ލައިފްސްޓައިލް

އީލޮން މަސްކް ޓްވިޓާ ނުގަންނަން ނިންމައިފި

އީލޮން މަސްކް

09 ޖުލައި 2022 - 07:08

11 comments

މަހުޖަނު އީލޮން މަސްކް ހަތަރު ބިލިއަން ޑޮލަރަށް ޓްވިޓާ ގަންނަން ހެދި އެއްބަސްވުމާ ޓްވިޓާއިން އެކި ގޮތްގޮތުން ހިލާފްވެފައިވާ ކަމަށް ބުނެ އެ މުއަމާލާތް ދެން އިތުރަށް ކުރިއަށް ނުގެންދަން އޭނާ ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް ޓްވިޓާ ގަންނަން ނިންމިކަން އޭޕްރީލް މަހު އިއުލާނުކުރި ފަހުން މި މުއާމަލާތާ ގުޅޭ ގޮތުން އެތައް ކަމެއް ވަނީ ހިނގައިފަ އެވެ. ޓްވިޓާ ގަތުމުގެ ވިސްނުން ދޫކޮށްލި ސަބަބެއް ކަމަށް މިފަހަރު މަސްކް ބުނެފައިވަނީ ސްޕޭމް އެކައުންޓްތަކާއި ފޭކް އެކައުންޓްތަކުގެ ސައްހަ އަދަދު ދޭން ޓްވިޓާއިން އިންކާރު ކުރުމެވެ.

ޓްވިޓާ ނުގަންނަން ފަހު ވަގުތު މަސްކް ނިންމުމުން ޓްވިޓާއިން ވަނީ އެއްބަސްވުން ތަންފީޒުކުރުމަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އެއްބަސްވުމުގައިވާ ގޮތުން ނަމަ، އެއްބަސްވުން ނިމުމަކަށް ގެންނަ ހާލަތެއްގައި މަސްކް އެއް ބިލިއަން ޑޮލަރުގެ ފީއެއް ބަދަލުގައި ދޭން ޖެހިދާނެ އެވެ.

ޓްވިޓާ ނުގަންނާނެ ކަމަށް އިއުލާނުކުރުމުގެ ކުރިން މެއި މަހު މަސްކް ވަނީ ސްޕޭމް އަދި ފޭކް އެކައުންޓްތަކުގެ މައްސަލާގައި، ވިޔަފާރީގެ މި މުއާމަލާތް މަޑުޖައްސާލިކަން އިއުލާނުކޮށްފަ އެވެ. މަސްކް ވަނީ ޓްވިޓާގެ ސްޕޭމް އަދި ބޮޓް އެކައުންޓްތަކުގެ އަދަދު އުޅޭނީ ފަސް ޕަސެންޓަށް ވުރެ ދަށުގައި ކަމަށް ޓްވިޓާއިން ބުނާ ބުނުމުގެ ހެކި ދެއްކުމަށް އެދިފަ އެވެ.

މިކަމާ ބެހޭ ގޮތުން މަސްކުގެ ލޯޔަރު އެމެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މަސްކް ބޭނުންވާ މައުލޫމާތު ދިނުމުގައި ޓްވިޓާ ފެއިލްވެފައިވާ ކަމަށެވެ. މަސްކުގެ ބައެއް ހުށަހެޅުންތަކަށް ޓްވިޓާއިން އިޖާބަ ނުދޭ ކަމަށާއި ބައެއް ފަހަރު ހުށަހެޅުންތަކަށް ދެކޮޅު ހަދާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ޓްވިޓާގެ ޑީލް ނިމުމަކަށް ގެންނަކަން އިއުލާނުކުރާ އެކު ޓްވިޓާގެ ހިއްސާގެ އަގު ވަނީ ހަތް ޕަސެންޓް ދަށްވެފަ އެވެ.

11 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 22%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެލޮންމަސްކުގެ އަންހެނުންގެ ފިރިމީހާ

09 July 2022

މަވެސް ނުގަންނާނަން

The name is already taken The name is available. Register?

ކޮންޓޭ

09 July 2022

ކުރިން ދެއްކި ވާހަކަ ކެންސަލް

The name is already taken The name is available. Register?

ޖަވާބުދީ

09 July 2022

މާސްކު ތިޔަ ނުގަތަސް މަމެނ މިހުރީ ތިޔަ ގަންނަން' އިންސްޓޯލްމަންޓަށް ދައްކަން ޖެހޭވަރު އިނބޮސް ކޮށްލާ

The name is already taken The name is available. Register?

ކެންސަލް

09 July 2022

ކުރިން ބުނިއެތި ކެންސަލް

The name is already taken The name is available. Register?

ޚެންސް

09 July 2022

ކުރިން ބުނި އެތި ކެންސަލް

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

09 July 2022

ލާރިހުއްޓަސް ނުވާވަރު ކަންތައްތައް ހުންނާނެ. އޭރުވެސް ހީވި މީނާ މިއުޅެނީ މަޝްހޫރުކަން ހޯދަންވެގެންނޭ.

The name is already taken The name is available. Register?

ކުރަނގިދެލޯ

09 July 2022

އޭނަ އިތުރަށް ބޭނުންވަނީ ކޮން މަޝްހޫރުކަމެއް؟

The name is already taken The name is available. Register?

ނާއިސާ

09 July 2022

މަސްކުގެ ތަރި އޮއްސުން ކައިރިވާހރން ހީވަނޫ

The name is already taken The name is available. Register?

ޑިޔަރު މަސްކު

09 July 2022

މަސްކު އުޅުނުގޮތުން މަށަށް ޔަގީންވި މިސޮރު މިއުޅެނީ ކޮންމެހެން ޓުވިޓަރު ގަންނާކަށް ނޫންކަން.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

09 July 2022

ޚަބަރުތައް އަންނަގޮތުން ހީވަނީ އޭނާ ޓުވީޓަ ގަނެގެން އޭގާ ބަގުޑިބައްދައިގެން އުޅޭހެން.

The name is already taken The name is available. Register?

ަކަބީލާ

09 July 2022

ކޮއްކޯ ވިޔަފާރިގެ ތަފާތު މުއާމަލާތްތައްހުރެ، ފަހަރެއްގައި އެ އެއްބަސްވުން އޮތްގޮތުން ޓްވީޓާ ގަތުމަށް މަސްލަކަށް މަޖުބޫރުވެސްކޮށްފާނެކޯޓުން. މިވިޔަފާރީގައި ވީގޮތަކީ އެލަން އޮފަރ އެއްދިނީ ޓްވިޓައަށް އަދި ޓްވިޓާއިން އެ އޮފަ އެކްސެޕްޓްކުރީ. ނަމަވެސް މިހާރުވެގެން އުޅޭގޮތަމީ އެތަނުން އެއްފަރާތުން އެއްބަސްވުމާ ޚިލާފުވީ. ހަބަރު ލިޔާމީހުންނަށް ވާނުވާ ނޭގުނީމަ ލިޔާނީ ގަނެފިޔޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454