ބޮޑުވަޒީރު ރަނިލް: ލަންކާގެ ވަގުތީ ރައީސަކަށް އޭނާ މިއަދު ވަނީ އައްޔަން ކޮށްފައި
13 ޖުލައި 2022 - 13:06
ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާ ނުދެއްވިޔަސް، އޭނާ ވަނީ ރާއްޖޭގައި ހުންނަވައިގެން ވެރިކަމުގެ ބާރުތައް ވަގުތީ ގޮތުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ދޫކޮށްލައްވައިފަ އެވެ.
ލަންކާ ސަރުކާރާ ދެކޮޅަށް ހިންގަމުންދާ މުޒާހަރާތައް ކޮންޓްރޯލް ނުވުމުން އެންމެ ފަހުން ރައީސް ގޮތަބަޔާ ރޭ މެންދަމު ވަނީ އަސްކަރީ މަތިންދާބޯޓެއްގައި ވަރަށް ސިއްރިއްޔާތުގައި ރާއްޖެ ވަޑައިގެންފަ އެވެ. އޭނާ ރާއްޖެ ވަޑައިގަތުމުން ލަންކާގައި މުޒާހަރާތައް އިތުރަށް ވަނީ ހޫނުވާން ފަށައިފަ އެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ދެންމެ އިއުލާން ކުރެއްވި ގޮތުގައި ގޮތަބަޔާ ވަނީ އޭނާގެ ވެރިކަމުގެ ބާރުތައް ބޮޑުވަޒީރު ރަނިލްއާ ހަވާލު ކުރެއްވުމުގެ ގޮތުން ވަގުތީ ރައީސަކަށް ރަނިލް އައްޔަން ކޮށްފަ އެވެ. އެކަމަކު ރައީސްގެ މަގާމުން އަދިވެސް ގޮތަބަޔާ އިސްތިއުފާއެއް ނުދެއްވަ އެވެ.
މިއަދު ރައީސްކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ގޮތަބަޔާ ކުރިން އިއުލާން ކުރެއްވިޔަސް، ބޭރުގެ މީޑިއާތަކުން ބުނާގޮތުން އޭނާ އިސްތިއުފާ ދެއްވާނީ ހިމާޔަތް ހޯއްދަވަން ހަމަޖެހިފައިވާ ގައުމަކަށް ވަޑައިގަތުމަށް ފަހު އެވެ. އަދި ރާއްޖެ ވަޑައިގަތީ ޓްރާންސިޓްގައި މަޑުކުރެެއްވުމަށް ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.
އެކަމަކު ގޮތަބަޔާ ދެން ވަޑައިގަންނަވާނެ ގައުމެއް އަދި ސާފުނުވާ ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.
ގޮތަބަޔާއަށް ރާއްޖެއިން ހިމާޔަތްދިން މައްސަލާގައި ދިވެހި ސަރުކާރުން ވަކި އެއްޗެއް އަދިވެސް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާ
15 July 2022
އިސްތިއުފާ ދީފިނަމަ ދުވަހަކުވެސް އަނބުރާ ވެރިކަން ނުލިބޭ ކަމުގެ ހިތި ތަޖުރިބާގެ އަލީގައި، އޭނާގެ މޯލްޑިވިއަން ޕޮލިޓިކަލް އެޑްވައިޒަރ ބުނެފަ އޮންނާނީ ނަމަނަމަ އިސްތިއުފާ ނުދޭން. ފިލުވައި ދިން މީހާގެ ބަސް ނާހާ ދެން ކާކުގެ ބަސް އަހާނީ.
އަބްޑޫޅް
13 July 2022
ވިކްރަމަސިންހަ މަހަތާޓަށް އައްސަރިބަސް! !වික්රමසිංහ මහතාට සුබ පැතුම්
ޒިޔާންން
13 July 2022
ބޭރުގެ ނޫސްތަކުގަ އެބަ އޮތް ޕާލިމެންޓް ސީޕީކަރ ކޮރަޕްޓް، ގައުމްގެ މުޅި އިގްތިސާ ހަލާކު ކޮށްލި މީހާޔަށް ހިމާޔަތް ދިން ވާހަކަ... ކޮރަޕްޓް މީހުން ކޮރަޕްޓް މީހުންނަށް މަރުހަބާ ކިޔާނެ... ލަންކާ ގެ ރައްޔިތުން ނިކަމެތި ހާލު ޖައްސާފަ ހުރި ވަގެއް ރާއްޖެ އެތެރެ ވާން ހުއްދަ ދީގެން ނުވާނެ... ރާޖަޕަކްސާމެން އުފަލުގަ މުއްސަދި ކަމުގަ އުޅުނުއިރު ލަންކާ ގެ ރައްޔިތުން އުޅުނީ ކަރަންޓް ނެތި، ކާނެ އެއްޗެއް ނެތި، ޕެޓްރޯލެއް ނެތް... އެވަރުގެ ވަގަކަށް ތި މަރުހަބާ ކިޔާނީ
ޢިހްސާސް
13 July 2022
ބަލަ ފަލަސްތީނުގެ ލޭބޯ މީހުންވެސް މިގައުމަށް ވަނުމުގެ ހުއްދަދޭ. ޢަދި ގޮޓާ ހުރީ ޑިޕްލޮމެޓިކެއްގެ ގޮތުގަ.
ނަށީދޭ
13 July 2022
ތިޔައީ ބޮޑު ބަޣާވާތެއް، އިސްތިއުފާ ދިނީމާ ބަޣާވަތަކަށް ވާއިރު އަދި އިސްތިއުފާ ނުދޭއިރު ދެން ބަޣާވަތަކަށް ނުވާނެ ކީއްވެބާ! އެމްޑީޕީގެ ހުރިހާ މެންބަރުންނާ އެކްޓިވިސްޓުން ގޮވައިގެން ލަންކާއަށް ގޮސް ފެބްރުވަރީ 8 އިޢާދަ ކުރަންވީ.
ޒިޔާންން
13 July 2022
އިސްތިއުފާ ދީ ފިއްޔާ ހައްޔަރު ކުރާނެ ތީ ބިރުން އިސްތިއުފާ ނުދޭން އެ ހުންނަނީ... ރައްޔިތުން ބިކަ ހާލު ޖައްސާފަ، ތެލެއް ކަރަންޓެއް ނެތް ހާލަށް ވައްޓާފަ ފިލައިގެން އައީ މާ ރާއްޖެ އެތެރެ ވާން ހުއްދަ ދީގެން ނުވާނެ... މި ކަމުން ދޭހަވަނީ ކޮރަޕްޓް
ހިބިރިންބެއްޔާގެ ކުޑަސޮރު
13 July 2022
މިކުޅޭ ސިޔާސީކުޅިގަނޑު ހުއްޓުމަކަށް ގެންނަންޖެހޭ.
އަނިލް މ
13 July 2022
މޮޔަބޮލަށްއެރީމަ ލައްކަގިނަގޯސް ހެދޭނެ. ކިހާވަރަކުން ދާނެބާ؟
މުހައްމަދު.
13 July 2022
އޭނާ މިހާރު ރާއްޖޭގައި އެބައުޅޭތަ؟!
ބސވސވ
13 July 2022
ރަނގަޅަށް ޚަބަރު ލިޔަންވާނީ. ވެރިކަމުގެ ބާރުތަކެއް ނުދެޔެއްނު. އެކްޓިން ޕ. އަކަށް ނަހަދާ. ރަސްމީ ސިފައެްގައި އެކަމެއް ނުކުރޭ. ޤާނޫނުގައި މުޅި ޤައުމު ކުއްލިހާލަތައް ގެންދިއުންވެސް ޕ.މ އަށް ލިބިގެން ނުވާކަމަށް ވަނީ.
ގޯޓާ
13 July 2022
ގޯޓާ ގޯ ހޯމް ޖައްސަން އެއްވެލަބަލަ މާލޭގަ.