އެމްޕީއެލްގެ ސީއީއޯ ޖުނައިދު (ކ) އަފާ އަށް ހަނދާނީ ލިޔުމާއި ފިލާ ދެއްވަނީ. --ފޮޓޯ: އެމްޕީއެލް
31 ޑިސެމްބަރ 2016 - 13:37
ރާއްޖޭގެ މި އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ހާސިލްކުރި އަފާ އިސްމާއިލް ހޯދަމުން އަންނަ ކާމިޔާބީގެ އަގު، އޭނާ ވަޒީފާއަދާކުރާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒަންކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މުވައްޒަފުން ގިނަ އެއް ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމް ފުރަމުން އަންނަ އަފާގެ ކާމިޔާބީ ފާހަގަކުރުމަށް އެ ކުންފުނިން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހަފުލާއެއް ބާއްވައިފަ އެވެ.
އަފާގެ ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން އެމްޕީއެލް އިން އޭނާ އަށް ދިން ފިލާ އާއި ހަނދާނީ ލިޔުން އަދި ގިފްޓް ވައުޗާ ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދެވެ.
އަފާގެ އިތުރުން ވެސް ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އަންނަނީ އެމްޕީއެލްގައި މަސައްކަތްކުރަމުންނެވެ. އެ ކުންފުނިން ކުޅުންތެރިން މެޗުތަކާއި ޕްރެކްޓިސް އަދި މުބާރާތްތަކަށް ވީއްލާއިރު، އެ ކުންފުނީގެ ޓީމުތަކުގައި ވެސް އެ ކުޅުންތެރިން ބައެއް ފަހަރު ވާދަކުރެ އެވެ.
މި އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް އަފާ ހޯދިއިރު އޭނާ ވަނީ ބޭރާއި ރާއްޖޭގެ މުބާރާތްތަކުގައި މި އަހަރު ވިދާލައިފަ އެވެ. އެގޮތުން ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ރެކޯޑް މުގުރާލި ޓީމުގައި ހިމެނި އަދި ރިއޯ ޑި ޖެނީރޯގައި ބޭއްވި އޮލިމްޕިކްސްގައި 200 މީޓަރު ދުވުމުން ރާއްޖޭގެ ރެކޯޑް މުގުރާލި އެވެ. އަދި މި އަހަރުގެ ގައުމީ މުބާރާތުގެ 200 މީޓަރު ދުވުމުން އެއް ވަނަ ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުމަތު ފަރީމާ
01 January 2017
އެމް.ޕީ.އެލް އެކަންޏެއް ނޫން ކުޅިވަރު ތަކަށް މީހުން ވީއްލަނީ. މިހާރު ސަރުކާރުގެ އޮފީސްތަކުގެ ވަޒީފާތަކަކީ ޕާރޓް ޓައިމް ވަޒީފަތަކަކަށް ބަދަލުވެއްޖެ. މުވައްޒަފުން ވައްދަނީ ކުޅިވަރު ކުޅޭ މީހުން ބަލައިގެން. އެމީހުން ތިބެނީ އަބަދު މަސައްކަތުން ވީއްލާފައި. އޮފީސްތަކުން ކުލަބު ހަދައިގެން މުބާރާތް ތަކުގައި ބައިވެރިވުމާއި ކުލަބު ހިންގުން މި އޮންނަނީ އެކަމަށް އެތަކެއް މުވައްޒަފުން ވީއްލާފައި. ދެން އުޅެނީ ކިޔަވަން ކުލާސްތަކަށް ދާ ކުދިން. ދެން މަސައްކަތް ކުރާނީ ކޮން ބައެއް.
ޙެހެހެ
01 January 2017
މިހާރު އެމްޕީއެލް އަކީ މަޖަލާއި ކުޅުވަރުގައި އުޅޭ ތަނެއް! ބަނދަރަށް އަންނަ ބޯޓު ފަހަރު ހުސް ނުކުރެވުނަސް އޯކޭ.