މާލެ؛ ޖެނުއަރީ 6، 2020: ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ރަސްފަންނުގައި ބޭއްވި ނައިޓް މާކެޓެއްް -- ފޮޓޯ: ނިޝާން އަލީ | މިހާރު
08 ޖުލައި 2022 - 17:24
މާލޭގައި އަނެއްކާ ވެސް ނައިޓް މާކެޓެއް ބާއްވަން ނިންމައި، މާލޭ ސިޓީ ކައުންސިލުން މިއަދު އެކަން އިއުލާންކޮށްފި އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ ކައުންސިލުން އިންތިޒާމުކުރާ ނައިޓް މާކެޓް ރާވައި، ހިންގާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންވެ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 20 ކުރިން އެ ކައުންސިލަށް ޕްރޮޕޯޝަލް ހުށަހަޅަން އެދިފައިވެ އެވެ.
މި އަހަރުގެ ރޯދަމަހާ ދިމާކޮށް ވެސް ސިޓީ ކައުންސިލުން މާލޭގައި ނައިޓް މާކެޓެއް ބާއްވަން އުޅުނެވެ. އެ ނައިޓް މާކެޓް ރާވައި، ހިންގަން ބަޔަކާ ހަވާލު ވެސް ކުރި އެވެ. އުސްފަސްގަނޑުގައި އެ މާކެޓް ބާއްވަން ޕްލޭނިން މިނިސްޓްރީން ހުއްދަ ހޯދައި، ވިޔަފާރިވެރިންނަށް ސްލޮޓްތައް ވެސް ދޫކުރި އެވެ.
ނަމަވެސް، ރޯދަމަސް ފެށެން ވަގުތު ކުޑަތަންވެ، އިންތިޒާމުތައް ހަމަޖައްސަން އުނދަގޫވި ކަމަށް ބުނެ އެ ނައިޓް މާކެޓް ކެންސަލްކުރި އެވެ.
ރޯދަ މަހު މާލޭގެ އެކި ތަންތަނުގައި ވަގުތީ މާރުކޭޓްތަކެއް ވެސް ހުޅުވަން ސިޓީ ކައުންސިލުން އުޅުނެވެ. އެކަމަކު، ތަރުހީބު ނުލިބުނު ކަމަށް ބުނެ އެ މަސައްކަތް ވެސް ހުއްޓާލި އެވެ.
ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އެންމެފަހުން މާލޭގައި ނައިޓް މާކެޓެއް ބޭއްވީ އާ އަހަރާ ދިމާކޮށް މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ. އެ ނައިޓް މާކެޓްގެ މުއްދަތު އިތުކުރަމުން ގޮސް ނިންމާލީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންދީ
10 July 2022
އަނެއްކާވެސް ލޮކްޑައުންނަކައް ދާން ބޭނުން ނޫންނަމަ ސަރުކާރުން އެބަޖެހޭ މިކަން ހުއްޓުވަން
ސުވާ
09 July 2022
އެއުޅެނީ ޖެއްސުމެއް ކޮއްލަންވެގެން މިވަގުތު ކޮވިޑު ފެތުރޭތީ.
Draw
09 July 2022
މީ ކަޓްނަގަން ތެޅޭ ބައެއް. އަވަހަށް އުވާލާ
މުދިމު
09 July 2022
ތީ ވަރަށް ކަޑަކަމެއް.! ބޮޑުކުލިދީގެން ފިހާރަ ހިންގާމީހުނަށް ކުރާޖެއްސުމެއްތަތީ؟!
ގޮތަބަޔާން
08 July 2022
މާލޭގަ އެންމެ ކޮވިޑާ ޑެންގޫއާ ދުނިޔޭގަ ލެއްވިހާ ރޯގާއެއް އިންތިހާއަށް ބޮޑުވެފަ އޮއްވާ އުނގުޅޭ ބާޒާރު ހުޅުވީމަ ވަރަށް ފައްކާވާނެ
މޮޔަވަނީ
08 July 2022
އެފައިސާ މިފައިސާއާއި މޮޔަވަނީ
ހިތަދު 2
08 July 2022
އެ ޒަމާން ގޮއްސި، ތަރުހީބު ނެތީމަ މިހާރު 3 ދުވަހަށް ބާއްވާ އިވެންޓް ދައްމަމުން ދައްމަމުން ގޮސް 2 ހަފްތާ ވަނީ. އެއްޗެއް ވިސްނިބަލަ!
ޙަސަންދީ
08 July 2022
އަނެއްކާވެސް، ސިޓީކައުންގެ ވިޔަފާރި ފެށުނީ މޭޒުތައް ނަގާނީ ކޮންވެސް ދިވެއްސެއްގެ ނަމުގައި ވިޔަފާރި ކުރަނީ ޤަވާޢިދާ ޚިލާފަށް އެޅޭ ބަންގުލަދޭޝް މީހުން އެމީހުން ބަންގާޅުން މުދާ އެތެރެކޮށް ވިއްކަމުން އެގެންދަނީ ދައުލަތައް ލިބެންޖެހޭ ޓެކުސްއެއްވެސް ދެއްކުމެއް ނެތި ހިތުހުރި ގޮތަކަށް
އޮރެންޖް.
09 July 2022
ދުނިޔޭގެ އެތައް ގައުމެއްގައި އިންފޯމަލް ވިޔަފާރިކުރޭ. އަހަރުމެން ކުޑައިރު ކޮޮނޑަށް ބާލީދީ ލައިގެން މިވެނިއެއްޗެއް ގަންނާނެ ބާއޭ. ނުވަތަ ފޮތްފޮތްވިއްކަން ވެސް މާލޭގައި ހިނގާއުޅުނު. މިހާރު އެގޮތަށް ނުފެނުނަސް، އެކުރި ކަންތަކަށް އަހަރެންގެ އިހްތިރާމް. ކުރާ ކޮންމެ ކަމަކަށް ޓެކްސް ނަގަނީ ކީތްކުރަން. ތިމާ ޓެކްސް އިތުރަށް ދައްކާ ހިތްވަންޏާ ދައްކާ.
އަލީ!
08 July 2022
ތި ނައިޓް މާކެޓް ހީވަނީ ޖިފުޓި ތަކެއްހެން، ހާދަ ހުތުރޭ، އަދި ތަން އޮންނާނީ ގޮނޑެއްހެން. ޙިތުން މީ ސިންގަޕޫރޯ!!
ހާސަރު
08 July 2022
މުޅި މާލެފުރިފަ ފިހާރަ، އަބަދު ސޭލް އަޅުވާފަ. ދެން ކީއްކުރަން ބާއްވާ ނައިޓްމާކެޓެއް! ސިޓީކައުންސިލްގައި ތިބި ބަޔަކަށް ލާރިގަނޑެއް ހޯދުންނޫން ކަމެއް ނުކުރޭ. ޢީދަށް ވެސް ހަމައެއްކަމެއް ނުކުރޭ.