މާލެ: ޖެނުއަރީ 8، 2017: ބިލަބޯންގް އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރަކު ސްކޫލަށް ވަންނަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 ޖުލައި 2022 - 15:38
އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ސްކޫލުތަކުގެ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ހިންގަނީ ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް އާއި އަމީރު އަހުމަދު ޕްރީ ސްކޫލް އަދި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލެވެ.
އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވީ، އެ ސްކޫލްތަކުގެ ޓީޗަރުންގެ މުސާރަ ބޮޑުކުރަން ނިންމީ ސަރުކާރުގެ ސްކޫލުތަކުގެ ޓީޗަރުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން ކަމަށެވެ.
ހާއްސަކޮށް ތައުލީމީ ދާއިރާގެ ކުރިއެރުމަށްޓަކައި ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ މުހިންމު ކަމެއް ކަމަށް އައިލެންޑާސް އިން ގަބޫލުކުރާތީ، އެ ކުންފުނިން ވެސް މުސާރައިގެ ކުރިއެރުން ގެނައީ ކަމަށް އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެ ކުންފުނީގެ ދަށުން ހިންގާ ސްކޫލްތަކުގެ ޓީޗަރުންގެ މުސާރަ އަންނަ ދިރާސީ އަހަރުން ފެށިގެން ބޮޑު ކުރާނެ އެވެ.
ޓީޗަރުންގެ މުސާރަައިގެ ކުރިއެރުމާއެކު، ސްކޫލުގެ ކުދިންގެ ފީ އަށް ބަދަލު އަންނާނެ ކަމަށް އައިލެންޑާސް އެޑިއުކޭޝަނުން ބުނެ އެވެ. އެ ބަދަލުތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އައިލެންޑާސްގެ ސްކޫލުތަކުގެ ބެލެނިވެރިންނާ ހިއްސާ ކުރަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުދިންގެ ފީ އަށް ގެންނަ ބަދަލުތަކާއެކު، ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރާނެ ކަމަށާއި ލިބެން ތިބި އެންމެ ރަނގަޅު ޓީޗަރުންނަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް އައިލެންޑާސް އިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީނާ1
03 July 2022
މަރްހަބާ... ރަނގަޅު ނިންމުމެއް.. އަވަހަށް އައިލެންޑަރސް ސްކޫލަކުން ވަޒީފާ ލިބޭތޯ ބަލަންވީ..
އަންނިމާމަ
03 July 2022
ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރަނގަޅުކަމެއް.އެކަމަކު ރާއްޖޭގައި މި ހިންގާ އެއްވެސް ކޮލެޖަކުން ޓީޗިން ކިޔަވައިގެން ހުރި ގްރެޖުއޭޓަކަށް މުސާރަދޭން ހެޔޮނުވާނެ. އެސައިމަންޓު ގަނެގެން ފާސްވާ ބައެއް އެއީ.
ބުހުތާން
03 July 2022
ތިޔަބުނާ ބުހުތާނަށް ކެރޭނެތަ ބުނަން ހަމަ ތިޔާގޮތަށޭ ކަންކުރަނީ ތިޔަ ބުނާ ސްކޫލްތަކުގެ ތެރޭގައި އަމީރުއަހްމަދު ހިމެނޭބާ؟ ޗުއްޓީއަށްއައިރު އަހަރުމެންނާ ބައްދަލު ކޮށްނުލިތާ ތިކިޔާ މުސާރައެއްގެ ވާހަކަވެސް އަޑުނާހަން. އެހެންސްކޫލްތަކުގެ މީހުންނަށް ތިޔަބޮޑު ކުރިވަރު ކިޔާދިން. އަހަރުމެންނަށް ހަމަހަމަކޮން ތިޔާ ލާރިދޭން ކެރޭނަތަ؟ މީ ދޮންދަރިން ދޮތަ؟