ސޮނާކްޝީ ސިންހާ.
08 ޖުލައި 2022 - 08:19
ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހާގެ އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްލައި، މުޅިން ތަފާތު ގޮތަކަށް ފެނިލައިފި އެވެ.
"ދަބަންގް"ގެ ތަރި ސޮނާކްޝީ އެންމެ ފަހުން އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯތަކުން ފެންނަނީ އޭނާގެ އިސްތަށިގަނޑު ބޮލޮންޑް ކޮށްލާފައި ހުއްޓަ އެވެ. ސިލްވާ ކުލައިގެ އަތް ދިގު ގައުންއެއް ލައިގެން އޭނާ ނަގާފައިވާ ފޮޓޯތަކާ އެކު އޭނާ ބުނީ "ނިއު ލުކެއް ނޫން" ކަމަށެވެ.
އޭނާ ބުނި ގޮތުގައި އެއީ ހެއާ އަދި މޭކަޕް ޓީމުން ކުރި އެކްސްޕެރިމެންޓެއް ކަމަށެވެ.
ފޮޓޯތަކާ އެކު ސަޕޯޓަރުން ވަނީ އެ ފެނިލުން ވެސް ވަރަށް ކަމުގޮސްގެން ކޮމެންޓްކޮށްފަ އެވެ. އެކަމަކު ބަތަލާ ހުމާ ގުރޭޝީ ކުރި ޓްވީޓުގައި ވަނީ "ސްކޭރީ" ކަމަށް ބުނެފަ އެވެ. އަދި ބައެއް މީހުންނަށް ކަމުނުގޮސްގެން ފާޑުކިޔެ އެވެ.
ސޮނާކްޝީ އަކީ މިހާރު ވިޔަފާރިވެރިއެއް ވެސް މެ އެވެ. އޭނާ ވަނީ އަމިއްލަ ނެއިލް ބްރޭންޑެއް ލޯންޗުކޮށްފަ އެވެ. ފިލްމީ މަސައްކަތަށް ބަލާއިރު އޭނާގެ ކުރިއަށް އޮތީ، ހުމާ ގުރޭޝީ އާއި ރިތޭޝް ދެޝްމުކް އާއި ސާގިބް ސަލީމާ އެކު ފެނިގެންދާ ފިލްމު "ޑަބަލް އެކްސްއެލް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
08 July 2022
މަށަށް ރީތީ ކަޅު އިސްތަށިގަނޑު ހުރީމަ. އެކިމީހުނަށް ކަމުދާނީ އެކި ގޮތްގޮތް. އެހެންނޭ ކިޔާފަ ހުތުރު ބަސް ބުނެގެން ނުވާނެ.