ކޯކުގެ އާ އަަހަރުގެ ޕްރޮމޯޝަން މިއަދު ލޯންޗުކުރަނީ.-- ފޮޓޯ: އެމްއޭޑަބްލިއުސީ
29 ޑިސެމްބަރ 2016 - 15:51
ގިނަ ބަޔަކަށް ބެންކޮކް ދަތުރު ލިބޭ ބޮޑު ޕްރޮމޯޝަނެއް، އާ އަހަރާ ދިމާކޮށް ކޮކާކޯލާ އިން ފަށައިފި އެވެ.
ސޯލްޓް ކެފޭގައި މިއަދު މެންދުރުފަހު ބޭއްވި ހަފުލާއެއްގައި އިފްތިތާހު ކުރި "ޓޭސްޓް ދަ ފީލިން" ޕްރޮމޯޝަން އަންނަ އާދިއްތަ ދުވަހުން ފެށިގެން ފެބްރުއަރީ 14ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. ކޯކުގެ ހުރިހާ ސައިޒެއްގެ ފުޅި ހިމެނޭ މި ޕްރޮމޯޝަނަށް ހާއްސަކޮށް، ރަންކުލައިގެ މަތިގަނޑެއް ޖަހާފައި ހުންނަ ވައްތަރެއްގެ ފުޅި ވަނީ ބާޒާރަށް ނެރެފަ އެވެ.
ކޮކާކޯލާ ކުންފުނީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)ގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެ ވައްތަރުގެ ފުޅީގެ މަތިގަނޑުގެ އަޑީގައި ހަ ނަމްބަރުގެ ކޯޑެއް އިންނާނެ އެވެ. އެ ކޯޑް 2626 އަށް އެސްއެމްއެސް ކުރުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާ އަަހަރުގެ ޕްރޮމޯޝަން ލޯންޗުކުރުމަށް މިއަދު ބޭއްވި ހަފްލާގައި ކޮކާކޯލާ އިން މި ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ޖެނެރަލް މެނޭޖަރު މިލިންދް ދެރާސަރީ ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްއޭޑަބްލިއުސީ
އޮފިޝަލް ވިދާޅުވީ ކޮންމެ ރެއަކު 9:00 ގައި ޕީއެސްއެމްގެ ޓީވީއެމް އިން ލައިވް ކުރާ ޝޯއެއްގައި ގުރުއަތު ނަގާނެ ކަމަށެވެ. އެ ގުރުއަތުން ހޮވޭ ފަރާތަކަށް، ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް ދެ މީހަކަށް ބެންކޮކް ދަތުރެއް ނުވަތަ އެއް އަހަރުދުވަހަށް ހިލޭ ކޯކް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުމްލަ 27 ކަޕްލްސް އަށް، 54 މީހަކަށް ބެންކޮކް ދަތުރު ލިބޭނެ. އަދި 18 މީހަކަށް އެއް އަހަރަށް ވާ ވަރަށް ހިލޭ ކޯކް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ކޯކުން ކޮންމެ އަހަރަކު ވެސް އާ އަހަރު ފެށުން ފާހަގަކުރުމަށް ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ. އަދި އަހަރުގެ ތެރޭގައި ވެސް އެކި ކަހަލަ ޕްރޮމޯޝަންތައް ހިންގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނާރޖީ
31 December 2016
އެނާރޖީ ޑްރިންކްއާ ބީރައްޓެހި ކުރުވަން ގަދައަޅާ މަސައްކަތްކުރާއިރު މިފަދަ ފިޒީ ޑްރިންކް ބޭނުންކުރުމުން ދުރުހެލިކުރަން އެއްވެސް ކަމެށް ނުކުރަނީ ކީއްވެ؟