ވިޔަފާރި / އެމްޓީޑީސީ

އެމްޓީޑީސީން ހިއްސާއަަކަށް 60 ލާރި ބަހަން ނިންމައިފި

އެމްޓީޑީސީގެ އަހަރީ ޖަލްސާއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލާއި އެހެން ބައެއް ޑިރެކްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އެމްޓީޑީސީ

މިދިޔަ އަހަރު އެމްޓީޑީސީ އަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފި އެވެ.

އެމްޓީޑީސީން ބުނީ މިގޮތަށް ނިންމީ މިދިޔަ ހަފްތާގައި ބޭއްވި ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި ކަމަށެވެ. މިދިޔަ އަހަރު އެ ކުންފުނިން ހިއްސާއަކަށް ބަހާފައި ވަނީ 50 ލާރި އެވެ. އެއީ އެ ކުންފުނިން 11 އަހަރަށް ފަހު ހިއްސާގެ ފައިދާ ބަހަން ފެށި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު އެެ ކުންފުންޏަށް 211 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ. އެހާ ބޮޑަށް ފައިދާ އިތުރުވީ އެ ކުންފުނިން ލީޒްކޮށްފައިވާ ރަށްތަކުގެ އެގްރީމެންޓްތައް މިހާރަށް ވުރެ ފައިދާވާ ގޮތަށް ބަދަލުކުރުމުންނެވެ.

އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިއްސާއެއް ވިއްކަމުން އައީ 100ރ. އަށެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10ރ. އަށް ވަނީ ބަދަލުކޮށްފަ އެވެ.

18 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބުދުބެއްޔާ

29 May 2022

10 ރުފިޔާގެ ހިއްސާ އަކަށް 6 ޕަސެންޓް ފައިދާ ގޯހެއްނޫން.

The name is already taken The name is available. Register?

ބަޑިތަކުރު

29 May 2022

ތިޔަ ކުންފުންޏަކީ ތިތާ އުޅޭ މީހުންނާއި ޕާޓީން ވަޒީފާދޭންޖެހޭ މީހުންނަށް މުސާރަދޭން ހިންގާ ތަނެކެވެ. އެހެންނޫނިއްޔާ އެމްއެންއެސްއެލް އުވާލިހެން ތިޔަ ކުންފުނި އުވާލަންވީތާ ކިތަންމެ ދުވަހެކެވެ. ފައިދާ ބަހަނިއްޔޭ ކިޔައިގެން އަހަރަކު 60 ލާރި ނުބަހައި ކުންފުނީގެ ދަށުގައިހުރި ރަށްތައް ވިއްކާފާފައި ހިއްސާދާރުންނަށް އެމީހުން ހިއްސާ ގަތްލާރިކޮޅުއެކަނި ނަމަވެސް ދީފައި ތިތަން އުވާލަންވީއެވެ.

The name is already taken The name is available. Register?

ކުންފުނި

28 May 2022

އާދައިގެ ރައްޔިތުން ފެލާލައިގެން ކުންފުނި ހަދަންވީމާ ހިއްސާއެއް ގެ އަގު -/100ރ، ލާރިކޮޅުލިބި ކުންފުނި ހަދައި ނިމިގެން މަހުޖަނުންނަށް ހިއްސާ ވިއްކަންވީމާ، ނިކަމެތި ރައްޔިތުންނަށް -/100ރ އަށް ވިއްކި ހިއްސާއެއްގެ އަގު -/10ރ އަށް ބަދަލުވެ، ރައްޔިތުންގެ މިލިއަން ރުފިޔާ ލައްކައެއް ދީފަ ގަނެ ކުންފުނި ކައްވަލީމަ ކޯޗެއް ބަހާނީ !

The name is already taken The name is available. Register?

އަބުދުބެއްޔާ

29 May 2022

ހިއްސާ އަކަށް 6 ޕަސެންޓް ފައިދާ ލިބުން ވަރަށް ރަނގަޅު،

The name is already taken The name is available. Register?

ސިއްކަމޮހޮރީ

28 May 2022

އެކަނި އިނަސް ހަމަ ހެވެނީ. ބޯހަލާކު

The name is already taken The name is available. Register?

ތެދުބަސް 7

28 May 2022

ތިޔަ ކުންފުނި ދަރަނީގަ އޮންނަތާ 11 އަހަރަށްފަހު ނިމިދިޔަ 3 އަހަރު ހިއްސާގެ ފައިދާ ބަހާފައިވާތީ އެކަމަށް ޝުކުރު އަދާކުރަން. އަދި ކުންފުނީގެ ފައިދާ އިތުރުކުރުމަށް މެނޭޖިން ޑިރެކްޓަރު ތިކުރައްވާ ހިއްވަރާ ބުރަ މަސައްކަތަށް އަައްސަރިބަހާ ސާބަސް ދަންނަވަން.

The name is already taken The name is available. Register?

ހަސަނުު

29 May 2022

ތިތަން އަދިވެސް ހިނގަނީ ދަރަނީގައި.. ރިސޯޓްހަދަން ރަށްދީގެން އޭގެން ލިބޭ އޮތިކޮުން އެއް އަހަރު ފައިދާއެއްވިޔަސް އެނުކިޔާނި ކުންފުނީގެ މަސައްކަތުން ކޮޅަށް ޖެހުނީކަމަކަށް.

The name is already taken The name is available. Register?

1206

28 May 2022

ރަންބިސް އަޅާ ކުކުޅު ގައުބިހެއް އެޅީމާ، ފައިދާ ކަހު ހިތާނީ އައު ކުކުޅު އެކަނި. ކައި، ބޮއެ، ގަޞާ ޙާޖާ ކުރާނެ ވަރަކަށް ކޮށްފައި، ހިއްސާދާރުންނަށް މި ބަހަނީ ހައްޕުނޑު. އެހެންވީމާ ހިއްސާދާރުން މި ވީ ފީކުދާންޏަކަށް. އެމް.ޓީ.ޑީ.ސީ މިވީ ފީ ފޯކާއި، ދޮން ބިލަތް އަޅާފައި ހުރި ކަފާސް ވެފައި އޮތް މަޑިސީލަގަނޑަކަށް. މިޔަށް ވުރެ ފައިދާ ވާނެ ގޭގެ ޚާދިމު ހުންނަ ކޮޓަރި ކުއްޔަށް ދީފައި އެޑްވާންސް ނަގައިގެން ގުގުރި ނިދި ނިދާފައި އޮތަސް. ބަންދު ކޮށްފައި ގެއަށް ދޭ.

The name is already taken The name is available. Register?

ވަގުންގެ ވަގުން

28 May 2022

މިރާއްޖޭގައި މުޅި ސިޔާސީ މަސްރަހު އެބުރެނީ ރިސޯޓް ގެ ވެރިންނާ، ރިސޯޓް އެއްް ހަދަން ރަށެއް ބޭނުމުގަ ތެޅިބާލާ މީހުންގެ އަންބޮޑީގައި! އެކަމަކު މޓޑސ އައް މިއުޅެނީ 10 އަހަރު ވެގެން ދާއިރުވެސް އެއްކަމެއްވެސް ނުވެގެން! އުޑާބިމާ ހާ ތަފާތު އޮޅުވާލުންގަޑެއް! ދެކޮޅު ނުޖެހޭ ޢޮޅުވާލުންގަޑެއް! އެކަމު މި ދިވެހިރާއްޖޭގައި އާންމު ކަމެއް! ގޭންގްސްޓަރސް ޕެރަޑައިސް!! %100ގަ 900 އަހަރުދުވަހު ދެމިއޮތީމަ، ހާދަހާ އުފަލެކޭ މިވަނީ!

The name is already taken The name is available. Register?

ޣުއި ފާތުމަ

28 May 2022

މާތް ކަލާކޯ...މަގު މަތީގައި ނާށި ގަނޑު ހިފައިގެން އިނުން ވެސް މާރަގަޅު ވާނެ... ތި ހިއްސާގެ 60 ލާރި އެއް ވުރެ...ލަދު ކޮބާ؟

The name is already taken The name is available. Register?

ދިހަ ރުފިޔާ

28 May 2022

10 ރުފިޔާގެ ހިއްސާ އަކަށް 60 ލާަރި އަކީ ދިރާގުން ބެހި ފައިދާ އަށް ވުރެ ނިސްބަތުން ބޮޑު ފައިދާ އެއް.

The name is already taken The name is available. Register?

ޙަރުޞާ

27 May 2022

ހައްހައްހާ އެހާވަރަށް އިންވެސްޓް ކުރީމައިވެސް މިލިބެނީ ފުޅިމަދު އުނގުރިއެށް. ހީވަނީ އަނެށް ހިއްސާ ގަތުމުގެ ބާޒާރު ހުޅުވާލަން ދޭ ފެހި ސިގްނަލެއްހެން. ކިހިނެތްތަ މިވެރިން މިހަދަނީ އަދި ހުސާބު ކުރަނީ. ހިތާމަ ކުރަން.

The name is already taken The name is available. Register?

އަމާމޭރު

27 May 2022

ތިހާ ގިނައިން ނުވާނެ ބަހާކަށް އެހާ އަވަސްއަވަހަށް ބަހާއިރު. ކުންފުންޏަށް ގެއްލުންވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454