ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒް. -- ފޮޓޯ ރައީސް އޮފީސް
20 ޖޫން 2022 - 22:18
މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް އައްޔަންކުރައްވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިނާޒް .ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އާތިފާ އަލީގެ ތިން އަހަރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
ޕެންޝަން ބޯޑުގެ ޗެއާމަނަކަށް ބޭފުޅަކު އައްޔަން ކުރަނީ އެކަމަށް ހާއްސަ ސިލެކްޝަން ކޮމިޓީއަކުން ހޮވުމަށް ފަހު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކުރާ ބޭފުޅުންގެ ނަންތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އެވެ. އެ މަގާމުގެ ޝަރުތަކީ ވިޔަފާރީގެ ދާއިރާއިން ނުވަތަ އިގްތިސާދީ ދާއިރާއިން ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ އޮތުމާ އެކު ޕެންޝަން ދާއިރާގަައި މަސައްކަތްކޮށްފައިވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައިދާ
22 June 2022
އެކަން އޮންނާނީ ސިވިލްސަރވަންޓުންނަށް ސިޔާސީ މަގާމްތައް ދާނީ އިޔުރުކުރަމުން. އެންމެ ފަހުގެ ނޫސްވެރިންގެ ބައްދަލުވުމުގަ ވެސް ވެރިކަމުގަ ހުރި މީހޤ ބުނެފަވަނީ ސިޔާސީ މަގާމްތައް މަފުނުކުރާނެ ވާހަކަ. އަނެއްކާ މިހާރު ކޮޔަވައިގެން ތިބި މީހހންތައް ގިނަ ޒަމާނެއްގަ އެފަދަ މަގާމެއް ދޭންވާނީ މާސްޓަރސް އޮންނަ މީހަކަށް
އެހެ
21 June 2022
މިނިސްޓަރު ކަމުގައި ހުއްޓާ އެމްޑީޕީ މީހުން ކާރެއްގެ ތެރެއިން ނެރެގެން ގެންގޮސް ދިން ނަފްސާނީ އަނިޔާއިން މިހާރު އަރައިގަނެވުނީބާ..
ބޮޑުމީހާ
21 June 2022
ޕެންޝަން ސްކީމަކީ މިގައުމުގަ އޮތް އެންެމެ ބޮޑު ޕޮންޒީ. 30-40 އަހަރު ދައުލަތަށް ކޮށް ކޮންމެ މަހަކު މުސާރައިން ކަނޑާފަ 65 އަހަރު ވީމަ 5000ރ ލިބުމަކީ ބޮޑު އޮޅުވާލުމެއް. މިކަމާއި މުޒާހަރާކުރާނެ މީހަކު ނުވާނެ
ކުޑަމީހާ
23 June 2022
ޕޮންޒީ ސްކީމާ ސޯޝަލް ސެކިއުރިޓީގެ ތަފާތު ނޭގެންޏާ ކިހިނެއް މުޒާހަރާކުރާނީ. ލޮލް
ދެދޫ ބޮޑޭ
21 June 2022
އިއްޔެގަ އަމީރު ބުނީ ސިޔާސީ ވަޒީފާތަށް ނުދޭށޯ. ދައުލަތުވެ ބަޖެޓު ހުސްވެއްޖޭ. އޯވަޓައިމްވެސް ކުޑަކުރާށޭ. އެހެން ވިދާޅުވެފައި ޔޫރަޕަށް ވަޑައިގަތީ ސަލާންޖަހަން. އެކަމަކުވެސް ސޯބެ ވަޒީދެނީހަމަ.
ރަދީފްއޮފިޝަލް
21 June 2022
މަރުހަބާ ޑރ. އިނާޒް.
އާތިފާ
21 June 2022
ޑރ އިނާޒް ގެ ފަރާތުން ރަގަޅު ހަރުދަނާ ސިޔާސަތުތަކެއް ޕެންޝަން ސްކީމަށް އަވަހަށް ގެއްނަވާނެކަމަށް އުއްމީދުކުރަން.
ފާތިރާ
21 June 2022
ޑރ. އިނާޒް އަށް މަރުހަބާ. ވަރަށް ޚިދުމަތްތެރި ތެދުވެރި އަމާނާތްތެރި ބޭފުޅެއް.
ދަރާ އިއްބެ
21 June 2022
ވަރަށްވެސް އުފާވެރި....ދައުލަތުގެ ހަރަދު މިހިރަ ދަނީ ހެސް ކިޔާފައި ކުޑަވަމުން! ރަޝިޔާ ޔޫކްރޭން ހަގުރާމަ ވަރުގަދަވެ ތަކެތީގެ އަގުބޮޑުވަމުން ދާ ވަރަކަށް ރާއްޖޭގެ ދައުލަތުން ކުރާ މިކަހަލަ ކަންކަން ދެން ގިނަވޭ.. ބޮއްޅަބޭ ސްޓައިލް އިކޮނޮމިކްސް ޕޮލިސީ މީ. ދެން އަތް ޖަހާ ހުރިހާ ރައްޔިތުން ބާރަށް!!!
ސޯލިހު އައުޓް
21 June 2022
ސަރުކާރުން އަލަށް ތައާރަފު ކުރި ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ތެރެއިން މިދުވަސްވަރު ވަޒީފާތަކަށް އިތުރަށް މީހުން ނުނެގުމުގެ ސިޔާސަތު ތަންފީޒު ކޮއްލަނީ މިއޮތް އިގިއްޖޭ!!!!
ރަދީފްއޮފިޝަލް
21 June 2022
މީހަ ހަމައިގަ ހުރެގެން ކޮމެންޓްކޮށްބަލަ، އެއީ އަލަށް އުފެއްދި މަގާމެއް ނޫނޭ.
ޢިބޫ
20 June 2022
ހަމަ އިތުރުވަނީދޯ؟