ވިޔަފާރި / އެޑްވަޓޯރިއަލް

ކެޕިޓަލް މާކެޓުން އެސްއެމްއީތަކަށް ފަންޑު ހޯދިދާނެ

ސީއެމްޑީއޭ އިން އަންނަނީ ކެޕިޓަލް މާކެޓު މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަސް ފަންޑު ހޯދޭނެ ގޮތްތައް ބަލަމުން

31 މެއި 2022 - 16:54

3 comments

ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބަޔަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށް ވާއިރު މި ސެކްޓަރަށް ބޭނުންވާ ފައިނޭންސިން ހޯދޭނެ މަގުތައް އެކަށީގެންވާ މިންވަރަށް ރާއްޖޭގައި ނެތްކަން އެއީ ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކަ އެކެވެ. މި ސެކްޓަރަށް ފައިނޭންސިން ފޯރުކޮށްދިނުމަށްޓަކައި އެކިއެކި މަސައްކަތްތައް ސަރުކާރުތަކުން ކޮށްފައިވާއިރު ވެސް މިކަމަށް އަދިވެސް އެދެވޭ ހައްލެއް ލިބިފައެއް ނުވެ އެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ލޯނު ސްކީމްތަކުގެ އިތުރުން އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް އަންނަނީ ފައިނޭންސިން ފޯރުކޮށްދެމުންނެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަންޑު ލިބޭނެ ގޮތެއް ނެތެވެ. ރާއްޖޭގެ އެސްއެމްއީ ސެކްޓާ ތަރައްގީ ކުރުމަށް މަގުފަހި ކުރުމަށްޓަކައި ކެޕިޓަލް މާކެޓު މެދުވެރިކޮށް އެސްއެމްއީތަކަށް ފަންޑު ފޯރުކޮށް ދެވިދާނެ ކޮންސެޕްޓެއްގެ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އަންނަނީ ކުރަމުންނެވެ.

މިކަމާގުޅޭ ގޮތުން އެ އޮތޯރިޓީން ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާކެޓު މެދުވެރިކޮށް ފަންޑު ފޯރުކޮށްދިނުމަށްޓަކައި 'އެސްއެމްއީ އިންވެސްޓްމަންޓް ފަންޑް' ކޮންސެޕްޓައް އެއޮތޯރިޓީން އެކުލަވާލާފައިވާކަމާއި އެ ކޮންސެޕްޓާ ގުޅޭ ގޮތުން އާންމުން އަހުލުވެރިކުރުމަށް ބޭނުންވާ ކަމަށެވެ.

އެސްއެމްއީ ބޭންކްގެ މުވައްޒަފުން މަސައްކަތުގައި. އެބޭންކުން ވެސް އަންނަނީ އެސްއެމްއީތަކަށް ލޯނުގެ ގޮތުގައި ފަންޑު ދެމުން--ފޮޓޯ:މިހާރު

ސީއެމްޑީއޭގެ މިކޮންސެޕްޓްގައި މިފަންޑުގެ ޕްރޮމޯޓަރުންގެ ގޮތުގައި ސަރުކާރުގެ އިގްތިސާދާބެހޭ ވުޒާރާ އާއި މާލީއްޔަތާބެހޭ ވުޒާރާ އަށް ވެވިދާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ. 'ސްޕެޝަލް ޕާޕަސް ވެހިކަލް' އެއްގެ ގޮތުގައި ފަންޑު އެންޓިޓީ އުފެއްދިދާނެ ކަމާއި، ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ކުންފުންޏެއްގެ ގޮތުގައި، ޕާޓްނާޝިޕެއްގެ ގޮތުގައި ނުވަތަ ޓްރަސްޓްއެއްގެ ގޮތުގައި ފަންޑު އުފެއްދިދާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ.

މި ފަންޑަށް ފައިސާ އިންވެސްޓްކުރުމަށް ހުރި ގޮތްތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ގާނޫނުގެ ދަށުން އެސްއެމްއީތަކަށް ފައިނޭންސިން ފޯރުކޮށްދިނުމަށް ސަރުކާރުން އެލޮކޭޓްކުރާ ބަޖެޓުގެ ބައެއް މިފަންޑަށް ލެވިދާނެ ކަމަށެވެ.

ސަރުކާރުން އިސްނަގައިގެން މިފަންޑަށް އިތުރު އިންވެސްޓަރުން ހޯދިދާނެ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. ލޯކަލް ޕްރައިވެޓް އިންވެސްޓަރުންގެ އިތުރުން އިންޓަނޭޝަނަލް ޕްރައިވެޓް އިންވެސްޓަރުންނަށް ބައިވެރިވާން ހުޅުވާލެވިދާނެކަމުގައި ފާހަގަކޮށްފައިވެ އެވެ. އަދި މިފަންޑު މެނޭޖްކޮށްދިނުމަށްޓަކައި ސީއެމްޑީއޭގެ ލައިސަންސް ލިބި ސީއެމްޑީއޭއިން ރެގިއުލޭޓްކުރާ އިންވެސްޓްމަންޓް އެޑްވައިޒަރީ ފާމަކާއި ކަސްޓޯޑިއަން ފާމެއް އައްޔަނުކުރަންވާނެ ކަމުގައި މިކޮންސެޕްޓްގައި ހިމަނާފައިވެ އެވެ. މިފަންޑުން އިންވެސްޓްކުރާނީ މިފަންޑަށް ހުށަހެޅޭ ޕްރޮޕޯޒަލްތަކުގެ ތެރެއިން ކަނޑައެޅޭ ވިޔަފާރިތަކުގަ އެވެ.

ބާޒާރުމަތީގެ ފިހާރައެއް ހަލަބޮލިކޮށް: އެސްއެމްއީތައް ކުރިއަށް ދާން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ވަރަށް ފަންޑު ނުލިބުން -- ފޮޓޯ:ފަޔާޒް މޫސާް | މިހާރު

އިންވެސްޓްކުރާނެ ވިޔަފާރިތައް ކަނޑައެޅުމުގައި ވަރަށް ހަރުދަނާ ޑިއުޑިލިޖަންސް ޕްރޯސެސްއެއް ކުރިއަށް ގެންދިއުމަށް ރެގިއުލޭޓަރީ ފްރޭމްވަރކްގެ ތެރެއިން ފަންޑު މެނޭޖަރަށް ލާޒިމުކޮށްފައި އޮންނާނެ އެވެ. މިފަންޑާ ގުޅިގެން އިންވެސްޓަރުންނަށް ލިބިދޭ ހައްގަކީ އިންވެސްޓްކޮށްފައިވާ ވިޔަފާރިތަކުގެ ފައިދާގައި އެފަރާތުން އިންވެސްޓްކޮށްފައިވާ މިންވަރުން ހިއްސާވުމުގެ ހައްގެވެ. އަދި މިފަންޑުން ވަކިވާން ބޭނުންވާ އިންވެސްޓަރުން ފަންޑުގެ އެހެން އިންވެސްޓަރުންނާއި ފަންޑު މެނޭޖަރުގެ ހުއްދަލިބިފައިވާ އެހެން ފަރާތަކަށް ވިއްކާލެވިދާނެ އެވެ. މިފަންޑުގެ މައްޗަށް ހިންގޭނީ ރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ނުވަތަ ޕާޓްނަރޝިޕް ގާނޫނާއި ސީއެމްޑީއޭގެ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓަރީކުރުމާ ހިންގުމާބެހޭ ގަވާއިދެވެ.

މިހާރު ސަރުކާރުން ހިންގާ އެސް.އެމް.އީ ފައިނޭންސިންގ ޕްރޮގްރާމްތަކާއި މި ކޮންސެޕްޓްއާ ހުރި އެންމެ ބޮޑު ތަފާތަކީ ޓްރާންސްޕޭރަންޓް އަދި ރެގިއުލޭޓްކުރެވިގެން ހިންގޭ ހަރުދަނާ ނިޒާމްއެއްގެ ތެރެއިން ސަރުކާރުގެ އެސްއެމްއީ އިންވެސްޓްމަންޓްތައް ކުރުމަށް ފުރުސަތު ލިބުމެވެ. އަދި އެހެން އިންވެސްޓަރުންގެ ބައިވެރިވުން އޮންނަ ގޮތަށް އެސްއެމްއީ ޑިވެލޮޕްމަންޓަށް މަސައްކަތްކުރުމާއި އެކަމުން ލިބޭ ނަފާ އިތުރުކުރުމާއި އެނަފާގައި ސަރުކާރާއި އެހެން އިންވެސްޓަރުން ބައިވެރިވުމުގެ ފުރުސަތު ލިބުމެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހާވިރާ

01 June 2022

ތިޔަ ސްކީމަކީ ދުނިޔޭގެ ވަރަށް ކުރިއަރާފައިވާ ގައުމެއްގައި ހިންގަން ރަގަޅު ސްކީމެއްހެންހީވެއެވެ. މި ރާއްޖޭގައި މިއުޅެނީ ބޮޑެތި ކުންފުނިތަކުންވެސް ހަމައަށް ހިސާބުތައް ނުބަލަހައްޓައިގެންނެވެ. ދެން އަލަށް ފަށައިގަންނަ ކުދި ވިޔަފާރިތަކުން ތި ފެންވަރުގައި ހިސާބު ބަލަހައްޓައި ފައިދާއާއި ގެއްލުން ރިޕޯޓްކުރާނެކަމަށް އުއްމީދުކުރާނީވެސް މޮޔައެކެވެ. އަދި ފަންޑް މެނޭޖްކުރުމުގެ ޚަރަދު ތިޔަ ފަންޑަށް ލިބޭ އާމްދަނިއަށް ވުރެ ބޮޑުވާނެއެވެ.

The name is already taken The name is available. Register?

ހޮޅިބެ

31 May 2022

ފޮނި ނުކަޑަބަލަ. ތިޔަ ލިބެނީ ބުރޯ ބޭނުންވާ މީހަކަށް. ކޮން ލޯނެއް ދެވެނީ ވެސް. މި އުޅެނީ މަސައްކަތް ކޮށްފަ ލާ އިންވޮއިސް އަށް ލާރި ކޮޅު ނުދެވިގެން

The name is already taken The name is available. Register?

ސިންޑީ

31 May 2022

މިފަދަ އާޓިކަލް ލިޔާ ފަރާތުގެ ނަން ޖެހުން މުހިއްމު ކަމަށް ދެކެން. މިއީ ރަގަޅު ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454