އެސްޓީއޯ އިން ހެދި އާ އިމާރާތް: ނުވަ ބުރީގެ މި އިމާރާތް ބޭނުންކުރަން މިދިޔަ އާދިއްތަ ދުވަހު ވަނީ ފަށާފައި.-- ފައިލް ފޮޓޯ: މިހާރު
28 ޑިސެމްބަރ 2016 - 12:56
ޗާނދަނީމަގުގައި ކުރިން އެސްޓީއޯ އުމަރު ޝޮޕިން އާކޭޑް ހިންގި ތަނުގައި އެ ކުންފުނިން އަލަށް ހެދި އިމާރާތުގައި ކެފޭއެއް ހެދުމަށް މިއަދު ހުޅުވާލައިފި އެވެ.
އެސްޓީއޯ އިން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، ރެސްޓޯރަންޓެއް ނުވަތަ ކެފޭއެއް ހެދުމަށް ހަމަޖައްސާފައި ވަނީ ނުވަ ބުރީގެ އެ އިމާރާތުގެ ޓެރަހުގަ އެވެ. އެ ތަން ދެނީ، އެ އިއުލާނުގައި ބުނި ގޮތުގައި، ފަސް އަހަރުދުވަހަށެވެ.
އެސްޓީއޯ އިން ބުނީ ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެސްޓީއޯގެ މައި އޮފީހަށް ގޮސް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް މައުލޫމާތު ދިނުމަށް، ޖެހިގެން އަންނަ ދުވަހުގެ ހަވީރު 4:00 ގައި އެ އޮފީހުގައި ބައްދަލުވުމެއް ބާއްވާނެ ކަމަށާއި ސުވާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ ނުވަނަވަނަ ދުވަހުގެ ގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ، އެސްޓީއޯ އިން ބުނި ގޮތުގައި، އަންނަ މަހުގެ 16 ގެ ކުރިންނެވެ. އަދި އެ ދުވަހުގެ ހަވީރު 4:00 ގައި ބީލަން ހުޅުވުން އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުމަރު ޝޮޕިން އާކޭޑް ބިލްޑިން ތަޅާލުމަށް ފަހު، އެ ތަނުގައި ނުވަ ބުރީގެ އިމާރާތެއް ހެދީ އެސްޓީއޯ އިންނެވެ. އެ އިމާރާތް ބޭނުންކުރަން ފަށައި އެ ތަނުގެ އެންމެ މަތީ ދެ ބުރި އަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް މިދިޔަ އާދިއްތަ ދުވަހު ވަނީ ބަދަލުކޮށްފަ އެވެ. އަދި އެންމެ ތިރީ ތިން ބުރި ވަނީ އެސްޓީއޯގެ ބޭނުންތަކަށް ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
28 December 2016
ރާއްޖެތެރޭ ރައްޔިތުން މިތިބެނީ ހެވިފަ މާލެފުޅު ސަރުކާރުން މާލެފުޅު ބޭފުޅުންނައް ހުރިހާ ހިދުމަތެއް އެމީހުންގެ ޓެކްސްކޮޅުން ދޭއިރުވެސް
އައިސަ
28 December 2016
އެހެންވެއޭ މަ ބުނަނީ އެސްޓީއޯ ވަރެށް ނެތޭ! އައި ކާންޓް ވެއިޓް ޓުހޭވް އަ ކޮފީ އޮން ދެޓް ޓެރަސް!
ފަރީ
28 December 2016
މާލެ މަތިން ތަރައްގީ ބަލާލަން ޕްލެޓްފޯމެއް އަޅުއްވާތީ ޝުކުރިއްޔާ. ތިޔަ ކެފޭ އިން މާލެއަށް އަންނަމުންދާ ތަރައްގީ ކޮފީ ބޮމުން ވެސް ފެންނާނެ. ނަސަންދުރަ ވެސް ނިމެނީ. އެތަން ވެސް ފެންނާނެ.
ދުރުމި
28 December 2016
ދިވެހިން ދަރަނި ވެރިކޮށް ތިމާއާ ދަރިންގެ މުސްތަޤުބަލް އޮޔާދާ ތަން އެކަނި ފެންނާނީ
އޯސަމް
28 December 2016
ކޮބާ މަމެން ބުނީ މެން ނޫން އެލައިޑް އިމާރާތް ބްރިލިއަންޓް ވާނެއޭ. ހަމަ އެގޮތް ނޫން މިވީ ދޯ. ސަބަބަކީ އެތަނުގެ މަތީގައި ބްރިލިއަންޓް ސްޓަރ ބަކްސް ގެ އައުޓްލެޓް އެއް ހުޅުވެނީ ދޯ. އޯސަމް އެން ފްލޯލެސް ދޯ.
ނޮޓް އޯސަމް
28 December 2016
ބަލަގަ އޯސަމް ބެއްޔާ....އެލައިޑް އެއް ނޫނޭ....އެސްޓީއޯ އިމާރާތް!
ސިއްތި
28 December 2016
އެއީ އެލައިޑްގެ ތަނެއް ނޫނެއްނު. ބޮަޑު އަކުރުން ލިޔެފަ އެއޮތީ.
ހަސަންބެ.
28 December 2016
ތި ތަންތަން ލިބޭނީ ފުލެޓްކާރީގައި ކެފޭ އެއް ހިންގާ މެމްބަރަށް. . ވެލާނާގެ ތިރީގައި ހުރި ތަންވެސް ހައުސިންމިނިސްޓްރީން އިން މާމޮޅު ބިޑަކަށް ލާފައި މައުލޫމާތު ސާފު ކުރަން ދިޔައީމާ މިބުނަނީ ބިޑް އެވޯޑު ކުރާނީ ކޮމެޓީއަކުން ނިންމާ ބަޔަކަށޯ. ބަލަންތިބޭ މަހެއްހައި ދުވަސް ތެރޭގައި އެތަން ހުޅުވާއިރު އެތަން ހިންގަން ތިބެނީ ކޮންބައެއްތޯ. އަދި ތިޔަތަންވެސް ދާނީ ކޮންމެވެސް މަޖިލީސް މެމްބަރަކަށް. ކުދިވިޔަފާރި ތެރެއަށް އަލަށް ވަންނަން އުޅޭ މީހަކަށް ތިކަހަލަ ފުރުސަތެއް ލިބުމަކީ ނާދިރުކަމެއް.
ދޫނި ރާއްޖެ
28 December 2016
ކޮންމެވެސް ބަޔަކަށް ފަައިދާވާގޮތަށް ތިތަން ދޫކޮށްލަން ތި އުޅެނީ!