ރަޝިއާގެ ރައީށް ޕުޓިން، ގައުމީ ޓީމުގެ ކޯޗުންނާއި ކުޅުންތެރިންނާ އެކު. ރަޝިއާގެ ގައުމީ ޓީމާއި ކުލަބުތައް ސަސްޕެންޑްކުރުމާ ދެކޮޅަށް އެގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ކާސް ގައި އިސްތިއުނާފު ކުރުމުން ވެސް ކާމިޔާބެއް ނުވި.-- ފޮޓޯ: އޭއެފްޕީ
15 ޖުލައި 2022 - 22:16
ލޫޒާން، ސްވިޒަލެންޑް (ޖުލައި 15) - ރަޝިއާގެ ގައުމީ ފުޓުބޯޅަ ޓީމާއި ކުލަބުތައް ބައިނަލްއަގުވާމީ އަދި ޔޫރަޕުގެ ފުޓުބޯޅައިން ސަސްޕެންޑް ކުރުމަށް ފީފާ އާއި ޔޫއެފާއިން ނިންމުން ދަމަހައްޓަން ކުޅިވަރުގެ އާބިޓްރޭޝަން ކޯޓް (ކާސް) އިން ނިންމައިފި އެވެ.
ކާސް އިން ސަސްޕެންޝަން ދަމަހައްޓަން ނިންމީ، ރަޝިއާގެ ފުޓުބޯޅަ ފެޑެރޭޝަނާއި ބައެއް ކުލަބުތަކުން މައްސަލަ އިސްތިއުނާފް ކޮށްދޭން އެ ކޯޓުގައި އެދިފައި ވަނިކޮށެވެ. އިސްތިއުނާފުގެ އަޑުއެހުންތައް ވަނީ މި މަހުގެ 5-11 އަށް، ވީޑީއޯ މެދުވެރިކޮށް ކުރިއަށް ގެންގޮސްފަ އެވެ.
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ އަމުރަށް މިދިޔަ ފެބްރުއަރީ މަހު އެގައުމުގެ އަސްކަރިއްޔާއިން ޔޫކްރޭނަށް އަރައި ހަނގުރާމަ ކުރަން ފެށުމުގެ ސަބަބުން، އެ ގައުމުގެ ގައުމީ ޓީމާއި ކުލަބުތައް ވަނީ ފީފާ އާއި ޔޫއެފާގެ މުބާރާތްތަކުން ސަސްޕެންޑް ކޮށްފަ އެވެ.
ރަޝިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން ފީފާގެ ނިންމުމާ ދެކޮޅަށް އިސްތިއުނާފް ކުރީ، ހަނގުރާމައިގެ ސަބަބުން މިއަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އިން އެޓީމު ޑިސްކޮލިފައި ކުރުމުންނެވެ. އަދި ޔޫއެފާގެ މުބާރާތްތަކުން ވެސް ރަޝިއާ ސަސްޕެންޑް ކުރުމުން ޔޫއެފާގެ ނިންމުމާ ދެކޮޅަށް ވެސް އިސްތިއުނާފް ކުރި އެވެ. ޔޫއެފާގެ ސަސްޕެންޝަނާ އެކު ރަޝިއާ އަށް ނިސްބަތްވާ ކުލަބުތަކަށް ވެސް ވާދަ ނުކުރެވޭނެ އެވެ. ރަޝިއާގެ ފުޓުބޯޅަ ފެޑެރޭޝަނާ އެކު އެގައުމުގެ ޒެނިތު ސެއިންޓް ޕީޓެސްބާގާއި، ސޯޗީ އަދި ސީއެސްކޭއޭ މޮސްކޯ އާއި ޑައިނަމޯ މޮސްކޯ ވެސް ވަނީ ޔޫއެފާގެ ނިންމުމާ ދެކޮޅަށް އެޕީލް ކޮށްފަ އެވެ.
"ރަޝިއާ އާއި ޔޫކްރޭނާ ދެމެދު އޮތް ހަމަނުޖެހުންތައް ބޮޑުވުމާ ގުޅިގެން ފެންނަމުން ދަނީ ކުރިން ނުފެންނަ ފަދަ މަންޒަރުތަކެއް، އަދި އާންމުންނާއި ސަރުކާރުތަކުގެ ވާހަކަތަކަށް ބަލައި ޕެނަލް އިން ނިންމީ މިކަމުގައި ފީފާ އާއި ޔޫއެފާ އިން ވެސް ގޮތެއް ނިންމަން ޖެހޭނެ،" ކާސްގެ ބަޔާނުގައި ވެއެވެ.
"އަދި ރަޝިއާގެ ޓީމުތަކާއި ކުލަބުތައް މި ދަނޑިވަޅުގައި އެ ދެފަރާތުން (ފީފާ އާއި ޔޫއެފާ) އިންތިޒާމުކުރާ މުބާރާތްތަކުގައި ވާދަ ނުކުރެވޭ ގޮތަށް ނިންމި ނިންމުމަކީ، ދެ ފަރާތުގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ލިބިދޭ ބާރުގެ ތެރެއިން."
ކާސް އިން އިތުރަށް ބުނީ، ޕެނަލް އަށް ފެންނަ ގޮތުގައި ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ބާވަތް ސިފަކުރުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫން ކަމަށާއި، ފޯކަސް ކުރީ ހަނގުރާމައިގެ ސަބަބުން އަސަރުކުރި މުބާރާތްތަކާއި އެއއިން ދެން ނުކުމެދާނެ ނަތީޖާއަކަށް ކަމަށެވެ. ހަމަ އެއާ އެކު ރަޝިއާގެ އެތުލީޓުންގެ އިހުމާލެއް ނެތި ވެސް ޔޫކްރޭނުގައި ހިނގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން ރަޝިއާގެ ފުޓުބޯޅައަށް އަސަރު ކުރިއަސް، ފީފާ އާއި ޔޫއެފާގެ ނިންމުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނަމްއަމާންކަމާއި ރައްކާތެރި ކަމާ އެކު މުބާރާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ރަޝިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ކާސްގެ ނިންމުމާ ނުރުހުން ފާޅުކޮށް، ނިންމުން އިތުރަށް އެނަލައިޒް ކުރުމަށް ފަހު، ސްވިޒަލެންޑުގެ ފެޑެރަލް ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އަދި އިސްތިއުނާފަށް ހުށަހަޅާއިރު، ފީފާ އާއި ޔޫއެފާގެ މި ނިންމުމުގެ ސަބަބުން ރަޝިއާގެ ފުޓުބޯޅަ ފެޑެރޭޝަނަށް ކުރިމަތިވި މާލީ ގެއްލުމުގެ ބަދަލު ހޯދަން ވެސް އެދޭނެ ކަމަށް، ރަޝިއާ ފުޓުބޯޅަ ފެޑެރޭޝަނުން ބުނެ އެވެ.
ފުޓުބޯޅައިގެ އިތުރުން އެހެން ބައެއް ކުޅިވަރުތަކުގައި ވެސް ރަޝިއާގެ ކުޅުންތެރިން ވަނީ މުބާރާތްތަކުގައި ވާދަ ނުކުރެވޭ ގޮތް ހަދައިފަ އެވެ. ބައެއް އިންޑިވިޖުއަލް ކުޅިވަރުތަކުގައި އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ވާދަކުރުމުގެ ފުރުސަތު ނުދޭއިރު، އަނެއްބައި ކުޅިވަރުތަކުގައި އެއްވެސް ގައުމަކަށް ނިސްބަތް ނުވާހެން މިނިވަން އެތުލީޓެއް ގޮތުގައި ބައިވެރި ވުމުގެ ފުރުސަތު ދެއެވެ.
އެހެން ނަމަވެސް މުސްލިމުންނާ ދެކޮޅަށް އެތައް ޒަމާނެއް ވަންދެން ހަނގުރާމަކޮށް ލާއިންސާނީ އެތައް އަމަލެއް ކުރަމުން ގެންދާ އިޒްރޭލަށް، ފުޓުބޯޅަ އާއި އެހެނިހެން ކުޅިވަރުތަކުގައި ވެސް އަންނަނީ ވާދަކުރުމުގެ ފުރުސަތު ދެމުންނެވެ. އަދި އިޒްރޭލާ ދޮކޮޅަށް ބަހެއް ބުނާ ޓީމެއް ނުވަތަ އެތުލީޓަކަށް ވެސް އަދަބު ދެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
17 July 2022
ޔުއެފާ އަދި ފީފާ އެއީ ކޮރަޕްޓް ބައިގަނޑެއް ހާލި ހަދައިގެން ތިބޭ ތަނެއް.އެހެންވީމަ މިނިންމުން މިހެން އަންނާނެކަން ޕްރެޑިކްޓްކުރެވުނު.
އުމަރައްޕީ
16 July 2022
ހައްލަކީ އުމަރު. އުމަރު މިކަމާ އުޅެބަ
އަލިތޯފީ
16 July 2022
އެމެރިކާއިން، ލީބިޔާ އާއި އިރާގު އަދި އަފުޣާނިސްތާނަށް އަރައި އެގައުމުތައް ސުންނާފަތިކުރިއިރު، އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭގޮތް ހެދިބާވައެވެ. ހަމަ މޮޅުމީހުންނަށް މޮޅުގޮތް ދެރަމީހުންނަށް ދެރަގޮތް. ތިޔައީ ދެފުށްކެހެރިންގެ ވައްތަރެވެ. ޚާއްޞަކޮށް ޔަހޫދީންނަކީ އަބަދުވެސް ތިޔަގޮތަށް އުޅެން ދަސްވެފައިތިބި ބައެކެވެ.
ރަދީފް ހުސެން
16 July 2022
އެމެރިކާ އަދި ޔޫރަޕް އިސްވެ އޮވެ ގައުމުތަކައް އަރާ ހަގުރާމަ ކުރިޔަސް އޭގެން އެއްވެސް ގައުމެއްގެ ގައުމީޓީމެއް އަދި ގައުމައް ނިސްބަތްވާ ކުލަބަކައް އަދި ކުޅުންތެރިޔަކައް އެއްވެސް ހުރަހެއްނޯވެ؟؟؟އެމީހުން ކަމެއްކޮއްފިއްޔާވަނީ ގައުމުގެ ދިފާއުދަ ނޫނީ ކޮންމެވެސް އެހެންނަމެއްގަ. ކިހާ އިންސާފުވެރި
ލެއްގިކޮމިޝަނަރ
16 July 2022
ކަލޭމެންކުދިން ތިވާހަކަ ގޮސްބުނެބަލަ ރަސިޔާއާ ޗައިނާ ކައިރީގަ. އެދެގައުމުން އިންސާފުހޯދަދީ އެމެރިކާއާ ޔޫރަޕް ފުޓްބޯޅައިން ސަސްޕެންޑް ކުރުމުގެ ބާރު ނެތީތަ؟ މިއުޅޭ ރޯނުއެދުރު ރަދީފްބެއްޔާބުނި އެދެ ގައުމަކީ ހުރިހާގޮތަކުންވެސް ދުނިޔޭފެ އެންމެ ބާރުގަދަ ދެގައުމޭ. ކަމަކާ ޖެހުނީމަ މިވަނީ ހަމަ ސައިބޯނި ބޮތްކަކަށްދޯ؟
ބަބުރު ރަދީފް
16 July 2022
މަހީކުރީ ރަސިޔާ ސަސްޕެންޑްކުރީމަ އެކަން ހައްލުކުރަން ފީފާއާ ޔޫއެފާގެ ހެޑްކުއާޓާއަށް ޕުޓިން ނިއުކުލިއަރ ހަމަލައެއް ދޭނެކަމަށް. އެކަހަލަ ކަމެއްކުރަކަށް ރަސިޔާގެ ހިއްވަރާ ބަރެއް ނެތްދޯ؟ ފުއްޕާފަބުނި ރަސިޔާ ނުޖުޅެންޏާ ވޯލްޑްކަޕެއްވެސް މިއަހަރަކު ނުކުޅޭނެއޭ. މިހާރު %100 ޔަގީންވެއްޖެ ރަސިޔާ މިފަހަރު ނުކުޅޭނެކަން. ކެރެންޏާ ރަސިޔާގެ ގަޓްހުރިވަރެއް ދައްކާލައްޗޭ ގަތަރު ވޯލްޑްކަމުގަ. މަމިހުރީ ތިކުރާކަމެއްބަލަން ކެތްމަދުވެފަ.
މަސޮރު
16 July 2022
އެމެރިކާގެ އައުވާނުންނަށް ވީމާ ވާނީ އެކަހަލަ ގޮތެއް. މާސްޓަރ ބުނާ ގޮތެއް ނުހަދައިފިއްޔާ މަގާމް ދިޔައީ
މުސަޅު
16 July 2022
އިޒްރޭލް އަށް ކުޅެވެންޔާ ރަޝިއާޔަށްވެސް ކުޅެވެން ޖެހޭނެ
މަޒް
16 July 2022
ފީފީގެ ހެޑް ކުއާޓާރސް އިންނަ ގައުމު ބަލާފަ އެތަނަށް އޮޅިގެން މިސައިލެއް ނާރައިފިއްޔާ ރަނގަޅު
މުޙައްމަދު20
16 July 2022
ފީފާއާއި ޔޫއެފާވެސް މިއޮތީ އެމެރިކާގެ އަޅުވެތިކަމުގެ ދަށުގައި. މީގެ ކުރިން އެމެރިކާއިން ވަނީ މުސްލިމް އެތައް ޤައުމެއް ތަޅާ ސުންނާފަތިކޮށްފައި. އެ ޤައުމާ ދެކޮޅަށް ފިޔަވަޅެއް ނޭޅޭ. އިޒުރޭލުގެ އަނިޔާވެރިކަންވެސް ދަނީ ހަމަކުރިއަށް. ޒަމާނީ މި އަޅުވެތިކަމާމެދު މީސްތަކުން ހޭވެރިވާން ލިބޭ ފިލާވަޅުތައް މި ހުންނަނީ. ނަމުގައި މިނިވަން ކަމުގައި އަޅުވެތިކަން.
ސޯބު
16 July 2022
ސިޔާސީ ފަރާތަކުން އެގައުމެއްގެ ފުޓްބޯޅަ ފެޑެރޭޝަނަށް ބަހެއް ކިޔާފިއްޔާ ފީފާގެ އިންޒާރުއާދޭ ސިޔާސީ ކަންކަމާ ކުޅިވަރާ ނުގުޅުވަން. އެކަމަކު ފީފާއިން މިފަހަރު މިއޮތީ އަމިއްލައަށް ސިޔާސީ ކަންކަމާ ކުޅިވަރު ގުޅުވައިފަ.
އަފްރާސިޔާބު
16 July 2022
ބައިނަލްއަގްވާމީ ކުޅިވަރު ޖަމާއަތްތަކަކީވެސް ޔޫރަޕާއި އެމެރިކާ އިން ދުނިޔޭގެ ގައުމުތަކުގެ މައްޗަށް އަތްގަދަ ކުރުމަށް އުފައްދައި ހިންގަމުން ގެންދާ އިސްތިޢުމާރީ ބާރުތަކެއް. ބްރިކްސް ޖަމާއަތުން ކުޅިވަރުގެ އައު ނިޒާމެއް އެކުލަވާލައިގެން ނޫނީ ދުނިޔެ މިނިވަން ކުރެވޭކަށް ނެތް. އައިއެމްއެފް އަކީ އެމެރިކާގެ ވީޓޯބާރުން ހިންގާ އިސްތިއުމާރީ ޖަމާއަތެއް ގައުމުތައް ލޫޓުވަން.
ލެއްގިކޮމިޝަނަރ
16 July 2022
ފީފާއާ ޔޫއެފާ ކޮންޓްރޯލް ކުރަނީ އެމެރިކާއާ ޔޫރަޕުން. އެއީ ދުނިޔޭގެ ނުފޫޒުގަދަ ބޮޑެތިބާރުތައް. އެހެންވީމާ އެމީހުން ބޭނުންވާގޮތަށް ކަންކަން ނިންމާނެ. އެހެނޭކިޔާފަ އަހަރުމެންނަށް އަދި ރަސިޔާއަށް ކުރެވޭނެ ކަމެއްނެތް. ރަސިޔާއަކީވެސް ނުފޫޒާބާރު ގަދަ ބަޔަކުނަމަ އިޒަރޭލާ އެމެރިކާ ސަސްޕެންޑްކުރަންވީ. އެމެރިކާއިން އަފްޣާނިސްތާނާ އިރާގަށްއަރާ ހަނގުރާމަ ކުރިއިރު ރަސިޔާއޮތީ ނިދާފަ. ނޫނީ ހެވިފަބަލަން. މިކަމުންވެސް އިގެނީ އެއީ އެއްވެސް ބާރެއްނެތް ގައުމެއްކަން.