ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި އަމްރު ވާހަކަދައްކަނީ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
31 މެއި 2022 - 08:04
ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދޭން ފަށާނެ ކަމަށް އެސްޓީއޯގެ ސީއީއޯ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
ރޭ ކްރޮސްރޯޑްސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި އަމްރު ވިދާޅުވީ، ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށެވެ. އެ ސަރަހައްދުގައި އެ ބޯޓުފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނެތް ކަމަށާއި އެސްޓީއޯއިން ބޭނުންވަނީ އެތަނުގެ ތެލުގެ ސްޓޯރޭޖެއް ހަދައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ދިނުން ކަމަށް އަމްރު ވިދާޅުވި އެވެ.
"ފުރަތަމަ ޕްލޭން އޮތީ ފްލޯޓިން ސްޓޯރެއްޖެއްގައި އިހަވަންދިއްޕޮޅުގައި އެކަން ކުރުން. އެކަން ކޮށްފި ނަމަ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
ތެލުގެ ވިޔަފާރިއަކީ އެސްޓީއޯ އަށް އެންމެ ބޮޑު އާމްދަނީ ލިބޭ ވިޔަފާރި އެވެ. މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް ތެލުގެ ވިޔަފާރިން ހަ ބިލިއަން ރުފިޔާ ލިބުނެވެ.
އެފްއެސްއެމްގެ ތެޔޮ ބޯޓެއް. އެފްއެސްއިން މިހާރު ރަށްރަށަށް ތެޔޮ ގެންދަނީ ބާޖުތަކުގައި--ފޮޓޯ:އެފްއެސްއެމް
ރާއްޖޭގެ އުތުރުގައި ތެޔޮ ބަންކަރެއް ހެދުމުން ދުނިޔޭގެ ބޮޑެތި ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ. އެ ސަރަހައްދަށް އާންމުކޮށް މަޑުކުރަނީ އޮސްޓްރޭލިއާ ސަރަހައްދަށް ދަތުރުކުރާ އާގު ބޯޓުތަކެވެ. އޭގެ ސަބަބުން ރާއްޖެ އަށް މިހާރަށް ވުރެ ގިނައިން ތެޔޮ އެތެރެ ކުރަން ޖެހޭނެ އެެވެ. އަދި މިއީ ރާއްޖެ އަށް ބޭނުންވާ ތެލުގެ އަގު ހެޔޮވާނެ ކަމެއް ކަމަށް ވެސް އަމްރު ކުރިން ވިދާޅުވެފައިވެ އެވެ.
ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ވާދަކުރެވޭ ވަރުގެ އިންޑަސްޓްރީއަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިވާނެ އެވެ.
މިކަން ކުރުމުގެ މަސައްކަތް ކުރާ އިރު ރާއްޖޭގެ ރަށްތަކަށް ގޭސް ގެންދިއުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަމްރު ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް މިހާރު ގޭސް ގެންދަނީ ތިލަފުށިން ކަމަށެވެ.
"ތިލަފުށިން ފިލް ކޮށްގެން ރަށްރަށަށް ތެޔޮ ފުޅި މި ގެންދަނީ. ގެންދާއިރު ވަރަށް ގިނަ މައްސަލަތައް ދިމާވޭ. ފުރަތަމަ މައްސަލައަކީ ގެންދާއިރު 10 ކިލޯ ގޭސް އިނދޭ އަށް ކިލޯއަށް ބަދަލުވެފައި، ހަތް ކިލޯއަށް ބަދަލުވެފައި،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެތީ
31 May 2022
އިންޑިއާގެ ހުއްދަ ލިބިގެން ތިޔަކަމެއްވާނީ. ނުސީދާކޮށް އެމީހުންގެ ބާރު ހިނގާ ސަރަހައްދެއް މިހާރު އެއީ. އެމީހުން ޖެހޭނެ ފާރަލާން އެހެން ދާ ކޮންމެ ބޯޓަކަށް. ޗައިނާ ދަރިކޮޅުގެ އެއްވެސް މީހަކު ހުރި ބޯޓަކަށް އެހެންލާފަ ނުދެވޭނެ. ޗައިނާއިން މަކުނުދޫގަ އޮބްޒަވޭޓަރީއެއް ހަދަން އުޅުނީމަ އެކަންވެސް ވަނީ އިންޑިއާއިން ބެހިގެން ހުއްޓުވާފަ.
ވޯލް
31 May 2022
ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ހިންގަން މިހުރީ މިފަދަ ކުންފުންޏަކަށް ބޭނުންވާ ވަރުގެ ތަޖުރިބާ ހުރި މީހެއް ނޫން.
އަފްރާސިޔާބު
31 May 2022
@ވޯލް ކަލޯ ތަޖްރިބާއަކީ ގޭގައި ނިދަން އޮވެގެން ލިބޭ އެއްޗެއްނަމަ އެންމެބޮޑު ވިޔަފާރި ކުންފުނި ހިންގުމުގެ ތަޖްރިބާ ހުންނާނީ ވޯލްގެ ކިބައިގާ. ތަޖްރިބާއަކީ އެކަމެއްގައި އުޅޭ މީހުންނަށް ލިބޭ އެއްޗެއް. އަމްރުގެ އާއިލާއަކީ ވިޔަފާރި އާއިލާއެއް. ވިޔަފާރީގެ ކަންކަން ހުންނާނީ ކުޑައިރުއްސުރެވެސް ދަސްވެފައި. ދެން އެސްޓީއޯއާ ޙަވާލުވެގެން އެ ހިންގަނީ ވިޔަފާރީގެ ފަންނުގެ މީހުން އަތްދަށުލައިގެން. ބޭނުންވާ ހިސާބުތައް ގެނައީމާ ވާނުވާއެނގޭވަރުގެ ތައުލީމެއް އެބަހުރި
ހިޔާލީފޮލާ22
31 May 2022
އިންޑިޔާއިން ތިޔަކަން ކުރަން ފުރުސަތެއް ނުދޭނެ.. އޭރުން އެމީހުންގެ ޓްރާންސްޝިޕްމަންޓް ބަނދަރުގެ ޑިމާންޑު ވެއްޓި ފައިދާ ކުޑަވާބެ.. އެހެން ބަޔަކަށް މޮޅެއް ފައިދާއެއް ލިބެން އޭޝިޔާގެ އިޒްރޭލު ކަމަށްވާ އިންޑިޔާއަކުން ނޭދޭނެ.. އަބަދުވެސް ބޭނުންވާނި ކުރިނާރާ އެމީހުންގެ ތައްޕާހުގަ އުޅެން.. އިންޑިއާ ބޮޑާހާކައިފިނަމަ އިނގިއްޔެއް ހިރުވާލަންވެސް ސަރުކާރަކަށް ނުކެރޭނެ.. އެހެންވީމަ ތިޔައީ ހުވަފެނެއް ޚިޔާލީ ފޮލައެއް..
ނުކުރެވޭނެއޭ
31 May 2022
މާލޭގައި ހުރި އެސްޓީއޯގެ ކާރޑް ގުދަން ތައް އެބަޖެހޭ ހުޅުމާލޭގެ އިރުން އޮތް ފަޅު ހިއްކާ އެތަނަށް ބަދަލު ކުރަން އެގޮތުން ބަދަލު ކުރާއިރު އެބަޖެހޭ އެ ބަދަލު ކުރާ ބިލްޑިންގްސް ތަައް 25 ބުރިއަށް ނަގާ އެ އިމާރާތުގައި ރާއްޖެއަށް 12 މަސްދުވަސް ވަންދެން ބޭނުންވާ ކާރޑުގެ ބާވަތް ތައް އެތަނުގައި ރައްކާ ކުރެވޭނެ ގޮތް ހަދަން އެސްޓީއޯ އިން ތިޔާ ރާއްޖެތެރޭގައި ކުރާ އިންވެސްޓްމެންޓް އެއީ ސީދާ ކަނޑަށް އަޅާލާ ފައިސާއޭ އެއިން ކުރާ އިންވެސްޓްމެންޓް ރިކަވަރ
އިމޭޖިންގ
31 May 2022
ހިތަށްއެރީ ބޭރޫތުގަ ހިނގި ހާދިސާ ކަހަލަ އަލިފާނުގެ ހަދިސާއެއް/ޓެރެރިސްޓް ހަމާލެއް އެއިމާރާތަށް އަމާޒުވެއްޖެނަމަ 12މަހުގެ ކާޑު އެއްފަހަރާ ގެއްލުނީ. ގުދުރަތީ ހާދިސާއަކުންވެސް މިހެންވެދާނެ. އެކި ސަރަހައްދުތަކުގަ ގުދަންކުރުމުން މިކަހަލަ ރިސްކު މިނިމައިސް ކުރެވޭނޭ. ނޫނީ ސްވިސްލޭންޑްގަ ހެން ކޮންމެ އާއިލާއަކުންވެސް ގޭގަ ކާޑު ރައްކާކުރަންވީ ކުޑަމިނުން 3 މަހެއްހާ ދުވަހަށްވާވަރަށް. އޭރުން ކަމެއްވާއިރަށް ތެޅިފޮޅޭކަށް ނުޖެހޭނެތާ
ޓްރާންސްޝިޕްމަންޓު
31 May 2022
ބަންކަރިން އަކީ އަދި ޓްރާންސްޝިޕްމަންޓަކީ ކޯއްޗެއް ކަން އެނގިލައްވާތޯ؟؟ އެސްޓީއޯ އިން އެދަނީ ދުރު ރާސްތާ ޕުލޭނަކަށް.. އާގު ބޯޓަށް ޚިދުމަތް ދެވޭނީ އާގު ބޯޓު ދަތުރު ކުރާ ރޫޓެއް ކައިރީގަ.. ދުވާލަކު 300 އާގު ބޯޓު ދަތުރުކުރާ ރޫޓަކަށް އޮތީ 8 ޑިގްރީ ޗެނަލް ނުވަތަ އިހަވަންދިއްޕޮޅާ އިންޑާގެ މައި ބައްރާފެމެދު އޮންނަ މާމަލޭ ކަނޑު. ދެން އެޔާ ގާތް ކުރާ ތަނަކަށް ވެސް އިތީ ދޮޅު ޑިގްރީ ޗެނަލް. މާލެ ސަރަހަށް ދަކީ ޤައުމުގެ މެދު އެކަހަލަ ވިޔަފާރިއެއް ނުކުރެވޭނެ
އިހަވަނޭ
31 May 2022
މޭ ކަރާލާނެ ބަޔަކު ތިބޭނެ ތިކަމާ ވެސް
ޖިންނި
31 May 2022
ތީ ފުލެޓް ގަނޑެއް ނޭޅުނު މީހަކު ތިކަހަލަ ވާހަކަ ނުދެއްކިޔާ ރަނގަޅުވާނީ.
ރަންނަ
31 May 2022
އެސްޓީއޯ އަކީ ފްލެޓް އަޅާބައެއްނޫން. ޖިންނި ކީއްވެ ފްލެޓް ނާޅާ ތިހިރީ؟
ހިލަބެ
31 May 2022
ވަރަށްމުހިއްމު ކޮށްމެހެންވެސްކުރަންވެފައިއޮތްކަމެއް ރާއްޖޭގެއިޤްތިޞާދަށް ހެޔޮބަދަލެއްގެނުވާނެ ބިޔަމަސައްކަތެއް އެކަމުގެފައިދާ ދިވެހިމަސްވެރިންނަށާއި ގޭގެ ކަރަންޓްބިލުންފެނިގެންދާނެ އަވަސްކުރައްވާ އަމްރު
އުދުހޭ
31 May 2022
60 ސިކުންތުން ލޯނު ނެގޭ ބޭންކް ހަދާނިމި ކޮންމެ ދިވެހިރައްޔިތަކަށް 2 ލޯނު ދެވި ނިމުނީމާ ދެން އިތުރުކަންކަން ނުފަށާ މަޑުކުރާނެކަމެއްނެތްދޯ
ދޮންބެއަލީ
31 May 2022
ތިޔަކަމަށް އެންމެ ރަގަޅީ ހއ ދައްޕަރު ޤުދުރަތީ ބަދަރެއް އޮވޭ. ހަނިމާދޫ އާއި ކައިރި ވަށައިގެން ހއ އާބާދީގެ % 80 ރަށްތައް 15 މިނެޓުން ދެވޭ ރާސްތާއެއްގައި އޮންނަނީ ..
އައްޑޫސީދީ
31 May 2022
1990 އިން ފެށިގެން ދުނިޔޭގެ އެންމެ ބޮޑެތި ފަރމްތަކުން މިސާލަކަށް އެމެރިކާގެ ބޮސްޓަންއާ ސިންގަޕޫރުގެ ޖުރޮންގް އިން ކުރި ދިރާސާތަކުން ފެނުނު އެންމެ ރަނގަޅު ލޮކޭޝަނަކީ 8 ޑިގްރީ ޗެނަލްގެ އަނގަމަތީގަ އޮތް އިހަވަންދިއްޕޮޅު.. އެއީ 34 ކިލޯ މީޓަރުގެ ލެގޫންއެއް.. ތިޔަ ބުނާ ދައްޕަރަކީ 3 ކިލޯ މީޓަރު އެޒާތިގެ އޮޕަރޭޝަނަކަށް ކަމުދާ ތަނެއް ނޫން ސްޕޭސް ވެސް ނެތް.. އަމިއްލަ އެދުން އެއް ފަރާތްކޮށް ޤައުމީ ވިސްނުން އިސްކޮށްގެން ނޫނީ ކުރިޔަކަށް ނުދެވޭނެ..
ޚަރަދުލިބޭނެއޭ
31 May 2022
ސަރުކާރުގެ އޮފީސް ތަކާއި ދައުލަތުގެ އިދާރާ ތައް އެހުންނަނީ ބޮޑުއަގުގައި މާލޭގައި އަމިއްލަ މީސްމީހުންގެ ގެދޮރު ކުއްޔަށް ހިފާފައި އަދި އެއިން ކަޓް އިންތިހާ އަށް އެތަންތަން ކުއްޔަށް ދިން ވަގުންނަށް ލިބޭ ކަން މިހެން ހުރުމުން އެސްޓީއޯ އިން ވެއްޖެއެއް ނޫންތޭ ހުޅުމާލޭގަައި 25 ބުރީގެ ލައިޓް އިންޑަސްޓްރިއަލް ޕާރކެއް ގާއިމް ކުރަން އެއިރުން ޔަގީނުން ވެސް އެއިންވެސްޓްމެންޓް އިން ގެއްލުމެއް ނުވާނެއޭ އެސްޓީއޯގެ ހޮޓާ މިގޮތަށް ބަދަލު ކުރިނަމަ އެތަނަށް ކުރި