އެންޑީއޭ ހިންގާ އިމާރާތް.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
09 ޖޫން 2022 - 13:12
އަހަރެއް ވެގެންދިޔައިރު ވެސް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ސީއީއޯއެއް އައްޔަންނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އެޖެންސީގެ ސީއީއޯގެ މަގާމަށް އެންމެ ފަހުން މިދިޔަ އަހަރުގެ ޖެނުއަރީ 18 ގައި އެންމެ އައްޔަންކުރެއްވީ މުހައްމަދު ހަބީބެވެ. ނަމަވެސް، ޕްރޮބޭޝަންގެ މުއްދަތުގައި ކުރެއްވި މަސައްކަތުގެ އިވެލުއޭޝަނުން ރަނގަޅު ނަތީޖާއެއް ނެރެދެވިފައި ނުވާތީ ކަމަށް ބުނެ، މިދިޔަ އަހަރުގެ މެއި 16 ގައި ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.
އޭގެ ފަހުން، އެންޑީއޭގެ ސީއީއޯގެ މަގާމަށް މިދިޔަ މާޗު މަހު އިއުލާންކުރުމުން ހަތަރު މީހަކު ކުރިމަތިލި އެވެ. އެކަމަކު، އެއްވެސް މީހަކު އައްޔަންކުރެވޭ ގޮތެއް ނުވި އެވެ.
އެނގިފައިވާ ގޮތުގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ އެންޑީއޭ އަށް ސީއީއޯއެއް އައްޔަންކުރުމުގައި އެންމެ ބޮޑު ދައްޗަކީ މުސާރަ ކުޑަވުމެވެ. އެ މަގާމުގެ މުސާރައިގެ ގޮތުގައި މަހަކު 18،000ރ. އާ އެކު 1،000ރ. ގެ ފޯން އެލަވަންސް އަދި ލިވިން އެލަވަންސަށް 12،500ރ. އާ އެކު ޖުމްލަ 31،500ރ. ލިބޭނެ އެވެ.
މިހާރު އެންޑީއޭގެ ބޯޑުން އަންނަނީ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވަނީ އެނގިފަ އެވެ. އަދި މުޅި ތަނުގެ ސްޓްރަކްޗާއަށް ވެސް ބަދަލުތަކެއް ގެނައުމުގެ ކަންކަން ކުރަމުން އަންނަކަން އެނގިފައިވެ އެވެ.
"ރިޓަޔާޑު، މި ދާއިރާގެ ބޭރުގެ ތަޖުރިބާކާރެއް ގެނައުމުގެ ވިސްނުން ވެސް ބޯޑުގައި އެބަހުރި،" މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.
އެންޑީއޭގެ ކަންކަން ރަނގަޅުކުރުމަށް އެ އެޖެންސީ ވަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ނަގައި، ހެލްތު މިނިސްޓްރީގެ ދަށަށް މިދިޔަ އަހަރުގެ މެއި މަހު ބަދަލުކޮށްފަ އެވެ. އޭގެ ފަހުން އެ ތަނުގެ ބޯޑަށް ބޮޑެތި ބަދަލުތައް ގެނެސްފައިވެ އެވެ. މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން، އެންޑީއޭ ބޯޑުގެ މަސައްކަތަކީ އެކި ކަންކަމުގައި ލަފަ އާއި އިރުޝާދު ދިނުމެވެ. އެ ކަންކަމަށް ރިއާޔަތްކޮށް ތަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިި ވާނީ ސީއީއޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީނުވޭ
10 June 2022
ތިޔަވަރުގެ މުސާރައަކަށް މީހަކު ނުލިބުނޭ ބުނީމަ ކިހިނެތް ގަބޫލުކުރާނީ؟ ދިވެހިން ހަމަ އެހާ ފޮނިބޮޑީތަ؟
ހީހީހީ
09 June 2022
ހުއްޓަސް ނެތަސް ހިނގާނީ މިހާރުވެސް ހިނގާގޮތަށް. ޒިންމާދާރުވާނެ އެކަކުވެސް ނެތީނު! މައްސަލައެއް ނެތެއްނޫންތޯ.
ބޮޑުމީހާ
09 June 2022
ތި މުސާަރަ ކުޑައެއް ނޫން. ތިއުޅެނީ ވަކިމީހަކަށް ބޮޑު މުސާރަ ދޭން. ތިގޮތައް ލައްކައިން މުސާރަ ދީފަ ތިބޭ ޕާޓީ ކުދިންކޮޅު އެސްޓީއޯ އަދި މިފްކޯ ތަންތާ އުޅޭ
ޢަހަމަދު08
09 June 2022
ޢަޅުގަނޑު ކުރިމަތިލިން ތި ވަޒީފާއަށް.. އެކަމަކު ދެވަނަ ފަހަރަށް އެއްވެސް ސަބަބެއް ނުބެނެ އިއުލާން ކޮށްފަ އަލުން އެޕްލައިކުރަން ބުނީމަ އެގިއްޖެ ގޯހެއް އުޅޭކަން... އެހެންވެ ތިތަނާ ކާރިވެސް ނުވީ.. މުސާރަ މަށަށް އޯކޭ ހަމަ..
ބޯމީހާ
12 June 2022
އަލުން ކުރިމަތިނުލީ ކަލޭ ގެ މައްސަލައެއް. އިދާރީ ގޮތުން ކުރަންޖެހޭ ކަމެއް އަލުން ކުރިމަތިލާން އެންގުމަކީ. ކުރިމަތިލީފަރާތުގެ މައްސަލައެއް އޮތިއްޔާ، އެމީހަކަށް އެކަމެއް އަންގަން ޖެހޭނީ.
ރިކްސާ
09 June 2022
ކަމާއިބެހޭ ބޭރުގެ ތަޖްރިބާ ކާރެއް ގެނައުން..ދިރާސާކުރުން..މިހާރު މިކަންކަން ބަލައި ނުގަނެވޭ..ކިތައް އަހަރު މިވީ ދައުލަތުން ރައްޔިތުންގެ ފައިސާ ހަރަދުކުރުން ނޫން ކަމެއް ނުވޭ..ބޯމީހުން މަދެއް ނުވޭ..ތިތަނަށް ދިޔަ މީހަކު ރަނގަޅުވަނީއެއްނޫން..ބޯމީހުން ބޭނުންވާ ބޭސްސިޓީ ލިޔަން ތިތަނުގެ ބޭނުމެއްނެތް..
ބޯ މީހާ
09 June 2022
ބޯ މީހުން ބޮނީ ދައުލަތުގެ ޚަރަދުގަހެން ހީިވާ ކަހަލަ ހަހަހަ