ވިޔަފާރި / އެޑްވަޓޯރިއަލް

ރާއްޖޭގައި "ފައިނޭންޝަލް އިންކްލޫޝަން" އަށް އަހައްމިޔަތުކަން ދޭން ޖެހޭ

ރާއްޖޭގައި ފައިނޭންޝަލް އިންކްލޫޝަން އަށް ނުހަނު ގިނަ ގޮންޖެހުންތައް އެބަ ހުރި.

21 ޖުލައި 2022 - 09:59

3 comments

ގަދީމީ ޒަމާނުއްސުރެ އަދާ ހަމައަށް ވެސް ވިޔަފާރީގެ ކޮންޓްރޯލަކީ މަދު ބައެއްގެ އަތްމަތީގައި އޮންނަ ކަމެކެވެ. މާލީ ނިޒާމުގައި ބައިވެރިވުމަކީ ހުރިހާ އެންމެންނަށް ފަހިވެފައި އޮންނަ ކަމެއް ނޫނެވެ. އެ ފަދަ ކަންކަމުގައި ބައިވެރިވުމަކީ ބައެއް ދިވެހިން ޖެހިލުންވާ ކަންކަމަށް ވެސް ވަނީ ވެފައެވެ. ނަމަވެސް ކޮންމެ ގައުމެއްގެ ވެސް މާލީ ނިޒާމު ކުރިއެރުވޭނީ އެ ގައުމެއްގެ ފަރުދުންގެ ބައިވެރިވުމާ އެކުއެވެ. ހާއްސަކޮށް "ފައިނޭންޝަލް އިންކްލޫޝަން" ފަދަ ނިޒާމުތައް ހަރުދަނާކަމާ އެކު މުޖުތަމައުގައި ގާއިމު ކުރެވިގެންނެވެ.

ފައިނޭންޝަލް އިންކްލޫޝަން އަކީ އާއްމު ފަރުދުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތަކަށް ފަސޭހައިން، އެކަށީގެންވާ ހެޔޮ އަގެއްގައި އެދެވޭނެ ފުރުސަތު އޮތުމެވެ. ފައިނޭންޝަލް އިންކްލޫޝަންގެ މަގުސަދަކީ ގިނަ ބަޔަކަށް މާލީ ހިދުމަތްތައް ހެޔޮއަގެއްގައި ފޯރުކޮށްދީ، މާލީ ނިޒާމުގެ ތެރެއިން ހަރަކާތްތެރިވާ މީހުން އިތުރުކޮށް އިގުތިސާދީ ދުޅަހެޔޮކަން ހާސިލުކުރުމެވެ.

ފައިނޭންޝަލް އިންކްލޫޝަން ކުރިއެރުވުމަށްޓަކައި، އެކަމަށް އާއްމުން އަހުލުވެރިކޮށް، ފައިނޭންޝަލް ލިޓަރަސީ ގައުމީ ފެންވަރުގައި ކުރިއަށް ގެންދަންޖެހެއެވެ. އަދި ޕޮލިސީ ލެވެލްގައި ފައިނޭންޝަލް ލިޓަރަސީ އަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. އޭގެ އިތުރުން، ހަލުވި ސްޕީޑުގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އަށް ފައި ހަމަކޮށް، އިންކްލޫޝަން އިތުރުކުރުމަށް ޑިޖިޓަލް ފައިނޭންޝަލް އިންކްލޫޝަން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

ޑިޖިޓަލް ފައިނޭންޝަލް އިންކްލޫޝަން ކުރިއަރާ މިންގަނޑު އިތުރު ކުރުމަށް މުހިންމު ތިން އަސާސެއްގެ ދައުރު ބޮޑެވެ. އެއީ ފައިނޭންޝަލް އިންކްލޫޝަން އަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުން ދޭ އަހަންމިއްޔަތާއި، ގާނޫނީ އޮނިގަނޑާއި ގާނޫނުތަކުން ފައިނޭންޝަލް އިންކްލޫޝަން އަށް ބާރުއަޅާ މިންވަރާއި، އައި.ސީ.ޓީ އާއި މާލީ ދާއިރާގެ އިންފްރާސްޓްރަކްޗާ ތަރައްގީވެފައިވާ މިންވަރެވެ.

ޑިޖިޓަލް ފައިނޭންޝަލް އިންކްލޫޝަން ތަރައްގީ ކުރުމަށް މާލީ ވަސީލަތްތައް ބޭނުންކުރުމަށް އާއްމުންނަށް ބާރުއަޅަން ޖެހެއެވެ. އެކަމަށް މުއާމަލާތްތައް ކުރިއަށްދާގޮތާއި ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިންނާއި، ފަސޭހައިން ފައިސާގެ މުއާމަލާތްތައް ހިންގާނެ ވަސީލަތްތައް ގާއިމުކުރަން ޖެހެއެވެ. އަދި އާއްމު ކޮށް ދައްކަން ޖެހޭ ފައިސާގެ މުއާމަލާތްތަކަށް ފަސޭހައިން ފައިސާ ދެއްކޭނެ މަގުފަހި ކޮށް މާލީ ދާއިރާ އަށް އާއްމުން ހޭލުންތެރިކުރުވަން ޖެހެއެވެ.

ދުނިޔޭގެ ފެންވަރުގައި ފަގީރުކަން ނައްތާލުމަށް އދ. އިން ކުރާ މަސައްކަތުގެ ތެރެއިން، މައިކްރޯ ފައިނޭންސިން އަށް ދަނީ އިސްކަންދެމުންނެވެ. އެގޮތުން ޔުނައިޓެޑް ކެޕިޓަލް ޑިވެލޮޕްމެންޓު ފަންޑު (ޔޫއެންސީޑީއެފް) އެކުލަވާލާ، 1966 ވަނަ އަހަރު ކުރަން ފެށި މަސައްކަތްތަކާ އެކު މާލީ ނިޒާމުގައި ބައިވެރިވުން ވަނީ އިތުރުވެފަ އެވެ.

ޔޫއެންސީޑީއެފް އިން އިސްނަގައިގެން ފަގީރުކަން ނައްތާލުމަށް ކުރާ މަސައްކަތުގައި ފަގީރުކަމުގެ ހާލަތުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި މާލީ ނިޒާމުގައި ބައިވެރިވުމުގެ މަގު ތަނަވަސްކޮށްދީ މާލީ ނިޒާމު ރޭވުމުގައި ގައުމުތަކުން އިންވެސްޓްމަންޓްތަކަށް ބޭނުންވާ ފަންޑު ހޯދުމަށް ވަނީ އިސްކަން ދީފައެވެ.

ދެހާސް ބާވީހާ ހަމައަށް އައި އިރު އަދިވެސް ފައިނޭންޝަލް އިންކްލޫޝަނަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން އިންސްޓިޓިއުޝަންތައް އެކަށީގެންވާވަރަށް ތަރައްގީ ނުވުމާއި، ބޭންކިން ސެކްޓަރުގެ ވާދަވެރިކަން ދަށްވެ އިންޓަރެސްޓް ރޭޓް މަތިވުން ހިމެނެއެވެ. އަދި އެކަށީގެންވާ އިންފްރާސްޓްރަކްޗާ ނެތުމުގެ އިތުރުން އޯވަރެގިއުލޭޝަން ވެސް ހިމެނެއެވެ.

ފައިނޭޝަލް އިންކްލޫޝަންގައި ދިމާވާ ދަތިތަކުން އަރައިގަތުމަށް ހާއްސަ ކޮށް އިސްލާމީ ގައުމުތަކުގައި ފައިނޭންޝަލް އިންކްލޫޝަންނަށް އިތުރުކުރަން ޖެހެއެވެ. އަދި އިސްލާމިކް ފައިނޭންސިންގެ ތެރެއިން އެ ކަމަށް ހާއްސަ އަހައްމިއްޔަތެއް ދޭން ޖެހެއެވެ. އޭރުން ކޮންވެންޝަނަލް ނިޒާމްތަކުގައި ބައިވެރިވުމަށް އުޒުރުވެރިވާ ފަރާތްތަކުން އިސްލާމިކް މާލީ ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެން ދާނެ އެވެ.

ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުން ފެށިގެން މެލޭޝިޔާއިން އިސްލާމިކް ފައިނޭންސިން ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ނަތީޖާއަކަށް ވީ،2011 ވަނަ އަހަރާ ހަމައަށް އައިއިރު، އެ ގައުމު ދުނިޔޭގެ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ވުމެވެ. އަދި އޭޝިޔާ ސަރަހައްދުގައި ފައިނޭންޝަލް އިންކްލޫޝަންގެ އެންމެ ކުރީގައި އޮތް ގައުމަށްވުމެވެ.

ދިވެހިރާއްޖޭގައި ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމުގެ މަސައްކަތް ދަނީ ފިނޭންސް މިނިސްޓްރީ އާއި ފައިނޭންޝަލް ރެގިއުލޭޓަރުން ދަނީ ކުރަމުންނެވެ. އަދި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި ބޮޑެތި އެހެނިހެން ކުންފުނިތަކުގެ އިތުރުން ބައެއް ސްކޫލްތަކުން ވެސް ފައިނޭންޝަލް ލިޓަރަސީއަށް އަހުލުވެރި ކޮށް ފައިނޭންޝަލް އިންކްލޫޝަން އަށް ދަނީ ބާރު އަޅަމުންނެވެ.

ފައިނޭންޝަލް އިންކްލޫޝަން އަށް ބާރުއެޅުމަށް ފައިނޭންޝަލް ލިޓަރަސީ ރަނގަޅުކުރުމަށް ރާއްޖޭގެ އެކި ވުޒާރާތަކާއި ކަމާބެހޭ އެކި ވުޒާރާތަކުން މުހިންމު ހަރަކާތްތަކެއް ވަނީ ހިންގައިފަ އެވެ. އެގޮތުން ގްލޯބަލް މަނީ ވީކް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރިއަށް ގެންދިޔަ ހަރަކާތާއި، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އިސްނަގައިގެން ހިންގާ ވޯލްޑް އިންވެސްޓާ ވީކްގެ ހަރަކާތްތައް ފާހަގަ ކޮށްލެވެއެވެ.

ދިވެހިރާއްޖެ އަކީ ޖަޒީރާ ގައުމަކަށްވުމުން އެއްފަސްގަނޑަކަށް އުފެދިފައިވާ ގައުމުތަކާއި، އަޅާބަލާއިރު ފައިނޭންޝަލް އިންކްލޫޝަން އަށް ހުރި ގޮންޖެހުންތައް ބޮޑެވެ. ބްރިކް އެންޑް މޯޓޯ އުސޫލުން ގިނަ މާލީ ހިދުމަތްތަކެއް ދިނުމަކީ އެކަމުގެ ފިކްސްޑް ކޮސްޓް ބޮޑުވެ އިގުތިސާދީ ގޮތުން ގެއްލުމުގައި ނޫނީ ނުހިންގޭނެ ކަމެކެވެ. އެހެންކަމުން، މާލީ ހިދުމަތްތައް ލިބިގަތުމަކީ ދިވެހިންނަށް ބޮޑު ގޮންޖެހުމެކެވެ.

ދިވެހިރާއްޖޭގައި ފައިނޭންޝަލް އިންކްލޫޝަން އަށް ހުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގެ އަބާދީ އަކީ ޖަޒީރާ ގިނަ ރަށްތަކަކަށް ބެހިފައި އޮތުމެވެ. ނުވަދިހަ ހާސް އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި ފަސް ލައްކަ ވެސް ހަމަނުވާ ކުޑަ އާބާދީއެއް އުޅުމަކީ މާލީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، އެ ކަމަށް ހޭދަވާ ކެޕިޓަލް ކޮސްޓް މަތިވުމާއި އެކު ފައިނޭންޝަލް ލިޓަރަސީއަށް ޤައުމީ ފެންވަރުގައި ދެވޭ ސަމާލުކަން ވަނީ ކުޑަ ވެފަ އެވެ.

ފައިނޭންޝަލް އިންކްލޫޝަންގައި ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، އެކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެގޮތުން، ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން މާލީ ހިދުމަތްތައް ދިނުމާއި ޕޭމެންޓްގެ ގައުމީ ނިޒާމެއް ތައާރަފުކުރުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ. އަދި ސްޓޮކް މާކެޓުގައި ހިންގާ މުއާމަލާތްތައް ރިމޯޓްކޮށް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކޮށް، އެފަދަ ވަސީލަތްތައް ހެޔޮ އަގުގައި ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކެއް ތައާރަފުކުރެވިދާނެ އެވެ. ފައިނޭންޝަލް އިންކްލޫޝަން އިތުރު ކުރުމަށް އެ ފަދަ މަސައްކަތްތަކެއް ކޮށޤފި ނަމަ އޭގެ މަންފާ ބޮޑުވެ، ރާއްޖެ މާލީގޮތުން ތަރައްގީވާނެ އެވެ.

ނޯޓު: މިއީ ސީއެމްޑީއޭއިން ތައްޔާރު ކޮށްފައިވާ ލިޔުމެކެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުމޭއްތަ

21 July 2022

ފައިނޭންޝަލް އިންކްލޫޝަން ކިހިނެތްތޯ ވާނީ. ރަށުގައި އޮންނަ ގޯތި ގަނޑު ރަހުނެއްގެ ގޮތުގައި ބޭންކުތަކުން ބަލައެއްވެސް ނުގަނޭ. މާލޭގެ ގޯތި އެތައް މިލިއަނަކަށް ރަހުނަށް ބަލައިގަނޭ. އަނެއްކާ އެ އުޅެނީ 54 ބިލިއަން ރުފިޔާގެ ބިން ހިލޭ މާލޭގެ މަދު އާއިލާތަކަކަށް ބަހަން. އެ މީހުނަށް ގޯތި ރަހުނު ކޮށްފަ ބޭނުން ވިޔަފާރިއެއް ފެށޭނެ. ރާއްޖެތެރޭ މީހުން އުޅެން ޖެހޭނީ ހަމަ ކުލީ އަޅުވެތިކަމުގައި އާދައިގެ ވަޒީފަތަކުގަ ލުއި ލޯނުތައް ނަގައިގެން

The name is already taken The name is available. Register?

ހަމަހީކުރިގޮތަށް

21 July 2022

ސުރުހީން އެކަނިވެސް އެނގޭ 'މިހާރު'ގެ ލިޔުމެއްނޫންކަން. 25% ކިޔާލާފަ ސްކްރޯލްކޮއްލީ ކާކުތޯ ލިޔުނީ ބަލާލަން

The name is already taken The name is available. Register?

އުސްމާނުބެ

21 July 2022

ރާއްޖޭޭގެ ވަރިން ، މަޖިލިސް މެންމަބަރުން ކުރަން ބޭނުން ވާކަމެއް ނޫންމީކީ، ދެން ނަމެއްގަ ސަރުކާރު 3 ވަރަކައް ހިއްސާ ވިއްކައިގެން ކުރެވުނު ކަމެއްވީ. ހަގީގަތުގައި ސީއެމްޑީއޭއިން މިއަދާ ހަމަޔައް އައި އިރު ވަކި ކުރެވުނު ކަމެއްނެއް. ހަމަ އޭރިވެސް މިހާރުވެސް ހަމަ ގިނަ ވިޔަފާރިތައް ވަކިބަޔަކު ތައްމަތީ ، ހަގީގަތުގައި އޭގެ އިތުރުން ވަރައް މަދު ކުންފުނިތަކަކައް ކުރިޔައް ދެވިފައި އޮތީ ކުދި އަދި މެދުފަންތީގެ. އިސްލާމިކް ފައިނޭސް އަކީ ނަމެއްގަ ކުރާކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454