ޕީޖީ އޮފީހުގެ "ލެތުން" ޑޭޓާ ބޭސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިފްތިތާހު ކޮށް ދެއްވަނީ. -- ފޮޓޯ/ ފަޔާޒު މޫސާ
29 މެއި 2022 - 17:07
ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެއްތަނަކުން ފެންނަން ހުންނާނެ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި "ލެތުން" މިއަދު އިފްތިތާހު ކޮށްފި އެވެ.
ހ. މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޑޭޓާބޭސް އިފްތިތާހުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ.
މި ރަސްމިއްޔާތުގައި ޕީޖީ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ތައްޔާރުކޮށްފައިވާ ހަ އޯޑިއޯ/ވީޑިއޯ ފޮތެއް ވެސް ވަނީ ނެރެފަ އެވެ. މި ފޮތްތަކަކީ ޖިނާއީ އަދުލުގެ ނިޒާމާ ގުޅިގެން އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން ނެރުނު ހަ ފޮތެެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޕީޖީ ޝަމީމް (ވ) އާއި ކުރީގެ ޕީޖީ މުއިއްޒު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެ ރަސްމިއްޔާތުގައި ހުސްނުއްސުއޫދު ވިދާޅުވީ މިއަދު ތައާރަފުކުރި މައުލޫމާތުތަކާއި ތަފާސްހިސާބުތަކަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ކުއްލިއަކަށް ވެސް މައުލޫމާތެއް ހޯދާލަން ޖެހިދާނެކަން ފާހަގަކުރައްވަމުން ވިދާޅުވީ މިހާރު ބައެއް ފަހަރަށް ހޯދަން އުޅޭ އެއްޗެއް ނުފެންނަ ފަހަރު ވެސް އަންނަ ކަމަށެވެ. ނަމަވެސް، މިއަދު މި އިފްތިތާހު ކުރި ޕްރޮޖެކްޓަކީ އެ ކަމަށް ހައްލެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފަނޑިޔާރު ސުއޫދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އަޅުގަނޑުމެންގެ އަދުލުގެ ނިޒާމު ޓްރާންސްޕޭރެންޓުވެ މައްސަލަތައް ދެނެގަންނަން ބޭނުންވާނެ ވަސީލަތަކަށް މި ޕްރޮޖެކްޓް ވާނެ،" ސުއޫދު ވިދާޅުވި އެވެ.
އަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކާއި ކޯޓުތަކުގެ މައްސަލަތައް ހައްލުކުރަން ވެސް ތަފާސް ހިސާބަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ހުސްނުއްސުއޫދު ފާހަގަ ކުރެއްވި އެވެ.
ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުންހުރި ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތައް އެއްތަނަކުން ފެންނަން ހުންނާނެ ގޮތަށް މި އޮފީހުން އެކުލަވާލި “ލެތުން” ޑޭޓާބޭސް މިއަދު އިފްތިތާޙްކޮށްފި. https://t.co/KUblZO2U6p pic.twitter.com/3ObkSxJviZ
— PGOMV (@PGO_MV) May 29, 2022
އެ ޑޭޓާބޭސް އިން ޖިނާއީ އަދުލުގެ ނިޒާމުގެ ކޮންމެ ގާނޫނެއް، ގަވާއިދެއް އަދި އުސޫލެއް ވެސް ސާޗު ކޮށްލައިގެން ބަލާލެވޭނެ އެވެ. އަދި ވަކި ބަހެއް ސާޗުކޮށްލަން ބޭނުންވި ނަމަވެސް މި ޑޭޓާ ބޭސް އިން ބަލާލެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަހަންގީރު
30 May 2022
ޕީޖީ އޮފީހަކީ ޖިނާޢީ ކޮންމެ މައްސައެއްގައި ކޮންމެވެސް އެއްކޮޅަކުން ބައިވެރިވުން ލާޒިމްވާ ހަމައެކަނި ޚަސްމު. ދަށު ކޯޓުތަކުގައި ޖިނާޢީ ދަޢުވާކުރެވޭ ހަމައެކަނި ފަރާތަކީ ޕީޖީ. މަތީކޯޓުތަކުގައި އިސްތިއުނާފު ކުރެވޭ ޖިނާޢީ މައްސަތަކުގައި ވެސް ކޮންމެވެސް އެއް ޚަސްމަކަށް ޕީޖީވާނެ. އެހެންކަމުން ޖިނާޢީ މައްސަލަތަކުގައި ދަޢުވާކުރާ/އިސްތިއުނާފުކުރާ/ރައްދުވާ ފަރާތް )ޕީޖީ( އިން ބާއްވާ ހަފުލާއެއް ސކގެ ފަނޑިޔާރަކު ޝަރަފުވެރި ކޮށްދިނުމަކީ ކޮންކަހަލަ ކަމެއްތޯ؟
ދިއްދޫމީހާ
29 May 2022
ބޭކާރު ހަރަދު ކޮއްފާ ތިޔަ ކަހަކަ ކަންތައް ކުރަންޔ- ތިޔަކިޔަންވީ ލެތުންއެ ނޫން ލޫޓުވުން..
ބޮޑުމީހާ
29 May 2022
ދެން ތިކަމެއް ކުރީމަ ދައުލަތުގެ ބަޖެޓުން ބޮޑު ރަސްމިއްޔާތެއް ބާއްވަންޖެހެންޏާ މަޖީދިއްޔާ ސްކޫލްގަވެސް ބޭއްވޭނެ
އުދުހޭ
29 May 2022
ހައްލެނެތުން. ހަމައެއްނެތުން. އިންސާފެއްނެތުން.... އެހެންވީމާ ތިޔައަށް ކިޔަންވީ "ނެތުން" ނޫންތޯ؟
48343
29 May 2022
މިމީހުން ވެއްޖެންނު ތަންކޮޅެއް ހަމަޖެހޭ ކަމެއްކުރާން.
ރަދީފްއޮފިޝަލް
29 May 2022
މިކަން ވެސް ބާއްވަންވީ ކްރޮސްރޯޑްސް ކަހަލަ ތަނެއްގަ ދެއްތޯ!! .ދައުލަތުގެ ކުންފުނިތަކުގެ ކޮމްޕިއުޓަރުގެ ސޮފްޓްވެއާ ބަދަލުކުރިޔަސް ބޮޑު ފަންކްޝަނެއްގެ ގޮތުގަ ކްރޮސްރޯޑްގަ ބާއްވާފަ ލައިވް އެބަކުރޭ ޓީވީން .އެހެންވެ ހަމަ ބުނެލީ.ވ.ވެދުން
ހުތްއާދަނު
29 May 2022
ސޮފްޓްވެއަރއެއް ބަދަލުކުރީއެއް ނޫން، ޑިވެލޮޕްކުރީ، މުޅިން އަލަށް.
ރަދީފްއޮފިޝަލް
29 May 2022
ބްރޯ. ވަރަށް ތިލަކޮށް ބުނުމުގެ ގޮތުން އެހެން މިބުނީ.