އެމެރިކާގެ އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވުން އުފެދި ތެލުގެ އަގު ވަނީ ވެއްޓިފައި. -- ފޮޓޯ: ރޮއިޓާސް
06 ޖުލައި 2022 - 07:26
އެމެރިކާގެ އިގްތިސާދަށް ރިސެޝަނެއް ކުރިމަތިވެ ތެލުގެ ޑިމާންޑް ދަށަށް ހިނގައިދާނެ ކަމުގެ ބިރާ އެކު، ސާފު ނުކުރާ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިއްޔެ ވެއްޓުމަށް ފަހު މިއަދު އަނެއްކާވެސް މައްޗަށް ޖެހިލައިފި އެވެ.
އަންގާރަ ދުވަހު ދުނިޔޭގެ ބާޒާރުގައި، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން ދަށަށް ވެއްޓިފައި ވާއިރު މި އަގުގައި އެންމެ ފަހުން ތެޔޮ ލިބުނީ މީގެ މިދިޔަ ދެ މަސް ދުވަހު ކުރިންނެވެ.
ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔު.ޓީ.އައި) ކްރޫޑްގެ އަގު އަންގާރަ ދުވަހު ވަނީ 10 ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ގޮސް، ފީފާއެއްގެ އަގު 97.43 ޑޮލަރަށް ވެއްޓިފަ އެވެ. އެކަމަކު ދުވަހުގެ ވިޔަފާރި ނިމުނު އިރު ހުރީ 99.50 ޑޮލަރުގަ އެވެ. މިއީ 8 ޕަސެންޓުގެ ދަށް އަގެކެވެ.
ބްރެންޓް ކްރޫޑްގެ އަގު ވެސް 10 ޕަސެންޓަށް ވުރެ ދަށަށް ދިޔަ އެވެ. އަންގާރަ ދުވަހު މީގެ ތެޔޮ އެންމެ ބޮޑަށް ހެޔޮވީ 101.10 ޑޮލަރަށެވެ. ދުވަސް ނިމުނު އިރު ހުރީ 102.77 ޑޮލަރުގަ އެވެ.
މިއީ ޑަބްލިޔު.ޓީ.އައިގެ އަގު މެއި 11 ގެ ފަހުން 100 ޑޮލަރުން ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ހަމަ އެގޮތަށް، މިއީ އާންމުކޮށް 102 ޑޮލަރުން މަތީގައި ހުންނަ ބްރެންޓް ކްރޫޑްގެ އަގު ވެސް އޭޕްރީލް 25 ގެ ފަހުން އެޔަށްވުރެ ދަށްވި ފުރަތަމަ ފަހަރެވެ.
އެކަމަކު މިއަދު ވިޔަފާރި ފެށުމާ އެކު އަނެއްކާވެސް 100 އިން މައްޗަށް އަގު އުފުލުނަސް ހުރީ ކުރިން ހުރި ވަރަށް ވުރެ ދަށްކޮށެވެ.
ތެލުގެ އަގު ދަށަށް ދިޔަ މައިގަނޑު ސަބަބަކީ އެމެރިކާގެ އިގްތިސާދީ މައްސަލަތަކެވެ. އެމެރިކާގެ އިގްތިސާދު ރިސެޝަނަކަށް ހިނގައިދާނެ ކަމުގެ ބިރާ އެކު އެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. މީގެ އިތުރުން އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) އިން ތެޔޮ އުފައްދާ މިންވަރު މިދިޔަ މަހު ވަނީ ދުވާލަކު 100،000 ފީފާ މަދުވެފަ އެވެ. އޯޕެކުން ކުރިން ބުނެފައިވަނީ ދުވާލަކު 28.52 މިލިއަން ފީފާ އުފައްދާނެ ކަމަށެވެ. އެހެންވެ ސަޕްލައިއާ މެދު އޮތް ކަންބޮޑުވުމަކީ ވެސް އަގު ވެއްޓެން ދިމާވި އެއް ސަބަބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
07 July 2022
ދެން އަވަހަށް އިސްލާމުންގެ ތެޔޮހުރި ގައުމަކަށް އަރާ އެތަން ހިސާރުކުރަންވީނު! ކަލޭމެންނަކީ ހަމަ ބާބޭރިއަން! ފޭރޭ ބައެއް މީހުންގެ މުދާ! އިގިރޭޝިންވެސް ދެވަނަ ބޮޑު ހަގުރާމައިގައި އިންޑިޔާއަށް އަރާ އެތަނުގައި ހުރި އަލިމަސްފަދަ ޖަވާހިރުތައް ފޭރިގަނެ ރާނީގެ ތާޖްގައި ޖަހައިގެން ތިބެން ލަދުހަޔާތެއްވެސް ނެތް!
މީނާކުސީ
06 July 2022
ދުނިޔޭގެ އެތަންމިތާ 800 އަސްކަރީ މަރުކަޒު ހަދައިގެން ފަގީރު ގައުމުތަކާ ހަނގުރާމަކުރަމުންގޮސް ހުލިވާއަތަށް އަޅައިގެން އެއުޅެނީ. ނުވިތާކަށް ޔުކުރޭނުގެ ހުރިހާ ހަރަދެއް ބަލަހައްޓަން ޖެހިއްޖެ.
އަހުމަދު.
07 July 2022
ރަނގަޅު ވާހަކައެއް. ހީވަނީ ޔުކުރޭނަކީ ޔޫރަޕްގެ 3 ގައުމަކާ އެމެރިކާ އަށް ބަލަދު އަރައިގެން އުޅޭ ގައުމެއްހެން. 2014 އިން ފެށިގެ ޔުކުރެއިން ގެ އުނދަގޫ ތަށް ބޮޑުވެގެން ރަސިޔާ އިން ފަށައިގެން އުޅޭ ހަނގުރާމައެއް މީ. ފަލަސްތީނު ރައްޔިތުން ނަށް ކޮންމެ ދުވަހަކު އިޒުރޭލުން ދެމުންދާ އަނިޔާތަށް މި އެމެރިކާގެ ލޮލަކަށް ނުފެނެ.
މިތުރާ
06 July 2022
ޔޫޓިއުބު މެދުވެރިކޮށް ސަޖެސްޝަންގެ ގޮތުގައި އެމެރިކާނުން މަށަށް ފޮނުވާފަ ހުންނަ ޕުރޮޕެގެންޑާ ވީޑިއޯތަކުގަ ހުންނަނީ ޗައިނާއާއި ރަޝިއާއޭ ކިޔައިގެން އޭތިމީތި، ބާޑްން މިއުޅޭ ހާލެއް އެއަކުން ނުފެނޭ ދުވަހަކުވެސް.
އަހަމަދުފުތާފޭދޫ
06 July 2022
އެމެރިކާ މީހުން ފާސްޓުފުޑު ކައި ކައި މީހުން އޯވަރ ވެއިޓްވެ ލަގްޒަރީ ލައިފުގަ ބާންދީން ލައިގެން އުޅެއުޅެ މީހުން ހަލާކުވެ މަސައްކައް ކުރާނެ ވޯރކްފޯސް އެއް ނެއް. އެމެރިކާ ސަރުކާރައް މިހާރު އިނގޭ ދުނިޔޭގެ ޗައިނާ ފަދަ ގައުމުތަކާ ކޮމްޕިޓް ކުރާނެ ވޯކްފޯސް އެއް އާބާދީއެއް އެމެރިކާ ގަ ނެއްކަން ސޯ ހެދުނު އެއްޗެއްހަދާފަ ޗައިނާފަދަ ގައުމުގެ އެކޮނޮމީ ސްލޯޑައުން ކުރެވޭތޯ ހެސްކިޔާފަ އުޅުނަސް އެގައުމުތައް އިންތިހާޔައް ބާރުގަދަ ވައްލާހު އައުލަމް.
ބީރުބޮލު ވަޒީރު.
06 July 2022
ކޮބާތަ މިތާގަ އުޅޭ ލެއްގި ކޮމިޝަނަރާއި ސަލީމް އިދުރީސް. ފެނޭތަ ފެނޭތަ ބޮޑު މަންޒަރު. އެމެރިކާގެ އިގްތިސާދު ފުނޑެނީ. ޕޫޓިން އެބުނަނީ ދެން އެމެރިކާއަށް ފޮނެއް ނޭރުވޭނޭ. އެމެރިކާގެ ސުވިފްޓު ނިޒާމް ބަނގުރޫޓުވަނީ. އަދި މިއުޅެނީ ހަނގުރާމައަށް ފަސް މަސް ނުވެގެން. ބަލަން ތިބޭ އަންނަ އަހަރުގެ މެދުތެރޭގައި ބައިޑަން އިންނާނެ ސަލީމް އިދުރީސް ގޭ ދޮރުމަތީގައި ނާށިގަނޑު ހިފައިގެން ސަލާންޖަހަން ގޮސް.
ާއުނިމާ
06 July 2022
ރާއްޖެއިން އެބަޖެހޭ ތެލުގެ ވަރުގަދަ ރިޒާވެއް ޤާއިމްކުރަން، ރާއްޖޭގެ އަހަރުދުހަށް ވާވަރުގެ ސްޓޮކެއް، ތެޔޮވެއްޓޭއިރަށް ގަނެ ރިޒާވު ފުރާލަންވީ
ހަބީބު
06 July 2022
ކޮބާތަ މިތާ ކޮމެންޓްކުރާ ބީރުބޮލު ވަޒީރާ، ރަދީފް.... ޕުޓިން ގައިގަ ތެޔޮދަމާދޭން ރަސިޔާއަށް ދިޔައީތަ؟
ބީރުބޮލު ވަޒީރު.
06 July 2022
ހަމަހޭގަ ހުރެބަލަ. ޕޫޓިން ބޭނުންވާ ގޮތަށް އެދަނީ. އެމެރިކާގެ އިގްތިސާދު ފުނޑެނީ. އެމެރިކާގެ އިގްތިސާދަށް އިތުބާރު ނެތްވާހަކަ ހަބަރުގަ އޮތީ. އެމެރިކާގެ އިގްތިސާދު ރިސެސްއަކަށް ދަނީ. ގެޓުވެއްޖެތަ؟
ދަ އިކޮނޮމިސްޓް
06 July 2022
ދުނިޔޭގެ ބާޒާރުގަ ތެލުގެ އަގު 1 ޑޮލަރަށް ވެއްޓުނަސް ރާއްޖެ ގެނެސްފަހުރި 100 ޑޮލަރަށް ގަތް ތެޔޮ ހުސްވާނީ 1 އަހަރުން. އެހެންވީމަ ރާއްޖޭގަ ތެލުގެ އަގު ހެޔޮވާން ފަށާނީ އަދި އަހަރެއްހާ ދުވަސްފަހުން. އެވެސް ލާރިކޮޅުން ލާރިކޮޅުން.
މުޑަހަންޖާ
06 July 2022
މީގަ ހިތާމައަކީ ތިބުނާ 100 ޑޮލަރަށް ގަތް ތެޔޮ ހުހެއްނުވާނެއޭ ދުވަހަކުވެސް.
ބޮޑުމީހާ
06 July 2022
ޓެކްސީތަކަކީ ދައުލަތުން ދީފަ ހުރި އެއްޗެއް ނޫން އިރުއިރުކޮޅާ އަގު ކަނޑައަޅަން. މިއަށްވުރެ މާރަގަޅުވާނެ ހިލޭ ދޭ ގޯތިތަކުން ކުއްޔަށްދޭ ތަންތަނުގެ އަގު ކޮންޓްރޯލްކުރަން
ކަކުނިބޯ
06 July 2022
ޢެގެތަށް އަޅަނީ ހިލޭ
އަބުޅޯއޯ
06 July 2022
ކޮންމެ މީހަކު ކުއްޔޭ ކިޔާއިރު ލޯންގެ އިންޓަރެސްޓްރޭޓް ކުޑަކުރާކަށް ނުގޮވާ.އަސްލު ކުލީގެ އަގުބޮޑުވާ މައްސަލައަކީ ހަމަ ރިބާ. ރިބާ ފުރީ ލޯން ދޭންވީ.ކޮވިޑްއަށް ކަނޑާލި މަސްތަކަށްވެސް ބޭންކްތަކުން ވަނީ ޑަބަލް ރިބާ ދައްކަންޖެހޭކަމަށް އަންގާފަ
ސަލްމާން
06 July 2022
ދުނިޔޭގެ ތެލުގެ ބާޒާރަށް މިހާބޮޑު ލޮޅުމެއް މިއައީ ރަސިޔާއިން ޔޫކުރޭނަށް އަރައިގަނެ ކުރަންފެށި ހަގުރާމައިގެ ސަބަބުން ވީކަމެއް. ރަސިޔާއަކީ ދުނިޔެއަށްހުރި ނުރައްކަލެއްކަން މިކަމުންވެސް ހާމަވޭ.
އަހުމަދު.
07 July 2022
ސަލްމާން އަށް ތިޔަ ވިސްނުނީ އަދިރަނގަޅަކަށް ނޫން. ދުނިޔެ އަށް އެންމެބޮޑު ނުރައްކަލަކީ އެމެރިކާ. މި ފަހުގެ ތާރީޙު ތަކުގައި ކިތަށްއަރަބި ގަޢުމުތޯ އެމެރިކާ އިސްވެ އޮވެ ތަޅާސުއްނާފަތި ކޮށްފަތިކޮށްލީ.. ބާލާބަލަނިކަން ލީބިޔާ އިރާގު ސީރިޔާ ލުބުނާން ޔަމަން އަފުގާނިސްތާނު. ޏުވިތާކަށް ދުވަސްކޮޅެއް ކުރިން ހަމަ އެމެރިކާ އަޑީގަ އޮވެގެން ޕާކިސްތާނުގެ ވެރިކަންވެސް އެބަދަލުކުރީ. ޜަސިޔާއިން ވަރަށް ކުރިން އަފުގާނިސްތާނަށް އެރި. ޢެކަމަކު އެެއީތޯލިބާނުންގެ ސަބަބުން