އަމީރު އަހުމަދު ޕްރީސްކޫލުގެ ދަރިވަރުންތަކެއް، އެ ސްކޫލުގެ ބޭންޑުގައި .--ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
05 މާޗް 2020 - 12:28
އައިލެންޑާސް އެޑިއުކޭޝަނާ ދެމެދު ކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އަމީރު އަހުމަދު ޕްރީސްކޫލުގެ ބިން ސަރުކާރުން ހަވާލުކޮށްފައި ނުވާތީ އެ މަޝްރޫއު ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވެއްޖެ އެވެ.
ކުންފުނީގެ އަމިއްލަ ޚަރަދުގައި، އަމީރު އަހުމަދު ޕްރީސްކޫލު އިމާރާތްކޮށް، ހިންގަމުން އަންނަނީ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގެ ބައެއް އަދި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލު ހިންގަން ވެސް އައިލެންޑާސް އަށް ބިން ދިނީ، އަމީރު އަހުމަދު ޕްރީސްކޫލު ހިންގުމުގައި ވެސް އެހީތެރިވުމަށް އެއްބަސްވެގެންނެވެ.
އެ ސްކޫލުތައް ހިންގަނީ އަމީރު އަހުމަދު ޕްރީސްކޫލު ވެސް ހިންގާ ހެންވޭރު ޑްރީމް ކެމްޕަހުގެ ބިމުގަ އެވެ.
އަމީރު އަހުމަދު ޕްރީސްކޫލު ހިންގަން އެޑިއުކޭޝަން މިނިސްޓްރީން އައިލެންޑާސް އެޑިއުކޭޝަނާ ހަވާލުކުރީ މީގެ ހަތް އަހަރު ކުރިންނެވެ. އެކަމަކު ޑްރީމް ކެމްޕަހުގައި އަމީރު އަހުމަދު ޕްރީސްކޫލު ހިންގާތާ ހަތް އަހަރު ވެގެން ދިޔައިރު ވެސް އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން ބިން ހަވާލެއް ނުކުރެ އެވެ.
މާލޭގައި ހިންގާ އެހެން ޕްރީ ސްކޫލުތަކާ ހިލާފަށް އަމީރު އަހުމަދުގައި ނަގަނީ ވަރަށް ކުޑަ ފީ އެކެވެ. އެއީ ކޮންމެ ދަރިވަރެއްގެ އަތުން 250ރ. އެވެ.
އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަދްލީ ރަޝީދު މިއަދު ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ބިން ހަވާލު ނުކުރާތީ އެ މަޝްރޫއުގައި އިމާރާތް ކުރަންޖެހޭ ތަންތަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
އައިލެންޑާސް އިން ޑްރީމް ކެމްޕަހުގައި ހިންގާ ހަތަރު ސްކޫލުގައި މިހާރު ވެސް 2000 އެއްހާ ދަރިވަރުން ކިޔަވަމުން ދެ އެވެ.
"މި މައްސަލަ އަށް ހައްލެއް ލިބޭތޯ އަޅުގަނޑުމެން މިހާރު ހުއްޓުމެއް ނެތި ހަތް އަހަރު ވަންދެން، އެ އިރެއްގައި އޮތް ސަރުކާރަކާ އެއްކޮށް މަސައްކަތް ކުރެވިއްޖެ. މިއަދާ ހަމައަށް ވެސް އިމާރާތްކުރަން ބޭނުންވާ ފައިސާ ހޯދުމަށް ބޭންކުތައް ގަބޫލުކުރާ ފަދަ އެގްރިމެންޓެއް އަޅުގަނޑުމެން އަތަކު ނެތް،" އަދްލީ
އެއްބަސްވުމުގައި ސޮއިކުރި ފަހުން، ހަތަރު ފަހަރެއްގެ މަތިން ސަރުކާރު ބަދަލުވެ، ސިޔާސަތަށް އައި ބަދަލުތަކާ ގުޅިގެން 2013 އާއި 2018 ވަނަ އަހަރު ސަރުކާރުން ވަނީ އެއްބަސްވުން ބަދަލުކޮށްފަ އެވެ. އެންމެ ފަހުން 2018 ގައި ސޮއިކުރި އެއްބަސްވުމުގައި، އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ސްކޫލުތަކުގެ ބިމުގެ ވެރިފަރާތަކީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށް ނިންމާފައި ވެ އެވެ. ނަމަވެސް، އެ ބިންތަކުގައި އިތުރަށް ބޭނުންވާ ކްލާސްރޫމުގެ އިމާރާތްތަކުގެ ކުރެހުން ފާސްކުރަން މިދިޔަ އަހަރު ހުށަހެޅުމުން އެއިން އެއްވެސް ބިމެއް އޮތީ އެ މިނިސްޓްރީ ދަށުގައި ނޫން ކަމަށް ބުނެފައިވާ ކަމަށް އަދްލީ ވިދާޅުވި އެވެ.
ބިމުގެ ބެލެނިވެރި ފަރާތް ސަރުކާރުން މިއަދާ ހަމައަށް ވެސް ސާފުކޮށްދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މައްސަލަ އަށް ހައްލެއް ލިބޭތޯ އަޅުގަނޑުމެން މިހާރު ހުއްޓުމެއް ނެތި ހަތް އަހަރު ވަންދެން، އެ އިރެއްގައި އޮތް ސަރުކާރަކާ އެއްކޮށް މަސައްކަތް ކުރެވިއްޖެ. މިއަދާ ހަމައަށް ވެސް އިމާރާތްކުރަން ބޭނުންވާ ފައިސާ ހޯދުމަށް ބޭންކުތައް ގަބޫލުކުރާ ފަދަ އެގްރިމެންޓެއް އަޅުގަނޑުމެން އަތަކު ނެތް،" އަދްލީ ވިދާޅުވި އެވެ.
"ދެން ބާކީ މި އޮތީ މި އަހަރު އެންމެ ނުވަ މަސް. ކިހިނެއްތޯ 2021 ވަނަ އަހަރަށް އެގްރިމެންޓްގައި އޮތްގޮތަށް އަޅުގަނޑުމެން އިމާރާތެއް އަޅާނީ؟،"
އޭނާ ވިދާޅުވި ގޮތުގައި، އެ ސްކޫލުތަކުގައި ކިޔަވާ 2000 އެއްހާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް ލިބެންޖެހޭ އަސާސީ ހައްގު ސަރުކާރުން ހިމާޔަތް ކޮށްދޭންޖެހޭނެ އެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް "މިހާރު" އާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ މި މައްސަލަތަކާ ހެދި ސްކޫލު ހިންގަން ދަތިތަކާ ދިމާވެފައިވާ ކަމަށް އައިލެންޑާސް އިން އަންގާފައިވާ ކަމަށެވެ. އެ ކަންތައްތަކުގެ ތެރެއިން ސްކޫލު ހުއްޓާލަން ޖެހިއްޖެ ނަމަ އެކަމުގެ ގެއްލުން ބެލެނިވެރިންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިހެން ބަލަން ތިބެވޭކަށް ނުހުރެވޭނެ،" ބެލެނިވެރިއާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޅެކުޅެ ތިއްބާ
06 March 2020
ތިޔަތަންތަނުގައި ކުދިން ކުޅެކުޅެ ތިއްބާ އެހެންތަންތަނުގެ ކުދިން ކިޔަވާ މޮޅު އެބަވޭ. މަތީ ގްރޭޑް ތަކަށް ދިއު މުން އެހެން ސްކޫލަކަށް ކުއްޖާ ބަދަލުކުރަން ޖެހެނީ.
ޢަނާ
06 March 2020
އީޕީއެސްއެސް ވެސް ދިން ގޮތަށް މާފަންނު ސްކޫލާ ގަލޮޅު ސްކޫލް ވެސް ދީބަލަ އައިލެންޑާޒް އަށް. ރަގަޅު ތަޢުލީ މަކަށް ބޮޑަތި ބިންބިން ބޭނުން ނުވާކަން، އައިލެންޑާސްއާ، އަހްމަދިެްޔާ އަދި ޖަމާލުއްދީނުން އެދަނީ ސާބިތު ކޮށް ދެމުން
ވެރިފަރާތް ނޭގި ބިންދެވިފައި
05 March 2020
ބި މުގެ ވެރިފަރާތް ނޭގި ބިންދެވިފައި އޮތްއޮތުން އެއީނުދައްކަންވީ ވާހަކަ؟
އޮނަރަބްލް އަފީފު ދީދީ
05 March 2020
މިއީވެސް ހަމަ ޓީއެމްއޭ އެއްބަސްވުންފަދަ "ވާނުވާ ނޭގޭ" އެއްބަސްވުމެއްތޯ؟! # ދައުލަތާއި ދައުލަތް ޙިއްސާވާ ކުންފިނިތަކުން އެކުލަވާލާ މިފަދަ އެންމެހާ އެއްބަސްވުންތަކުގެ ކަންކަން މިއަށްވުރެ ހަރުދަނާކޮށް ގޯސްތަކެއް ހަދާފައިވާނަމަ އެއްބަސްވުން އުވޭނެ ބާރު ދައުލަތަށް ލިބޭގޮތަށް ޤާނޫނުތައް ހަދާ އަދި މިފަދަ ކަންކަމުގައި އިހްމާލުވާ މީހުނަށް ޖިނާއީ ދައުވާ ކުރެވޭގޮތަށް ހަދާންޖެހޭ.
ޢީސަ
05 March 2020
ޜައީސް އޮފަިހުން މިކަމަށް ހައްލެއް ބެނުން. ޢެހެންނުނީ ހުރިހާ ދެރަޔެއް ދަރިވަރުން ނަށް
ކުޑަ ހަސަނު
05 March 2020
އޭ ސްޓާރ ލިބޭ އެޑިއުކޭޝަން މިނިސްޓަރަށް މިކަން ހައްލުނުކޮށް ދެވެންޔާ، ޔޫ ސެޓެއް ނު ދޭންވީ...
ޢަނީ
05 March 2020
ޕާލިމެންޓަށް4000 ބެލެނިވެރިންގެ ޕެޓިޝަން. ދެން ސަރުކާރާ އިދިކޮޅަށް ކޯޓަށްމައްސަލަ. އަވަސް ކުރޭ އައިލެންޑާސް.
ީއާޝިޔަތު
05 March 2020
މިއީ މަޖާކޮއްފަ ބަޔަކާ ދިމާލަށް އެއްޗެހި ކިޔާކަހަލަ ކަމެއްނޫން. ބަޔަކު ރަނގަޅަސް ގޯހަސް އެތާނގަ ކިޔަވާ 2000 ކުދިން އެބަތިބި. އަދި އެކުދިންނަށް ކިޔަވައިދޭ މުދައްރިސުންގެ މުސްތަގުބަލު މިއީ. މިކަމުގަ ހިރުހާ ބެލެނިވެރިން އެއްވެގެންނަމަވެސް ސަރުކާރަށް ބާރުއަޅާގެން ހައްލެއް ހޯދަންޖެހޭ. ހައްލެއް ނުހޯދިއްޖެއްޔާ ވާނޭ ގެއްލުން ހިޔާލުކުރަން ވަރަށް ދަތި.
ޑްރީ މް
05 March 2020
ޑްރީ މް ކެ މްޕަހުގައި ހިންގާ ހަތަރު ސްކޫލު؟އައިލެންޑަރސް އާ ހުރިހާ ސުކޫލެއް ހަވާލުކުރަންވީ. ކޮން މެ ކެ މްޕަހެއްގައި ހަތަރު ސްކޫލު ހިންގަދޭނެ.ކުލަވަރާ އެއްވަރަށް ކުދިން ނި މޭއިރު ފާސްވޭބާ އެކަ މަކެ؟
ހައްވާ
05 March 2020
ތިކަމުގައި ޕޭރަންޓުން ޕެޓިސަނެއއް ލާންފެނޭ