ޚަބަރު / މާލެ ސިޓީ ކައުންސިލް

މަގު ހެދުމުގެ މަޝްރޫއު އަތުލުމަކީ ކެބިނެޓުން ހިންގި ގާނޫނާ ޚިލާފު އަމަލެއް: މުއިއްޒު

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: މާލޭގެ މަގު ހެދުމުގެ މަސައްކަތް ކައުންސިލުން ނެގި މައްސަލައިގައި ދަނީ ހިތްހަމަނުޖެހުންފާޅުކުރަމުން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕްލޭނިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލުމަށް ކެބިނެޓުން ނިންމާފައި ވަނީ ކައުންސިލްގެ ބާރުތަކަށް އަރައިގަނެ ގާނޫނާ ޚިލާފަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

"މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ކައުންސިލާ ހަވާލުކުރީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް އިރު، މޭޔަރު ޝިފާ މުހައްމަދުގެ ބެއްލެވުމުގެ ދަށުންނެވެ. ފަހުން ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލް އިންތިހާބުވުމުން ވެސް އެ މަޝްރޫއު އެ ކައުންސިލުން ކުރިއަށް ގެންދަން ނިންމައި އާރުޑީސީއާ އެކު އޮތީ ސޮއިކޮށްފަ އެވެ.

އެކަމަކު ސިޓީ ކައުންސިލަށް އެކަން ކުރިއަށް ނުގެންދެވުނު ކަމަށް ބުނެ އަމީނީ މަގު ހެދުން ވަކި ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށް ގެންދަން ޕްލޭނިން މިނިސްޓްރީން އިއްޔެ ވަނީ އާރުޑީސީއާ ހަވާލުކޮށްފަ އެވެ.

މި މައްސަލާގައި މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގެ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލުގެ އަތުން އަތުލީ ކެބިނެޓުން އެގޮތަށް ނިންމުމުން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. މިއީ، ސަރުކާރުން ހިންގި ލާމަރުކަޒީ ގާނޫނާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ސަރުކާރަށް ފާޑުވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެންބޮޑުވުމާއި އަޑިގުޑަންތަކާ ހެދި މާލޭގެ ރައްޔިތުންނަށް އުނދަގުލަކަށް ވެފައިވާ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް އަވަހަށް ނިންމުމުގެ މަސައްކަތް އެ ކައުންސިލުން ފެށީ ސަރުކާރާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

"މި މަޝްރޫއަކީ ކެބިނެޓުން ފާސްކޮށް އެ އޮންނަ އުސޫލުން މަޖިލީހުން ބަޖެޓް ފާސްކޮށް ޕީއެސްއައިޕީ ތެރޭގައި ހިމަނައި މާލޭ ސިޓީ ކައުންސިލުގެ މަޝްރޫއުއެއްގެ ގޮތުގައި ހަމަޖައްސައިގެން ކުރިއަށް ގެންދާ މަޝްރޫއުއެެއް،" ކުރިން ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެއްބަސްވުމަށް ބައެއް ބަދަލުތައް ފަހުން ގެނައީ މަޝްރޫއު އަވަސްކުރުމުގެ ގޮތުން ކަމަށެވެ.

"ދެ ބަދަލެއް ގެނައީ. އެއީ މުޅި ސްކޯޕް ބަދަލުނުކޮށް ބަޖެޓް ބޮޑުނުކޮށް އެ ބަޖެޓްގެ ތެރެއިން އެއިން އެއްވެސް މަގެއް އުނިނުކޮށް އެހެންނަމަވެސް ޓްރެފިކް އެންމެ ބޮޑުވާނެ މަގުތަކުގައި ތާރު އަޅައިގެން ހެދުން. އެކަން ކުރީވެސް ޕްލޭނިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށްގެން،" މަގު ހެދުމުގެ މަސައްކަތުގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވި އެވެ.

"ކުރިން އޮތީ ފަހަރަކު ސެގްމެންޓެއް ހަދާ ގޮތަށް. އޭރުން މި މަޝްރޫއު ނިމޭނީ ހައެއްކަ އަށެއްކަ އަހަރުން. އެހެންވެ މަޝްވަރާތަކަށް ފަހު ނިންމީ ދެ އަހަރުގެ ތެރޭގައި ނިންމޭ ގޮތަށް އެކި ސެގްމެންޓްތައް އެއް ފަހަރާ ކުރިއަށް ގެންދާނެ ގޮތެއް ހެދުން."

އޭނާ ވިދާޅުވި ގޮތުގައި އެ ގެނައި ބަދަލާ އެކު ރޯޝަނީ މަގު ހެދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ބަޖެޓްގެ ދަތިކަން ކުރިމަތިވި އެވެ. އެ މަޝްރޫއުއަކީ 400 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުން ބަޖެޓް އޮންނަނީ ޕްލޭނިން މިނިސްޓްރީގެ ދަށުގައި ކަން މޭޔަރު ފާހަގަކުރެއްވި އެވެ.

"ރޯޝަނީ މަގުގެ ވަކި ހިސާބަކުން ފައިސާ ދޫކުރުން ހުއްޓާލައިފި. މަސައްކަތް ނިމުނީމަ ވެސް ފައިސާއެއް ނުދިން. އާރުޑީސީއަށް ވެސް ބޮޑު ގެއްލުމެއްވި. ދެން އެ ހިސާބުން އެކުންފުނިން މަސައްކަތް ހުއްޓާލީ،" މުއިއްޒު ވިދާޅުވި އެވެ.

މަގު ހެދުމުގެ މަސައްކަތަށް ބުރޫ އެރުމުން، މުއިއްޒު ވިދާޅުވި ގޮތުގައި، ހައްލެއް ހޯދަން ކަމާގުޅޭ ފަރާތްތަކާ އެކު ގިނަ ބައްދަލުވުންތަކެއް ބޭއްވެވި އެވެ. އެކަމަކު އެ މަޝްރޫއު ސިޓީ ކައުންސިލުން އަތުލުމާ ހަމައަށް ހައްލެއް ހޯދައިދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓް ތާށިކުރުމުން ހަ މަސް ދުވަހު ހުއްޓިފައި އޮތް މަޝްރޫއު އަތުލާފައިވާ ކަމަށް އިއްޔެ ސިޓީ ފޮނުވުމަށް ފަހު އާރުޑީސީއާ އެކު ޕްލޭނިން މިނިސްޓްރީން ސޮއިކުރުމަކީ ކައުންސިލްގެ އަތުން ލާމަރުކަޒީ ބާރުތައް ނިގުޅައިގަތުން ކަމުގައި ސިފަކުރެއްވި އެވެ.

"[މަޝްރޫއު އަތުލި] ސަބަބެއް ކަމަށް އޮތީ މި މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރުމަށް އަޅުގަނޑުމެން އިހުމާލުވެފައިވާ ކަމަށް. އެހެންވެ އަޅުގަނޑުމެން އަތުން މަސައްކަތް ނަގައި ޕްލޭނިން މިނިސްޓްރީން ކުރަނީ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

މަގު ހެދުމުގެ މަޝްރޫއު ކައުންސިލްގެ އަތުން އަތުލި މައްސަލައިގައި އޭނާ ވަނީ ސަރުކާރަށް ފާޑުކިއުން އަމާޒުކުރައްވައި އެއީ ލާމަރުކަޒީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް ވިދާޅުވެފައި. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގި މަޝްރޫއު ކުއްލިއަކަށް ބަދަލުކުރެއްވި ގޮތާ މެދު ވެސް މުއިއްޒު ނުރުހުންފާޅުކުރެއްވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަކީ ވަކި އުސޫލެއްގެ ދަށުން އެއް އިދާރާއަކުން އަނެއް އިދާރާއަކަށް ބަދަލުކުރެވޭ މަޝްރޫއުތަކަކަށްވާއިރު އެ ބަދަލު ވެސް ގެނެސްފައި ވަނީ ގާނޫނާ ހިލާފަށެވެ.

"ރައީސް އޮފީހުން މިވަގުތާ ހަމައަށް ވެސް ސިޓީއެއް ނާދޭ މި މަޝްރޫއު ވަކިކުރި ކަމަކަށް. އަދި މަޖިލީހަކުން ވެސް ނާންގާ އެކަހަލަ އެންގުމެއް އެހެން އޮފީހަކަށް ޕްރޮޖެކްޓް ބަދަލުކުރި ކަމަށް. ދެން ކިހިނެއްތޯ އަޅުގަނޑުމެންނާއި އާރުޑީސީއާ އެކު ހެދި އެގްރީމެންޓަށް ވާނީ. އޭގައި އެބަ އޮވޭ ޓާމިނޭޓްކުރާނެ ގޮތް ވެސް،" މުއިއްޒު ސުވާލު އުފެއްދެވި އެވެ.

މުއިއްޒު ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުން އެގޮތަށް ކަންތައް ކުރަނީ ކައުންސިލްގެ އަތުލަބިއްޔަތު އިދިކޮޅަށް ލިބިފައިވާތީ އެވެ.

އޭނާ ވިދާޅުވީ އާރުޑީސީއާ އެކު ކައުންސިލުން 39 މިލިއަން ރުފިޔާއަށް ސޮއިކޮށްފައި ވަނިކޮށް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ އެ މަޝްރުއު ހަވާލުކުރީ ދެގުނަ ބޮޑުކޮށް ކަަމަށެވެ. މިކަމުގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތު ވެސް މުއިއްޒު ކުރެއްވި އެވެ.

"މަޝްރޫއު 39 މިލިއަނަށް ހަވާލުކޮށްފައި އޮއްވައި 84 މިލުއަނަށް ހަވާލުކުރީމަ ދެން މިއަށް ކިޔާނީ ކޮރަޕްޝަން ނޫނީ ވަކި ކޮން އެއްޗެއްތޯ. ހަމަ އިސްރާފެއް ނޫންތޯ ކުރެވެނީ. އެތަން އަތުލަންޏާ އަޅުގަނޑުމެން ބަދުނާމުކޮށްފައި ވެސް ގާނޫނީ ހަމައިގެ ތެރެއިން އެކަން ކުރަންވީ،" މުއިއްޒު ވިދާޅުވި އެވެ.

އަމީނީ މަގުގައި ތާރު އަޅަން ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ނިންމަން ދިނީ 10 މަސް ދުވަހެވެ. މި މަޝްރުއުގައި އަމީނީ މަގުގައި 1.7 ކިލޯމީޓަރުގެ ތާރު އަޅާނެ އެވެ. އެ މަގުގައި ފެންހިންދާ ނިޒާމަކާއި އަދި މަގުބައްތި ވެސް ބަހައްޓާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގ ދަށުން އެންމެ ފަހުން ހެދީ ރޯޝަނީ މަގެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ނިންމި އެ މަގުގެ މަސައްކަތަށް ފަހު، އިތުރު މަގެއްގެ މަސައްކަތް އަދި ނުފަށަ އެވެ.

44 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 7%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒިއުކް

05 July 2022

ޤާނޫނޯލަ ޤާނޫނުގަ އޮތް އެއްޗެއް ކަލެއަށް އެނގޭތަ؟؟ ބަލަ ޤާނޫނުގަ އޮތް ގޮތުން ސިޓީ ކައުންސިލުތަކާ ހަވާލުކުރުން ލާޒިމް ވާނި 15 މިލިޔަނުން ދަށުގެ ޕްރޮޖެކްޓްތައް އަދި ރަށު ކައުންސިލުތަކަށް 5 މިލިޔަނުން ދަށުގެ ޕުރޮޖެކްޓްތަައް.. ތިޔައިން އެންމެ މަގެއްގެ އަގުވެސް އުޅޭނީ މިހާރު ތަކެތީގެ އަގު ހުރި މިންވަރަށް ބަލާއިރު 50 މިކިޔަނާ 90 މިކިޔަނާ ދެމެދުގަ..

The name is already taken The name is available. Register?

ޕޮލިޓިކް

05 July 2022

މާލޭގެ މޭޔަރަށް ހޮވުނު ފަހުން މީނާގެ ކަމަކީ ހުއްޓުމެއްނެތި ޝަކުވާކުރުމާއި ދޮގުހެދުން. ކުރަން އަދި ކުރެވެންހުރި ބައިވަރު މަސައްކަތްތައް ނުކުރެވި ހުއްޓާ އަބަދުވެސް ނުކުރެވޭނެ ކަންތަކުގެ ވާހަކަ އާއި ފިތުނައިގެ ވާހަކަތައް ކެނޑިނޭޅިއިވެނީ. ދެރަކަމެއް.

The name is already taken The name is available. Register?

މިސްޓަރ ޓިނޭ

05 July 2022

މަކަލޯ ހަމަ ވިސްނާ ވިސްނާ ނޭނގޭ ކަމަކަށް މިކަން މިހެން މިވަނީ، ރައްޔިތުންނަށް ހެޔޮއެދޭ ފަރާތްތަކުގެ ހެޔޮފުޅުކަން، ރައްޔިތުންނަށް ފަސޭހަކަމާއިއެކު ހިންގާ ހަދަން ،ދުއްވާލާ ހަދަން ވެގެން މަގުހަދާ ހިތުން ކަރުމަރު ހިފަނީ،

The name is already taken The name is available. Register?

އަޙުމަދު.

05 July 2022

ޤާނޫނު އެނގިލައްވަނީ ހަމައެކަނި މުއިއްޒަކަށް ނޫނެވެ. ތިޔަ ޤާނޫނު އޮތްތާ އޮއްވަނޫންތޯ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގަ ސިޓިކައުންސިލްގެ ބެލުމުގެ ދަށުގަ ހުރި އެތަށްބިމެއް ހައުސިންމިނިސްޓްރީ އަށް ނެގުމާ އަދި މިނޫންވެސް ޤަނޫނާޣަވާއިދާ ޚިލާފަށް އެތަށް ކަމެއް ކުރެއްވީމުއެވެ. އޭރު ތިޔަބުނާ ގާނޫނު ވުޖޫދަށް ނާންނަނީތޯއެވެ. މުއިއްޒުމެންގެ ވެރިކަމުގަ މާލެގެމަޖީދީމަގު ހެއްދެވިފަހު އެމަގު ފެންބޮޑުވާ ހަދާނެއް މިހާރު ނުހުރެއެވެ. އެހާވެސް ފުރިހަމައެވެ.

The name is already taken The name is available. Register?

އެނޮނިމަސް

05 July 2022

މަ ހަދާންވަނީ މަނިކުފާނު ހައުސިންގ މިނިސްޓަރަކަށް ހުރެފަ އޭރުގެ ސިޓީ ކައުނސިލްގެ ބާރުތައް ނެގި ހަނދާން... މިއަދު އަމިއްލަ އަގައިން ތިބުނީ އެކަންކުރީ ގާނޫނާ ހިލާފަށް ކަމަށް... ދައްކަވަން ހުރި ކިތަންމެ ކަމެއް ދައްކަވާނެ އިނގޭތޯ...

The name is already taken The name is available. Register?

ޙަޖަމް31

04 July 2022

ދެން ހިތްވަރުކޮއްލާ.. މިއީ ހަމަ މުއިއްޒު މިނިސްޓަރުކަމުގަ، ކައުންސިލައް ޖެއްސި ހާލު..

The name is already taken The name is available. Register?

ޢަރުތަ

04 July 2022

"މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ކައުންސިލާ ހަވާލުކުރީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް އިރު، މޭޔަރު ޝިފާ މުހައްމަދުގެ ބެއްލެވުމުގެ ދަށުންނެވެ. ފަހުން ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލް އިންތިހާބުވުމުން ވެސް އެ މަޝްރޫއު އެ ކައުންސިލުން ކުރިއަށް ގެންދަން ނިންމައި އާރުޑީސީއާ އެކު އޮތީ ސޮއިކޮށްފަ އެވެ". އެކަމަކު މިހާތަނަށް އެޅުނު ބިހެއްނެތެވެ. ހަމަ ގޭސް އަނބުރަން ތިބީއެވެ.

The name is already taken The name is available. Register?

ތުންފަތް

04 July 2022

މުޢިއްޒު އެކަމެއްގަވެއްޖެތަ، ސަހަލުގޮތަކަށް އެކަމެއް ނުނިމޭނެ. މިއީ އަދަކު އިއްޔެއަކު އެކަންޏެއްނޫނެވެ. ފެށުނީއްސުރެންނެވެ. އަނެއްކާ ތީނަބުނާއެއްޗެއް ދެކޮޅެއްނުޖެހޭނެ. ބޮޑު ފިތުނަވެރިއެއް.

The name is already taken The name is available. Register?

އަބުދުލް ޤާދިރު

04 July 2022

39 މިލިޔަނަށް ކުރެވޭ މަސައްކަތް 84 މިލިޔަނަށް ފުކެއް ބޮޑުވަރު 2023 ގެ ކެމްޕޭނަށް ފައިސާ ހޯދަން ވާނެ ވިއްޔާ.

The name is already taken The name is available. Register?

އީސަދަރި

04 July 2022

މުއިއްޒު ބުނާހާ އެއްޗެއް ގަބޫލްކޮއްގެން ފާފަވެރި ނުވާށެވެ. ތިބުނާ 39 މިލިޔަނަކުން 84 މިލިޔަނަށް ބަދަލުވީ ޕްރޮޖެކްޓަށް ބަދަލުތަކެއް އައިސްގެން ކަމަށްވެސް ވެދާނެއެވެ. އާއްމުކޮށް ދޮގުހަދާ މީހުން ދައްކާ ވާހަކަ ގަބޫލްކުރުން އެއީ ގޯހެކެވެ.

The name is already taken The name is available. Register?

އަޙުމަދު.

05 July 2022

39 މިލޔަނަށް މުއިއްޒު އަށް ކުރެވިދާނެ. ޢެކަމަކު 3 ފަހަރަށް އެކަން ކުރަންޖެނޭ. އެބޭފުޅުން ހެއްދެވި ރަސްފަންނު ބިީޗްއަށް ބައްލަވާލައްވާ. ކިތަށްފަހަރަށް އެތަން ހެއްދެވިތޯ؟

The name is already taken The name is available. Register?

ށަވިޔަނި

04 July 2022

މުއިއްޒުގެ ދުލުން ތިކަހަލަ ވާހަކަ އަޑުއަހާހިތެއްނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454