އިނގިރޭސި ރާނީގެ ޕްލެޓިނަމް ޖުބްލީ ފާހަގަކުރަން ޝާހީ ގަނޑުވަރުގެ ކުރިމަތީގައި ބޭއްވި މިއުޒިކް ޝޯ -- ފޮޓޯ: ރޮއިޓާސް
07 ޖޫން 2022 - 07:05
އިނގިރޭސި ރާނީ އެލިޒަބަތު ދޭއް ތަހުތުގައި އިންނަވާތާ 70 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޕާޓީގެ މިއުޒިކް ޝޯ 12 މިލިއަނަށް ވުރެ ގިނަ މީހުން ބެލި ކަމަށް، އެ ހަފުލާ ލައިވް ކުރި ބީބީސީ ވަން އިން ބުނެފި އެވެ.
ޝާހީ ގަނޑުވަރުގެ ކުރިމަތީގައި ބޭއްވި އެ ޝޯގައި މަޝްހޫރު ތަރިން ކަމަށްވާ ޑަޔާނާ ރޮސް، ޖޯޖް އެޒްރާ، ކުއީން އަދި އެލްބޯ ފަދަ އާޓިސްޓުންގެ ހުށަހެޅުންތައް ފެނުނެވެ. އެ ހަފުލާގައި ޝާހީ އާއިލާގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
ރާނީގެ ޕްލެޓިނަމް ޖުބްލީގެ އެކި ހަފުލާތަށް ބީބީސީން ދެއްކިއިރު، ރިކޯޑް އަދަދަކަށް މީހުން އެ ހަފުލާތަށް ބަލާފައިވެ އެވެ. އެންމެ ޕީކް ގަޑިތަކުގައި 13.4 މިލިއަނަށް ވުރެ ގިނަ މީހުންގެ އޯޑިއެންސެއް ލިބިފައިވާ ކަމަށް އެ މީޑިއާ އިން ބުންޏެވެ.
އިނގިރޭސި ރާނީގެ ޕްލެޓިނަމް ޖުބްލީ ފާހަގަކުރަން ބޭއްވި މިއުޒިކް ޝޯގައި ލަވަކިޔުންތެރިޔަކު ޕާފޯމްކުރަނީ -- ފޮޓޯ: ރޮއިޓާސް
ރާނީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ލަންޑަންގެ މަގުތަކުގައި އާންމު ތަންތަނުގައި ގިނަ ހަފުލާތައް ބޭއްވި އެވެ.
އެ މިއުޒިކް ޝޯ ވަނީ މިފަހުން ބޭއްވި އިނގިރޭސިވިލާތުގެ އެންމެ ބޮޑެތި އިވެންޓްތަކުގެ އޯޑިއެންސްގެ ރިކޯޑް ވެސް މުގުރާލައިފަ އެެވެ. މިދިޔަ ޑިސެމްބަރު މަހު ބޭއްވި "ސްޓްރިކްޓްލީ ކަމް ޑާންސިން" ޝޯގެ ފިނާލޭ އަށް 11 މިލިއަން ވިއުސް ލިބުނުއިރު، މިދިޔަ މަހު ނިމުނު "ޔޫރޯވިޝަން" ލަވަ މުބާރާތުގެ ފިނާލޭ އަށް ނުވަ މިލިއަން ވިއުސް ލިބުނެވެ. އަދި މިދިޔަ އަހަރު ކްރިސްމަސްއާ ދިމާކޮށް ރާނީ ދިން ވީޑިއޯ މެސެޖަށް ވެސް ނުވަ މިލިއަނާ ގާތްކުރާ އަދަދަކަށް ވިއުސް ލިބުނެވެ.
ބީބީސީން ބުނި ގޮތުގައި ޝާހީ ގަނޑުވަރުގައި ކުރިމަތީ ބޭއްވި އެ ޝޯ އަކީ މި އަހަރުގެ މިހާތަނަށް އެ ނެޓްވޯކް މެދުވެރިކޮށް އެންމެ ގިނަ މީހުން ބެލި ފުރަތަމަ ހަފުލާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެލިޒަބަތު
07 June 2022
އިނގިރޭސިވިލާތުގެ ހުދުމުހުތާރު ވެރިޔާ ކުއީން އެލިޒަބަތުގެ ޖުބިލީއޭ ކިޔައިގެން އިނގިރޭސި ދައުލަތުގެ ޓީވީއިން ފަތުރާ ޕުރޮޕެގެންޑާ ތިހުންނަނީ، 12 މިލިއަން ބަލާ ޔޫޓިއުބުގަ ހުންނަ ކޫސަނި ވީޑިއޯވެސް.
الرديف الرسمية
07 June 2022
މަރުހަބާ ރާނީ.މިއަދު 12 މިލިއަން ، މާދަމާ ގިނިކަންޏާ.ގެޓް ވާނެ ބާ؟؟ ވ.ވެދުން
ފުތާގެ ލޫލޫ
07 June 2022
މި ރާއްޖޭ މީހުން ލާއިގެން ކިރިޔަ ކިރިޔާ 12 ހަމަވީ