ގްރީން ސްޓްރީޓްސް އިން މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން އުފާފާޅު ކުރަނީ: މިއަދު އެ ޓީމުން ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް 3-1 ން ބަލި ކޮށްފަ --- ފައިލް ފޮޓޯ: އެފްއޭއެމް
22 ޖޫން 2022 - 18:11
ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކްލަބް ގްރީން ސްޓްރީޓްސްއިން ދިވެހި ޕްރިމިއަ ލީގު ތާވަލުގެ ފުލުން ސަލާމަތް ވުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
ގްރީ އޮތީ، އަށް ޓީމު ވާދަކުރާ ލީގުގެ ހަތް ވަނައިގަ އެވެ. އެންމެ ފުލުގައި އޮތީ ދަ ގްރާންޑޭ ސްޕޯޓްސް ކަލްބެވެ. މިއަދުގެ މެޗުން މޮޅުވެ ގްރީން ވަނީ ޕޮއިންޓް ގޮތުން ސަސް އާ އެްވަރު ކޮށްފަ އެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ 14 ޕޮއިންޓެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ވެސް ގްރީން އެވެ. އެ ޓީމުން ލީޑް ނެގުމުގެ ކުރިން ވެސް ސަސްގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. ސަސްގެ ގޯލް ބަލަހައްޓަން ނުކުތް ޒުވާން ކީޕަރު ޔޫސުފް މީޝަމް، މުޅި މެޗުގައި ވެސް ފެނުނީ ބިޒީ ކޮށެވެ. އެކަމަކު ސަސް އިން ވެސް ވަނީ ނަސޫހް ރަޝީދު އާއި އިބްރާހިމް އަތީގް ހަސަން (އިއްބެ) އަށް ބޯޅަ ތައް ތަނަވަސް ކޮށްދީގެން ކައުންޓަ އެޓޭކް ފުރުސަތުތައް އުފައްދަން މަސައްކަތް ކޮށްފަ އެވެ.
މެޗުގެ 32 ވަނަ މިނެޓްގައި ރިލްވާން ވަހީދު (ކަކާ ރިލޭ) ވަނީ ގްރީން އަށް ލީޑް ނަގައި ދީފަ އެވެ. ސަސްގެ ހާފުގެ ތެރެއިން މެދު ރޮންގާ ކައިރިން ރިލްވާން އަށް ލިބުނު ބޯޅަ ހިފައިގެން ކުޑަކޮށް ކުރިއަށް ޖެހިލައި އޭނާ ވަނީ ގޯލްގެ ތެރެއަށް ބޯޅަ އޮއްސާލާފަ އެވެ. އެވަގުތު ކީޕަރު މިއުސަމް ވެސް ހުރީ ކުރިއަށް ނުކުމެ އެވެ. އެހެންވެ ބޯޅަ ގޯލަށް ވަނީ އޭނާގެ ބޯމަތިން ގޮހެވެ.
ދަނޑުގައި، ގްރީންގެ ސަޕޯޓަރުން މެޗު ފެށިގެން ނިމެން ދެން އެ ޓީމަށް ސަޕޯޓް ކުރަމުން ދިޔަ އެވެ. ފުރަތަމަ ހާފުގައި އެޓީމަށް އިތުރު ލަނޑެއް ޖެހުނު ކަމަށް ހީކޮށް ސަޕޯޓަރުން އުފާފާޅު ކުރުމުގެ ގޮތުން އަޑު ގަދަ ވެސް ކުރި އެވެ. އެކަމަކު ލައިސްމަން ހުރީ އޮފްސައިޑް ކަމަށް ދިދަ ނަގައިގެންނެވެ. ލައިސަމަން ދިދަ ނަގައިގެން ހުރުމުން، ގްރީންގެ ބެންޗުގައި ހުރި އޮފިޝަލަކު ވަނީ އޮފްސައިޑް ނުވާނެ ކަމަށް ބުނެ ލައިސްމަނާ މުހާތަބު ކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އަހްމަދު އައިހަމް ސަސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެ ޓީމުން އުފެއްދި ހަމާލާއެއް ދިފާއު ކުރަން ގްރީންގެ ކުޅުންތެރިން އޭރިއާގެ ތެރޭހގައި ތިއްބައި ރީބައުންސްވި ބޯޅަ އެއްފަހަރުން ޖަހައި އައިހަމް ވަނީ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.
ދެވަނަ ހާފުގައި ގްރީން އިން އިތުރު ދެ ލަނޑު ޖހައި ނަތީޖާ 3-1 ށް ބަދަލު ކުރި އެވެ. ގްރީންގެ ދެ ވަނަ ލަނޑު، ޖެހީ ހަސަން ނަޒީމް (ޗޯޓް) އެވެ. ސަސްގެ ހާފުގެ މެދެއްހާ ހިސާބުން ގްރީން އަށް ލިބުނު ހިލޭ ޖެހުން އަންސަރު އިބްރާހިމް ނަގައި ދިނުމުން ނަޒީމް ވަނީ ބޮލުން ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.
އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ހޯޒޭ އަވީލާ އެވެ. ރިލްވާން ނެގި ހުރަސް، ސަސްގެ އޭރިއާގެ ތެރެއިން އެހެން ކުޅުންތެރިޔަކު ބޮލުން ޖަހައި ގޯލް ކުރިމައްޗަށް ހުރަސް ކޮށްދިނުމުން އަވީލާ ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ. ކީޕަރު މީސަމް އަށް ވެސް ހުރެވުނީ ނުބައި ޕޮޒިޝަނެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިރިޔާނީ
22 June 2022
ނަޒީމްގެ ކަހަލަ ޒުވާން ފޯވާޑުންނަށް ގައުމީ ޓީމުން ޖާގަ ނުދޭންވީ ސަބަބެއް ނެތް. ެެ ާ
ފޮނިފޮނިޓައްޕު ކުމާރު
22 June 2022
ސަަސް މީ ކޮންތާކުން ނުކުމެގެންއުޅޭބައެއް.
ޖުހާނާ
23 June 2022
ކޮންމެ ތާކުން ނުކުތިއްޔާ ކަލެއަށް ކޮން ބެހޭ ކަމެއް؟