ދިރާގުން ރިނބުދޫގައި ހައިސްޕީޑު އިންޓަނެޓް ތައާރަފް ކުރުމުގެ ތެރެއިން ---ފޮޓޯ: ދިރާގު
21 ޖޫން 2022 - 15:33
ދ. ރިނބުދޫގައި ދިރާގުގެ ހައިސްޕީޑް ފައިބަ ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ތައާރަފްކޮށްފި އެވެ.
މި މަސައްކަތަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން ހިމެނޭ ކަމެކެވެ.
މި ހިދުމަތާ އެކު ރިނބުދޫ ރައްޔިތުންނަށް ހާއްސަ އޮފާތަކެއް ދޭނެ އެވެ. ހިދުމަތަށް އެދޭ މީހުންނަށް އިންޓަނެޓް ރައުޓަރާ އެކު ފައިބަ ކޭބަލް ހިލޭ ދޭނެ އެވެ.
ދިރާގުން ބުނީ މި ހިދުމަތުގެ ސަބަބުން ހަލުވި ސްޕީޑެއްގައި ބޮޑެތި ޑާޓާ އެލަވަންސްތައް ލިބޭ އެކިކަހަލަ ޕެކޭޖުތައް އެރަށު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.
ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ފައިބާަ ނެޓްވޯކެވެ. މިހާރުވެސް ދިރާގުން ވަނީ ރާއްޖޭގެ 89 ރަށެއް ހިމެނޭހެން، މީހުން ދިރިއުޅޭ ގޭބީސީގެ 85 ޕަސެންޓަށް އެ ހިދުމަތް ތައާރަފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy