14 ޖޫން 2022 - 15:36
އެމްޑީޕީގެ މެޖޯރިޓީ ގެއްލުނު ހިސާބުން ވިޕްލައިންތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނުޖެހޭ ކަމަށް ބުނުން ދެރަވަރު އަދި ހުތުރު ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެ ފެކްޝަން އުފެދިފައިވާއިރު ޕާލިމެންޓަރީ ގްރޫޕްގެ މެޖޯރިޓީ އޮތީ ރައީސް އާއެކުގަ އެވެ.
ޕީޖީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ނަޝީދަށް ތާއީދު ކުރައްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ވެއްދުމަށް ރައީސްގެ މެމްބަރުންގެ ތާއީދެއް ނުލިބުމުން އެ މައްސަލަ ހޫނުވި އެވެ.
ނަޝީދު ފެކްޝަނުން ވަނީ އެމްޑީޕީން ނެރޭ ވިޕްލައިންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވައި އެ ނިންމުންތަކާ ދެކޮޅުވާން ބޭނުންވާ މެމްބަރުންގެ ނަންތައް އިއުލާން ކޮށްފަ އެވެ. ނަޝީދު ފެކްޝަންގައި ހިމެނޭ 19 މެމްބަރަކު ވަނީ ވިޕްލައިންތަކާ ދެކޮޅު ވާން ނިންމާފަ އެވެ.
އެކަމާ ބެހޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ކުރިން ޗެއާޕާސަންކަން ކުރެއްވި ބޭފުޅުންނާއި ޕާޓީގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުން ވިޕްލައިންތަކާ ހިލާފުވާ ފަރާތްތަކާ މެދު އަޅަމުން ދިޔަ ފިޔަވަޅުތައް އަލުން އަޅަން ނުޖެހޭ ކަމަށް ވިދާޅުވުމަކީ "ހިތާމަހުރި، ހުތުރު، ދެރަވަރު" ކަމެއް ކަމަށެވެ.
އެއީ މެޖޯރިޓީ ގެއްލޭ ކޮންމެ ފަހަރަކު 30 އަހަރުގެ ވެރިކަން ނިންމައި ގެނައި ޑިމޮކްރަޓިކް އުސޫލުތައް ނެތިކޮށްލުން ފަދަ ކަމެއް ކަމަށާއި ކަތީބުންގެ ނިޒާމް ބަދަލުކޮށް ގެނައި ލާމަރުކަޒީ ނިޒާމް ވެސް އުވާލުން ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އެމްޑީޕީގެ ވިޕްލައިންތަކާ ހިލާފުވާ ފަރާތްތަކާ މެދު ވަނީ ފިޔަވަޅު އަޅައި ޕާޓީން ވަކި ވެސް ކޮށްފަ އެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
ގައްދޫ ދާއިރާ މެންބަރު އަހްމަދު ޒާހިރު
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު
ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް
މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ފިރުޝާން
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް
ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުޕަކްޗީ
14 June 2022
ހުސޭނުމެން ދެއަތައް ބަލާބަލަ ކާކުގެ ލެއެއް ތޯ ހޭކިފަތިހުރީ ވިޕޭ ވިނގޭ ވަގޭ މަގޭ ކިޔާކައް މާރިއްޗެއްނޫނޭ
ސޯލިހު އައުޓް
14 June 2022
މާ ހުތުރޭ ވާދަވެރި ސިޔާސީޕާޓީތަކުން މަޖުލިހުގައި ސަރުކާރުން ކުރާ ގޯސް ކަންކަމާ ގައުމުގައި ހުރި މައްސަލަތަކަށް ބަހުސް ކުރަން ފުރުސަތު ނުދިނުން.އަހަރުމެން ދަންނަ ޑިމޮކްރަސީގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަން މިނަށް އޮންނަންޖެހޭ. ސޯލިހު ފެކްޝަނުން ތިގެންގުޅެނީ ހުދުމުހުތާރު ނޯތުކޮރެޔާ ސްޓައިލުގެ އެޕްރޯޗެއް.ތިޔެއް މަމެން ރައްޔިތުން ބަލައެއް ނުގަންނަން.އެހެންނު ވާނީ ކިރިޔާ މީހަކު އެއްޗެއް ބުނާއިރަށް ސޯލިހު އެބަޖެހޭ ކީރިތިކުރައްވަން.ނެތޭ ޗަސްޕެއް!
ހާސަރު
14 June 2022
އަންނި މިހާތަނަށް ބުނަމުން އައީ ޑިމޮކްރަސީ އަކީ މެޖޯރިޓީއަށް ތަބާވުމޭ . އެކަމަކު ތިމަންނާގެ ކަމަކާޖެހުނީމަ މިވީކިކިނެތް !؟ މިހާރު މެޖޯރިޓީ ކަޑަވީ!؟ ސިޔާސީކަންކަމުގާ ވާދަކޮށް ޕާރޓީތެރެއިން ބަލިވިއަސް ބަލި އެބަޖެހޭ ގަބޫލް ކުރަން. މިހާރު ޕާރޓި މިއީ އެއްޗެއްނޫން ހުރިހާވެސް އެއްޗަކީ މަ! ތީތި ބޮޑުކޮށް ކަޑަ.
މެޖޯރިޓީގެ މާނަ!
14 June 2022
ބަލަގަ އަންނި އެއް ނުބުނޭ އެއްވެސް އިރަކު މެޖޯރިޓީގެ މާނައަކީ އިދިކޮޅު އަޑުތައް ނުވަތަ ޑިސެންޓް ދުއްވާލުމެކޭ. މިހާރު ސޯލިހުގެ މެންބަރުން ގަންނަނީ އެގަނޑު. ގައުމުގައި ރައްޔިތުންނަށް ބޮޑުވެފައި އޮންނަ ކަމެއް ވާދަވެރި ސިޔާސީޕާޓީއެއްގެ މެންބަރަކު ހުށަހެޅިއަސް އެކަމަކަށް ބަހުސްކުރުމުގެ ފުރުސަތެއް ނެތް. އެހެޔޮ ގައުމުގެ ބޮޑުވަމުންދާ ދަރަނިވިޔަސް، ފޫ ގޮއްސަ އޮތް ސިިއްހީ ދާއިރާގެ މައްސަލައެއް ވިޔަސް، ކޮރަޕްޝަން ވިޔަސް. ކީކޭ ކިޔައިންތަ އޮޅުވާލަން ތިއުޅެނީ؟
އުދުހޭ
14 June 2022
މިހާރު މެޖޯރިޓީއަކީ ހިތި ޒަހަރު. އިންޑިޔާއަކީ މާމުއި.
މުލޭ
14 June 2022
އެމީހުންނަށް ހުތުރެއް ނުވާނެ. ލަދެއް ވެސް ނުގަންނާނެ. އެކަމަކު އެމީހުން ނޫން ބަޔަކު ކުރީމަ ފިޔަވަޚު ވެސް އަޅަންވާނެ. އެމީހުންގެ ހަމަ އަދިވެސް ތިމީހުންނަށް ދަސްނުވާތީ ދެރައީ. ބޮޑުވަޒީރަކީ ކޮޮންކަހަލަ އަމިއްްލަ އެދުމެއް އޮންނަ ދެފުށް ދެގޮތް މީހެއްކަން ނުވިސްނެނީތަ އަދިވެސް.
ސިއްތި
14 June 2022
މިކަހަލަ ދެއުޅިއެއް ނުވާ ކަމުގައި މަޖްލިހުގެ ވަގުތު ބޭކާރު ކުރަނީ..ރައްޔިތުން ކަންބޮޑުވާ ކަމެއްގައި މެންބަރަކު ގަރާރެއް ލިޔަސް އެބޭރު. ކަލޭމެން ނަމުން ޑިމޮކްރަސީ ކަމުން މައުމޫނަށްވުރެ ހުދުމުހުތާރު. ސޯލިހާ ސަރުކާރަށް ސަނާ ކިޔުން ނޫން ކަމަކަށް ފުރުސަތު ނުދީ ސޯލިހުގެ ކޮންޓުރޯލްއޮތް މެންބަރުންގެ ނުފޫޒުން ދައުރެއް އެތިބަ ނިންމާލަނީ. ދެން ކިތަންމެ ވަރަކަށް ޔާމީނާ އަންނިއަށް ބެވިއަސް އަހަރުމެންނަށް ވާނުވާ އެބަ އިގޭ ކަލޯ މެނޭ. މަގޭ ވޯޓު ސޯލިހަށް ހަރާން!
ސޯލިހު އައުޓު
14 June 2022
އަނދުނޭ ކަލޭމެން ތިނޫން ކަމެއް މަޖްލިސް ތެރޭގައި އެބަ ކުރަންތަ؟ ދުނިޔޭގައި ތަކެތި އަގުބޮޑުވީމަ ރާއްޖޭގައިވެސް ވާނޭ ކިޔާފައި ތިތިބެނީ. ބަލަގަ އެއީވެސް ސަރުކާރުންނާ މަޖްލިހުން ދައްކަން ޖެހޭ ވާހަކައެއް. ހަރަދު ކުޑަކުރަން ސަރުކާރުތަކުން އޭގަ އަޅަން ޖެހޭ ފިޔަވަޅުތައްވެސް ހުރޭ. އެހެނޭ ކިޔާފަ ކަލޭމެންގެ މުސާރައިން ލޯ ލާރިއެއްވެސް މަދުނުކޮށް ތަންމިނަށް އުދުހިފައި ވެރިން އުޅެނީ އަގުބޮޑެތިހާ ރެސްޓޯރަންޓުތަކުން ކައިގެން. ރައްޔިތު މީހާ ހަނާ ވަނީ.
ކުޗީ
14 June 2022
ސަރުކާރުގަ އެލިގަނެގެން ކުރާ ވައްކަންވެސް ވަރަށް ހުތުރު ... ތިބޭޅާގެ ކޮއްކޮ މަތިމަތިން ދަވާދު އުނގުޅައިގެން ގެނައި ބަސަތަކަށްވީ ގޮތެއްވެސް ނޭނގެ. ފުލުހުން ކައިރީ ނޫސްވެރިން އެހީމަ ބުނާނެ ވީވަރަކުން މައްސަލަ ބަލާވާހަކަ ... ވަރަށް ހުތުރި ދޯ ...
48343
14 June 2022
އަނދުން ނިސްބަތްވާ ފެކްޝަނެއް މަށަކަށް ސާފެއްނުވި. މަށަށް ކުރިން އެނގިފާއޮނަނީ މީ ބޮޑުވަޒީރު އަހަންމަދުބޭފެކްޝަން މީހެއްކަމަށް.
ރަދީފު ބިން ރަފައިދާ
14 June 2022
މީ މިހާރު މަށަށް ހާދަބޮލަށް ތުރާވާ ކަމަކަށް ވެއްޖޭ. ތަޅާނުފޮޅާ ޕާޓީގެ މިލްކުވެރިކަން ސާބިތުކޮށް އެމީހަކަށް ލިބެންޖެހޭއެއް ބަހާ ހުސްކޮށްލީމާ އެކަންއެނިމުނީ.