީހުންނާއި އެ ކަން ތަންފީޒު ކުރުމަށް ބާރު އެޅި މީހުންނާއި ތަންފީޒުކުރި މީހުން ޔޫރަޕުގެ ޔަހޫދީންނަށް އެހާ އޯގާތެރި ކަމަށް ވާ ނަމަ ޖާގަ އާއި ތަނަވަސްކަމާއި ފުދުންތެރިކަން ލިބިފައިވާ އެ ބައި މީހުންގެ ބިމުން ނުވަތަ އެމެރިކާގެ އެ އޮތް ބޮޑު ބިމުން ނަމަވެސް ތަންކޮޅެއް ނުދީ، އެ އުޅެނީ ކީއްވެގެންތޯ ސުވާލު ނުއުފެދޭ ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް އެ ގޮތަށް އެ މީހުންގެ ބިމުން ތަންކޮޅެއް ދީ، ޔަހޫދީންގެ ވަތަނެއް ގާއިމުކުރި ނަމަ މިހާރު އެ ގައުމުތަކުން އިޒްރޭލަށް އެ ކުރާ ބޮޑެތި ހަރަދުތައް ކުރާކަށް ނުޖެހޭނެ ނޫން ހެއްޔެވެ؟ އަދި ޔަހޫދީން ވެސް އަބަދު ހަނގުރާމަ އާއި ދެބަސްވުންތަކުގައި ދުވަސްތައް ވެއަތު ކުރާކަށް ނުޖެހޭނެ ނޫން ހެއްޔެވެ؟

15- ބައިތުލްމަގްދިސް އާއި އެ ތަނުގެ ވަށައިގެންވާ ބިންތަކަކީ މުސްލިމުންގެ އައުގާފުގެ ތެރޭގައި ހިމެނޭ ބިންތަކެއް:

މަސްޖިދުލްއަގްސާ ހުރި ތަނުގައި އެ ބުނާ ފަދަ ހައިކަލެއް ހުރި ކަމަށް އެ ބައި މީހުން ކުރާ ދައުވާގެ ބާތިލުކަން ހާމަވާ 15 ވަނަ ދަލީލަކީ، ބައިތުލްމަގްދިސް އާއި އެ ތަނުގެ ވަށައިގެންވާ ބިންތަކަކީ މުސްލިމުންގެ އައުގާފުގެ ތެރޭގައި ހިމެނޭ ބިންތަކެއް ކަމަށް ވުމެވެ. ތާރީހީ ގޮތުން ބަލާއިރު، ކީރިތި ރަސޫލާ ﷺ ވަނީ ސަހާބީއެއް ކަމުގައިވާ ތަމީމް ބުނު އައުސް އައްދާރީ އަށް، ހަލީލު ސަހަރުން ބިމެއް ވަގުފު ކުރައްވައިފަ އެވެ.

"ތަމީމީ ވަގުފު" ގެ ނަމުން އަދި އަދަށް ދާންދެން ވެސް އެ ވަގުފު މަޝްހޫރު ވެފައި ވެ އެވެ. ހަމަ އެފަދައިން ހަލީފާ އުމަރުބުނުލް ހައްތާބު ވަނީ ސަހާބީއެއް ކަމަށްވާ އިޔާޒް ބުނު އަނަމް އަށް އަބީއުނައިމު ފަރުބަދަ ސަރަހައްދުން ބިމެއް ވަގުފު ކުރައްވައިފަ އެވެ. އަބީއުނައިމު ފަރުބަދަ އަށް އެ ނަން ދީފައި ވަނީ ވެސް އެ ސަހާބީ އަށް ނިސްބަތް ކޮށެވެ.

ވީ އިރު އެއްވެސް ހައްގަކާ ނުލައި ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރުތައް ސުންނާފަތިކޮށް، އެ މީހުންގެ ބިންތައް އަތުލައި އެ މީހުން ރަށުން ބޭރުކޮށްލާފައި، އެ ބައި މީހުން އެ ތަނުގައި ވަޒަންވެރިވުމުގެ ހައްގު އޮންނާނެ ކަމަށް ގަބޫލު ކުރަނީ ކޮން ބުއްދިއެއް ނުވަތަ ދީނެއް ނުވަތަ ގާނޫނެއް ނުވަތަ އުރުފެއް ހެއްޔެވެ؟

ވަގުފަކީ ގަނެވިއްކުމާއި ހަދިޔާކުރުން މަނާވެގެންވާ މުދަލެކެވެ. އެ ކަން އެހެން އޮތް އިރު ވެސް އަބީއުނައިމު ފަރުބަދަ ސަރަހައްދުން ބިންތައް ފޭރިގަނެ، ޔަހޫދީން ވަނީ އެ ތަނުގައި އެ މީހުންގެ އާބާދީއެއް ބިނާކޮށްފަ އެވެ. އެ ކަމަށް ހިލޭ އެހީއެއްގެ ގޮތުގައި ޒިމްސްކޮވިޗް ކިޔާ ޔަހޫދީއަކު 600 މިލިއަން ޑޮލަރު ހަދިޔާކުރި އެވެ. އެ ކަމާ ގުޅިގެން 1970 ވަނަ އަހަރުގައި ބޭއްވި އިސްލާމިކް ރިސާޗް އެކަޑެމީގެ ފަސްވަނަ މަހާސިންތާގައި މުސްލިމް އިލްމުވެރިން ވަނީ އެ ކަން ވަރަށް ހަރުކަށިކޮށް ކުށްވެރި ކުރައްވައިފަ އެވެ.

އެ މަހާސިންތާގެ ވަސިއްޔަތްތަކުގެ ތެރެއިން އެއް ވަސިއްޔަތުގައި ބުނަނީ ބައިތުލްމަގްދިސް އާއި އެ ތަނުގެ ވަށައިގެންވާ ބިންތަކަކީ މުސްލިމުންގެ އައުގާފުގެ ތެރޭގައި ހިމެނޭ ބިންތަކެއް ކަމަށެވެ. އެހެންވެ، އެ ތަނުން އެންމެ އަކަ ކައިވަތެއް ވެސް ފޭރިގެންފި ނަމަ އެ ބިންކޮޅު މިނިވަން ކުރުމަށްޓަކައި ޖިހާދު ކުރުމަކީ މުސްލިމުންނަށް ވާޖިބު ކަމެކެވެ. އެ ބިންތަކުގައި ސުލައިމާނުގެފާނުގެ ހައިކަލެއް ހުރި ނަމަވެސް އެ ތަން މިލްކު ވާނީ މުސްލިމުންނަށެވެ. (ނުނިމޭ)

11 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ިއިންސާރފް

08 June 2022

ޔަހޫދީންގެ ބޮޑާކަން ހުރިވަރަކީ މޫސާގެފާނުގެ ޒަމާނުގައި އަރީހާއަށް ވަންނައިރު ހިއްތަތުންއޭ ކިޔާ ސަޖިދަ ކުރަމުން ވަންނަށްއެންގެވުމުންބޮޑަވެ ސަޖިދަނުކުރަން ރަށަށް ވަނީ ފާރުމަތިން ފުންމާލައިގެން. އަދި ހިއްތަތުން އޭވެސް ނުކިޔާ. ބަދަލުގައި މާތް ﷲ އެމީހުންނަށް އެ ބިން 40 އަހަރަށް ހަރާމް ކުރެއްވި.

The name is already taken The name is available. Register?

އުސްމާނީ ހަލީފާވެސް އިނދަ ޖެހުނީ!

30 May 2022

ނަސްލުގެ ގޮތުން އެމެރިކާ އައް އިޔުރޮޕް މީހުންނައް ހައްގުތަ؟ ކެނެޑާ، އޮސްޓްރޭލިޔާ، ނިޔުޒީލަންޑް އައް؟ ސައުތު އެފަރިކާ އައް؟ ނަސްލުގެ ގޮތުން އަރަބިން ގޮސް އުތުރު އެފަރިކާ އައް އެރިކަންތައް ހައްގުތަ؟ އަމިއްލަ ނަފްސައް އޮޅުވާނުލާބަލަ. ގަދަ ބަޔަކު އަރާ ފޭރުން ނޫން ކަމެއް ނުހިނގާ! ގާ އުކަން ދަސްކޮއްގެނެއް މިޒަމާނަކު މޮޅެއް ނުވެނޭނެ. ހަނދާން ނައްތާލާ! ހުރިހާ ތާރީހެއްވެސް، ހުރިހާ ރައިޓްސް އެއްވެސް، ޔޫއެން ވެސް، އޮންނާނީ މޮޅުވާ ބަޔެއް ބޭނުން ގޮތަކައް!

The name is already taken The name is available. Register?

ރޫބެން

28 May 2022

ތިޔަން ވުރެ މާ ތިލަ ކޮށްދޭނަށް ކަންނާނީންގެ ސަރަހައްދެއް ކަމަށްވާ މިހާރުގެ ފަލަސްތީނު އޮތް ތަނަށް އަރާ އެއުޅެނީ އިޒްރޭލުންނޭ ކިޔަސް ބަނީ އިސްރާއިލް ދަރިކޮޅެއް ނޫން.

The name is already taken The name is available. Register?

ނޯ ޒަޔަނިޒަމް

27 May 2022

1- އިޒްރާއީލް ނުވަތަ އިޒްރޭލަކީ ޔަހޫދީން އަމިއްލަށް އުފައްދައިގެން އުޅޭ ފަލްސަފާއެއް. އިސްރާއީލް އަކީ ސަލާމްލެއްވި ޔައުޤޫބުގެފާނު ނަންފުޅެއް. ޔައުޤޫބުގެފާނަކީ ﷲ ފޮނުއްވި މަތިވެރި ނަބީބޭކަލެއް. ޔަހޫދީން ގެންގުޅެނީ އިންސްރާއީލްގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި މޫސާ އަލައިހިއްސަލާމަށް ބާވައިލެއްވުނު ތައުރާތު ބަދަލުކޮށްގެން. އެފޮތުގައިވެސް ކަނޑައެޅިގެން މިއުއްމަތު މާތް ނަބިއްޔާ (ސއވ) ގެ ވާހަކަ ފާލުކަންބޮޑު ގޮތެއްގަ އޮތީ ނަންގަނެވިފަ.

The name is already taken The name is available. Register?

މިސްކީން

27 May 2022

ޒަޔަނިޒަމް އާއި އިސްލާމިޒްމް ގެ ތަފާތު ވަރައް ކުޑަ

The name is already taken The name is available. Register?

ތަފްސީރް

27 May 2022

"އިޒްރޭލް ދަރިކޮޅުގެ މީހުނޭވެ. ﷲ ތިބައިމީހުނަށް ދިނުމަށް ފޮތުގައި ކަނޑައަޅުއްވާފައިވާ އަރްޑުލް މުޤައްދަސްގެ ބިމަށް ތިބައި މީހުން ވަންނާށެވެ" (މާއިދާ 21). "ޢަރްޑުލް މުޤައްދަސަކީ ފުރާތު ކޯރުން ފަށައި ސައިނާއި ހަމައަށް އޮތް ބިން" (މުޢާޒް ބިން ޖަބަލް، ތަފްސީރް) - ކޯރުން ސައިނާއަށް، މީ މިހާރުގެވެސް އިޒްރޭލްގެ ބޯޑަރު

The name is already taken The name is available. Register?

ޔާސިރު ޢަރަފާތު

27 May 2022

ހެހެހެ، ކޮން ޢަރްޑުލް އެއް!! ނޭގުނަސް ކޮމެންޓުކުރާތި އަރްޟު أرض

The name is already taken The name is available. Register?

ބަނީ އިސްރާއިލް

28 May 2022

ކިހިނެއްތަ ތިހެން ވާނީ ފުރާތު ކޯރު އޮންނަނީ އޮރާގުގައި

The name is already taken The name is available. Register?

އިސްލާމް1

31 May 2022

އެމީހުންގެ ބައެއް ދީނީމީހުންވެސް ބުނޭ ﷲއެބިން އެމީހުންނަށް ދެއްވުމަށްފަހު އެބިމުން ނުފައިބާން އަންގަވާފަވަނިކޮށް އަމިއްލައަށް އެބިމުން ފޭބިކަން. އެބިމުގަ ކުރިންދިރިއުޅުނު ޔަހޫދީން މަޖުބޫރުވުމެއް ނެތި އަމިއްލައަށް އެބިން ދޫކޮށްދިޔަކަމަށް އެމީހުންގެ ތާރީހުބުނޭ. އެނޫނަސް އެމީހުން އެބިމަށްވަނުމުގެ ކުރިންވެސް ފަހުންވެސް އެބިމުގަ ފަލަސްތީނަށް ނިސްބަޔްވާ ބަޔަކު ދިރިއުޅުނު ކަން ތާރީހުން ހެކިއެބަހުރި. މިދެގޮތަށް ބަލާއިރު އެއީ ފަލަސްތީން ރައްޔުތުންގެ ބިން

The name is already taken The name is available. Register?

ށަވިޔަނި

27 May 2022

ކައުބާ ތެރޭގަ ބުދުތައް ހުރި ޒަމާނެއް ދުނިޔެ ދެކުނު. އެހެނޭ ކިޔާފަ ބުދައް އަޅުކަންކުރާ މީހުން ކައުބާ ހިފަންވީތަ؟ މިހާރުވެސް އިންޑިއާގެ ބައެއް ދީނީ މީހުން ބުނޭ ކައުބާގައި ކުރިން ޝީވް ހުއްޓޭ. އެކަމަކު ތިހުރިހާ އެއްޗެއް ޝައިޠާނާ އިންސާނުންނަށް ދަސްކޮށްދިނުމުގެ ކުރިން ބިންމަތީގައި ހުރީ މިސްކިތްތަށް. މައްކާގައި ހުރީ ކައުބާ. ޤުދުސުގައި ހުރީ އަޤްޞާ. ފުރަތަމަތިބީ ﷲ އަށް ސަޖިދަޖެހި މީހުން. މުސްލިމުން. ޔަހޫދީންނާ މުޝްރިކުންނަށް ހަލާކުހުރި.

The name is already taken The name is available. Register?

ކީކިމިނި

28 May 2022

އަރަބިން ބުނާހާ އެއްޗެއް ގަބޫލު ކުރަންވީތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454