އެމްޓީޑީން 2018ވަނަ އަހަރު ދަރުބާރުގޭގައި ބޭއްވި އާންމު ޖަލްސާއެއް. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
13 ޖޫން 2022 - 09:53
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިން ވެސް ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް މެމްބަރުންގެ ސޮއި ހޯދައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ 2018 ގައި އުފައްދާފައި އެ ޕާޓީ އަށް 3،000 މެމްބަރުން ހަމަނުކުރެވުމުން، ޕާޓީ އުވައިލަން ދީފައި އޮތް މުއްދަތު މިއަދަށް ހަމަވެ އެވެ.
އީސީ މިއަދު ބުނީ، އެމްޓީޑީން ހުށަހެޅި ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރަމުން އަންނަ ކަމަށެވެ.
ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އުވައިލަން މިދިޔަ މާޗު މަހު ނޯޓިސްދިން ޕާޓީތަކުގެ ތެރޭގައި އެމްޓީޑީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އާއި ޑީއާރުޕީ ހިމެނެ އެވެ.
ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކޮށްދެނީ 3،000 މެމްބަރުން ހަމަވެގެންނެވެ. އެކަމަކު ޕާޓީތަކަށް ދައުލަތުން ފައިސާ ދޭނީ 10،000 މެމްބަރުން ހަމަވާ ނަމަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
13 June 2022
މި ޕާޓީތަކަށްވެސް ހަމަމިވަންނަނީ ދިވެހިން
އިބްރ
13 June 2022
ހަމަވިއަސް ނުވިއަސް ސަރުކާރަށް ސަޕޯޓްކުރާ ޕާޓީއެއް އުވައެއްނުލެވޭނެ.
ބްރޯ2
13 June 2022
މަ އިއްޔެވެސް ބުނިން އެމްޓީޑީ ދެމިއޮންނާނެ ވާހަކަ. އެއީ މި ސަރުކާރުގެ 'މިތުރު ޕާޓީ' ވީމަ.
ރަދީފްއޮފިޝަލް
13 June 2022
3001 ދެއްތޯ؟؟
ޕާރޓީފޯރމް
13 June 2022
ރފ ހުރިއްޔާ ހަމަވާނެ ، ހަބީބު ހުރިއްޔާ ފޯރމް ސައްްޙަވާނެ
އިޙްސާސް
13 June 2022
ޑީއާރުޕީ އުވާލެވޭނެތަ؟ ކޯޓުގައި ދަރަނީގެ މައްސަލަ އެބައޮތެއްނު..
ސަސި
13 June 2022
3000 ހަމަ ނުވިޔަސް ތި ޕާޓީ އުވާ ނުލެވޭނެ.
އާހަމަ
13 June 2022
ހަމަވާގޮތް ހަމައިން ބަލަން ޖެހިފަ
ާއުނިމާ
13 June 2022
މީ މިރާއްޖޭގެ ކުރަން އެންމެ ރަނގަޅު ވިޔާފާރި، ޕާޓީ ހެދުން...ހިވޭނެހެން ހީވާ ކޮޅަކަށް އެރީމާ އޭރަކު އޮންނަ ސަރުކާރެއްގެ ބައެއް ލިބޭނެ، ވަޒީފާތަކާއު ޕްރޮޖެކްސްތައް ލިބޭނެ...ބަދަލުތައް ލިބޭނެ..
ސަމްސީނާ
13 June 2022
މީ ދުނިޔެއޭ މީ ދުނިޔެއޭ، ހިތަކަށް މަގޭ ލިބިފައިވެޔޭ. މީ ރުއިމަކުން ފެށި ދުނިޔެއޭ، އަދި ރުއިމަކުން ނިމިގެން ދެޔޭ. މީވެސް ހަޔާތުން ދުވަހެކޭ، ވާ ހެނދުނަކާއި ހަވީރެކޭ...