މިފްކޯ މާލޭ މަސް ފިހާރަ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
31 މެއި 2022 - 13:13
މިދިޔަ ރޯދަމަހާ ދިމާކޮށް މިފްކޯއިން ފެށި "ފަސްމީރު އެންމެ މީރު" ޕްރޮމޯޝަން މިއަދު ނިމުމާ އެކު ކުރިން ބުނެފައިވާ ގޮތަށް އަގުތަކަށް ބަދަލު އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މަހުގެ އަގާއި މަހުގެ ބާވަތްތައް އުފެއްދުމަށް ބޭރުން އިމްޕޯޓުކުރާ ރޯމެޓީރިއަލްގެ އަގުތައް ބޮޑުވެފައި ވާތީ އަގުތައް ބޮޑުވެދާނެ ކަމަށް މިފްކޯ އިން ކުރިން ވެސް އޮތީ ބުނެފަ އެވެ. މިފްކޯ އިން ވަނީ އަގުތައް އުފުލުނަސް ރޯދަ މަހުގެ ތެރޭގައި އެ ކުންފުނީގެ އަގުތަކަށް ބަދަލު ނުގެނެސް އެއްވަރެއްގައި ހިފަހައްޓާފަ އެވެ.
މިފްކޯއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަކީ ބައިވެރިންގެ މެދުގައި ނަގާ ގުރުއަތުން ހަފްތާ އަކު ކޮންމެވެސް އެއް ނަސީބުވެރި އަކަށް 5،000 ރުފިޔާގެ ބީއެމްއެލް ގިފްޓު ކާޑެއް ލިބޭ އަދި ޕްރޮމޯޝަން ނިމުމުން ހުރިހާ ބައިވެރިންގެ މެދުގައި ނަގާ ގުރުއަތުން ކޮންމެވެސް އެއް ނަސީބުވެރިއަށް 100،000ރ.ގެ ފައިސާގެ އިނާމެއް ދޭން ނިންމާފައިވާ ޕްރޮމޯޝަނެކެވެ.
މިފްކޯގެ މި ޕްރޮމޯޝަނަކީ މާލެ ސަރަހައްދުގެ މިފްކޯގެ ފިހާރަތަކާއި ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ހުންނަ މިފްކޯ ސައިޓް ފިހާރަތަކުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
31 May 2022
ޕްރޮމޯޝަން ނިމިގެނެއްނޫން އަގަށް ބަދަލު އަންނަނީކީ. މަސްވެރިނަން ވެފައިވާ ސިޔާސީ ވައުދު ފުއްދަން މަސް ގަންނަ ރޭޓު ބޮޑުކުރީމާގައި އެބައި ރައްޔިތުންގެ ޖީބުން ދޭންޖެހެނީ.
މަތިމަސް
31 May 2022
ކޮންމެ ހަފްތާއަކު އިނާމަށް 5000.00 ރުފިޔާ ލިބުނު މީހުންގެ ނަންތައް ސިއްކުރީތަ. އެކަން އެއްވެސް ނޫހަކުން ހާމަ ކުރިކަމެއް ނުދެނަހުރިން. މަވެސް ތަކެތި ގަނެގެން މިހުރީ 5000.00 ރުފިޔާ ބަލައިދާނެވެގެން
މަހިންދަ
31 May 2022
ފައިސާ ބަލައިގަންނަ ވަތްގަނޑަށް މާގިނަ މީހުން އަތް ފޯރުވަންޏާ އަގު ބޮޑު ނުވެ ނުދާނެ